އައު އަހަރާ އެކު ނިއު އެޑިޝަނުން އައު 2 ބްރޭންޑް ތައާރަފު ކޮށްފި! ދުނިޔޭގެ މަގުބޫލު ކަން ހޯދާފައިވާ ސެންޓާ ރޫމް ސްޕްރޭ ވެސް ހެޔޮ އަގުގައި
ނިއު އެޑިޝަން އިން 2026 ވަނަ އައު އަހަރާ ދިމާކޮށް ދެ ބްރޭންޑެއް ވަނީ ތައާރަފު ކޮށްފައި. އެއީ ދުބާއީގެ އަރޯރާ ބްރޭންޑްގެ ސެންޓު ފުޅިތަކާއި ތައިލޭންޑްގެ ޔޫގެން ބްރޭންޑްގެ އުފެއްދުންތައް. ޔޫގެން ބްރޭންޑްގެ އުފެއްދުންތަކުގެ ތެރޭގައި ރޫމް ސްޕްރޭ، ޑިފިއުޒަރ އަދި ޕަރސަނަލް ކެއަރ ޕްރޮޑަކްޓްތައް ހިމެނޭ.


ނިއު އެޑިޝަން އިން އަލަށް ތައާރަފު ކުރި ޔޫގެން ބްރޭންޑް ގެ އުފެއްދުން ތައް
ދިވެހީން ގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ 'ނިއު އެޑިޝަން' އަކީ ފެންވަރު ރަނގަޅު އުފެއްދުންތައް ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ކުރުމުގައި ދިވެހިންގެ އިތުބާރު ހޯދާފައިވާ ތަނެކެވެ. މިތަނުން ލިބެން ހުންނަ ގިނަ ޕްރޮޑަކްޓް ތަކަކީ ދުނިޔޭގެ މަޝްހޫރު ކަމާ ސަމާލު ކަން ވެސް ލިބިފައިވާ ދުނިޔޭގެ ގިނަ ބަޔަކު އިތުބާރު ކުރާ އުފެއްދުން ތަކެކެވެ.
2026 ވަނަ އައު އަހަރާ ދިމާކޮށް ނިއު އެޑިޝަން އިން މިވަނީ ވިޔަފާރި ކުރާ ފަރާތްތަކަށް އަނެއްކާ ވެސް އުފާވެރި ޚަބަރެއް ދީފަ އެވެ. މިކަމުގެ މައުލޫމާތު ރާއްޖެއެމްވީ އާ ހިއްސާ ކުރައްވާ ނިއު އެޑިޝަން ގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރ އަހްމަދު ނިޔާޒް ވިދާޅުވީ އައު އަހަރާ ދިމާކޮށް ތައާރަފު ކޮށްފައިވާ އެއް ބްރޭންޑަކީ ދުބާއީ އަށް ނިސްބަތްވާ ބްރޭންޑެއް ކަމަށް ވާ އަރޯރާ ބްރޭންޑްގެ ސެންޓު ކަމަށެވެ.

ނިޔާޒް ވިދާޅުވީ މި ބްރޭންޑްގެ ސެންޓު ފުޅި ތަކަކީ އޭގެ ތަފާތު ވަހުގެ އިތުރުން ފުޅިތަކުގެ ޑިޒައިންތަކުގެ ތަފާތު ކަމަށް ވެސް މަޝްހޫރު ވެފައިވާ ބްރޭންޑެއް ކަމަށެވެ. އެގޮތުން މި ފުޅިތަކަކީ ބަލާލަން ހިތްގައިމު ފުޅިތަކަކަށް ވުމާއެކު ގިނަ ބައެއްގެ މެދުގައި މި ބްރޭންޑް ވަނީ މަގުބޫލުކަން ހޯދާފަ އެވެ.
އަރޯރާ ބްރޭންޑަކީ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ޗެނަލް، ގުޗީ އަދި ޑިއޯރ ފަދަ ބްރޭންޑްތަކާ ގުޅިގެން އުފައްދާފައިވާ ސެންޓެއް ކަން ފާހަގަ ކުރައްވާ ނިޔާޒް ވިދާޅުވީ ތައާރަފު ކުރެވުނު މި ބްރޭންޑާއެކު މަޝްހޫރު ބްރޭންޑްތަކުގެ ސެންޓު ހެޔޮ އަގެއްގައި ލިބިގެންދާނެ ކަމަށެވެ.

