Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއއ.ތޮއްޑޫ

ތޮއްޑޫގައި ބަލި މީހުން އުފުލަން ޕިކަޕެއް ބޭނުން ކުރަން ފަށައިފި

12 ފެބުރުއަރީ 2026 | ބުރާސްފަތި 09:16

ތޮއްޑޫ އިން ވާހަކަ ދެއްކި ބައެއް ރައްޔިތުން ބުނީ އެ ރަށުގައި ބޭނުން ކުރަމުން އަންނަ އެމްބިއުލާންސް ހަލާކުވެފައި އޮންނަތާ ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް. އަަދި މިހާރު އެ ރަށުގައި ބަލި މީހުން އުފުލުމަށް ބޭނުން ކުރަނީ ޕިކަޕު ކަމަށް ވެސް މައުލޫމާތު ދިން ރައްޔިތުން ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ފެބުރުއަރީ 2026 | ބުރާސްފަތި 09:16
ތޮއްޑޫގެ އެމްބިއުލާންސް ހަލާކުވެ، ބަލި މީހުން އުފުލުމުގައި ބޭނުން ކުރަނީ ޕިކަޕު.

ތޮއްޑޫގެ އެމްބިއުލާންސް ހަލާކުވެ، ބަލި މީހުން އުފުލުމުގައި ބޭނުން ކުރަނީ ޕިކަޕު. | ސޯޝަލް މީޑިއާ

އއ.ތޮއްޑޫގައި ބޭނުން ކުރަމުން އަންނަ އެމްބިއުލާންސް ހަލާކުވެ، ބަލި މީހުން އުފުލުމަށް ޕިކަޕު ބޭނުން ކުރަން ފަށައިފި އެވެ. 

ތޮއްޑޫ އިން ވާހަކަ ދެއްކި ބައެއް ރައްޔިތުން ބުނީ އެ ރަށުގައި ބޭނުން ކުރަމުން އަންނަ އެމްބިއުލާންސް ހަލާކުވެފައި އޮންނަތާ ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އަަދި މިހާރު އެ ރަށުގައި ބަލި މީހުން އުފުލުމަށް ބޭނުން ކުރަނީ ޕިކަޕު ކަމަށް ވެސް މައުލޫމާތު ދިން ރައްޔިތުން ވަނީ ބުނެފަ އެވެ. 

Advertisement - newsAdvertisement

މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ތޮއްޑޫ ޞިއްޙީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި މައިޝާ މުޙައްމަދު ވިދާޅުވީ، އެމްބިއުލާންސް އޮތީ ހަލާކުވެފައި ކަމަަށެވެ. ނަމަވެސް، އޭނާ ވިދާޅުވީ އެމްބިއުލާންސް ހަލާކުވެފައި އޮންނަތާ ދެ މަސް ދުވަސް ނުވާ ކަމަށާއި، ހަލާކުވެފައި އޮންނަތާ ވީ މަސް ދުވަަސް ކަމަށެެވެ.

އޭނާ ވިދާޅުވީ އެމްބިއުލާންސް ހަލާކުވި ދުވަހުން ފެށިގެން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް، އެމްބިއުލާންސް އަށް ބޭނުންވާ ސްޕެއާ ޕާާޓްސް ތަކަކީ ރާއްޖެ އިން ލިބެން ހުންނަ ތަކެއްޗަަށް ނުވާތީ، އެ ތަކެތި ގެނައުމުގައި ދަތި ތަކެއް ދިމާވެގެން އުޅޭ ކަމަށް ވިދާޅުވި އެވެ. އެއާ އެކު އޭނާ ވިދާޅުވީ މިހާރު ތޮއްޑޫ އަށް އައު އެމްބިއުލާންސްއެއް ލިބިފައިވާ ކަމަށާއި، ވަރަށް އަވަހަށް ރަށަށް ގެންނާނެ ކަމަށެވެ. 

މީގެ އިތުރުން ތޮއްޑޫ ޞިއްޙީ މަރުކަޒަށް ޙާލު ދެރެވެގެން ގެންދިޔަ އުމުރުން 65 އަހަރުގެ ބަލި މީހަކަށް އެ ރަށު ޞިއްޙީ މަރުކަޒުން އިހުމާލުވެފައިވާ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފައިވެ އެވެ. އެގޮތުން ބަލި މީހާ އަކީ މީގެ ކުރިން ވެސް ސްޓްރޯކް ޖެހިފައިވާ މީހެއް ކަމަށާއި، ނަމަވެސް 45 މިނެޓު ވީއިރު ވެސް ޑޮކްޓަރަށް ދެއްކޭ ގޮތް ނުވި ކަމަށް އާއިލާ އިން ބުނެފައިވެ އެވެ. 

ބަލި މީހާ ބެލުން ލަސްވެ، އަނބުރާ ގެޔަށް އަންނަން ޖެހުނުއިރު، ގެޔަށް އައި ފަހުން އިތުރަށް ޙާލު ގޯސްވެ ވެއްޓުނު ކަމަށް އާއިލާ އިން ބުންޏެވެ. އޭގެ ފަހުން އަނެއްކާ ދެ ވަނަ ފަހަރަށް ޞިއްޙީ މަރުކަޒަށް ދިޔުމުން، ބަލި މީހާ އެޑްމިޓް ކޮށްގެން ފަރުވާ ދިން ކަމަށް ބުނެފައިވެ އެވެ. އާއިލާގެ ކަންބޮޑުވުމަކީ އިމަޖެންސީ ވެގެން ގެންދިޔައިރު ވެސް، ބަލި މީހާ އަށް އަވަސް ފަރުވާ ދީފައި ނުވާ ކަމުގެ ކަންބޮޑުވުމެވެ.