އައު އަހަރާއެކު ނިއު އެޑިޝަން އިން އަލަށް ތައާރަފު ކުރި ދެވަނަ ބްރޭންޑަކީ ތައިލޭންޑް ގެ މަޝްހޫރު ޔޫގެން ބްރޭންޑް ގެ އުފެއްދުން ތަކެވެ. މި ބްރޭންޑް ގެ އުފެއްދުންތަކުގެ ތެރޭގައި ރޫމް ސްޕްރޭ އާއި ޑިފިއުޒަރ އަދި ޕަރސަނަލް ކެއަރ ގެ އުފެއްދުންތައް ހިމެނެއެވެ. ޔޫގެން ބްރޭންޑަކީ ތައިލޭންޑް ގަ މުޅިން އޯގަނިކް އިންގްރީޑިއެންޓްސް ބޭނުންކޮށްގެން އުފެއްދުންތައް ތައްޔާރު ކޮށްފައިވާ ފުރަތަމަ ބްރޭންޑް އެވެ.
ޔޫގެން ބްރޭންޑްގެ އުފެއްދުން ތަކުގެ ތެރޭގައި ހިމެނޭ، އެންމެ ތަފާތު އަދި އެންމެ ގިނަ ބައެއްގެ މަގުބޫލު ކަން ހޯދާފައިވާ އެއް އުފެއްދުމަކީ ޔޫގެން ހޭންގިންގ ސްޓޯން އެވެ. މި ސްޓޯން އަކީ ކާރުތަކުގައި، ނުވަތަ ކޮޓަރީގެ އޭސީ ގެ އިތުރުން ކަބަޑުތަކާއި އަލަމާރި ފަދަ ތަންތަނުގައި ވެސް އަޅުވާފައި ބެހެއްޓޭ ގޮތަށް އުފައްދާފައިވާ ޕްރޮޑަކްޓެކެވެ.

މި ސްޓޯން ބޭނުން ވާނީ ފްރެގްރެންސް ގެ އެންމެ ތިއްކެއް ކަމަށާ އެއާއެކު އޭގެ ވަސް 24 ގަޑިއިރު އެ އަޅުވާލާ ތަނެއްގައި ހުންނަ ކަމަށް ނިޔާޒް ވިދާޅުވި އެވެ. މީގެ އިތުރުން ޔޫގެން ބްރޭންޑް ގެ ރީޑް ޑިފިއުޒަރ، އެރޯމާ ޑިފިއުޒަރ، އެރޮމެޓިކް މަސާޖް ކޭންޑްލް އަދި ރޫމް ސްޕްރޭ އަކީ ވެސް އެ ބޭނުން ކުރާ ތަންތަނުގައި ގިނަ އިރު މީރު ވަސް ހުންނަ ހުންނަ ގޮތަށް ފަރުމާ ކޮށްފައިވާ އުފެއްދުން ތަކެކެވެ. ނިޔާޒް ވިދާޅުވީ މި އުފެއްދުންތަކަކީ ތަފާތު އެކި ވަސް އެކުލެވޭ ހެން 7 ފްރެގްރެންސް ހިމެނޭ އަދި ނޭވާ ލުމުގެ ނިޒާމަށް ފަސޭހަ ވާނެ ހެން އުފައްދާފައިވާ ޕްރޮޑަކްޓް ތަކެއް ކަމަށެވެ.

ޔޫގެން ބްރޭންޑްގެ ޕަރސަނަލް ކެއަރ ލައިން ގައި ހިމެނެނީ ޝަވަރ ޖެލް، ލޯޝަން އަދި ހޭންޑް ކްރީމް އެވެ. ނިޔާޒް ވިދާޅުވީ މިއީ ވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދަމުންދާ އުފެއްދުން ތަކެއް ކަމަށެވެ. އެގޮތުން މި އުފެއްދުންތައް މީހުންގެ މެދުގައި މަގުބޫލު އެންމެ ބޮޑު އެއް ސަބަބަކީ މިއީ ގިނަ އިރު ހަށިގަނޑުގައި މޮއިސްޗަރ އަދި މީރު ވަސް ހުންނަ ގޮތަށް ފަރުމާ ކޮށްފައިވާ އުފެއްދުންތަކަކަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިއު އެޑިޝަން އިން ގަންނަ ޕްރޮޑަކްޓް ތައް ހޯލްސޭލް ކޮށް ބައްލަވައިގަތުމަށް 7483120 ނަންބަރަށް ގުޅައިގެން ނުވަތަ ވައިބަރ ކޮށްގެން ވެސް ޚިދުމަތް ހޯއްދެވޭނެ އެވެ.