އެކަމާ ގުޅޭ ގޮތުން މައިޝާ ވިދާޅުވީ އެ ހާދިސާ ހިނގިއިރު އޭނާ ހުންނެވީީ ޗުއްޓީގައި ކަމަށެވެ. ނަމަވެސް ޗުއްޓީ އިން އެނބުރި އައިސް އެ ކަން ހިނގައި ދިޔަ ގޮތް ބެލި ކަމަށާއި، ޞިއްޙީ މަރުކަޒުން އިހުމާލެއް ވެފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އާއިލާ އިން ކުރަނީ ދޮގު ތުހުމަތެއް ކަަމަށާއި، ޞިއްޙީ މަރުކަޒުގެ މުވައްޒަފުން އެއްވެސް އިހުމާލެއް ވެފައި އޮތް ކަމަށް ފާހަގަ ވާން ނެތް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. 

އއ. ތޮއްޑޫސިއްޙީ ހިދުމަތް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2026

ފީއަލީ ޞިއްޙީ މަރުކަޒުގައި އޮތް ޙާލު ބޮޑު ބަލި މީހަކު ސީއެމްބިއުލާންސް އާ ހަމައަށް ގެންދަން ޖެހުނީ ރަށު ޕިކަޕެއްގައި

11 ފެބުރުއަރީ 2026
ފީއަލީ ޞިއްޙީ މަރުކަޒުގައި އޮތް ޙާލު ބޮޑު ބަލި މީހަކު ސީއެމްބިއުލާންސް އާ ހަމައަށް ގެންދަން ޖެހުނީ ރަށު ޕިކަޕެއްގައި
07 ޖެނުއަރީ 2026

ތޮއްޑޫ ކައުންސިލުން 2023 ވަނަ އަހަރުގެ އީދު ފާހަގަ ކުރަން ހަވާލު ކުރި ކުންފުންޏަށް އިތުރަށް ދިން ފައިސާ ހޯދަން އޮޑިޓަރ ޖެނެރަލް އަންގައިފި

07 ޖެނުއަރީ 2026
ތޮއްޑޫ ކައުންސިލުން 2023 ވަނަ އަހަރުގެ އީދު ފާހަގަ ކުރަން ހަވާލު ކުރި ކުންފުންޏަށް އިތުރަށް ދިން ފައިސާ ހޯދަން އޮޑިޓަރ ޖެނެރަލް އަންގައިފި
03 ޑިސެމްބަރު 2025

މި ސަރުކާރު ގައި ގއ.އަތޮޅު ހޮސްޕިޓަލް ގެ ފެންވަރު ދަށަށް، ގިނަ ބައެއް ގެ ފުރާނަތަކެއް ގެއްލިފައިިވާ ކަމުގެ ތުހުމަތު

03 ޑިސެމްބަރު 2025
މި ސަރުކާރު ގައި ގއ.އަތޮޅު ހޮސްޕިޓަލް ގެ ފެންވަރު ދަށަށް، ގިނަ ބައެއް ގެ ފުރާނަތަކެއް ގެއްލިފައިިވާ ކަމުގެ ތުހުމަތު
20 އޯގަސްޓު 2025

ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުން ރަޖިސްޓްރީ ނުވެ، ލައިސެންސް ނެތި މަސައްކަތް ކުރޭ: ހެލްތް މިނިސްޓްރީ

20 އޯގަސްޓު 2025
ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުން ރަޖިސްޓްރީ ނުވެ، ލައިސެންސް ނެތި މަސައްކަތް ކުރޭ: ހެލްތް މިނިސްޓްރީ
09 ޖުލައި 2025

ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތް ދިނުމަށް ދަތިވެ ތަނުގެ ހިންގުން ހުއްޓޭ ހިސާބަށް ގޮސްފައިވާ މައްސަލަ ބޭރުކޮށްލައިފި

09 ޖުލައި 2025
ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތް ދިނުމަށް ދަތިވެ ތަނުގެ ހިންގުން ހުއްޓޭ ހިސާބަށް ގޮސްފައިވާ މައްސަލަ ބޭރުކޮށްލައިފި
12 ފެބުރުއަރީ 2022

ތޮއްޑޫ ކައުންސިލުން ޓޫރިޒަމް މިނިސްޓަރާއި ބައްދަލުކުރައްވައިފި

12 ފެބުރުއަރީ 2022
ތޮއްޑޫ ކައުންސިލުން ޓޫރިޒަމް މިނިސްޓަރާއި ބައްދަލުކުރައްވައިފި
20 ޖެނުއަރީ 2022

ތޮއްޑޫއަށް ގެންދިޔަ އައު ޖަނަރޭޓަރުސެޓް ބޭނުން ކުރަންފަށައިފި

20 ޖެނުއަރީ 2022
ތޮއްޑޫއަށް ގެންދިޔަ އައު ޖަނަރޭޓަރުސެޓް ބޭނުން ކުރަންފަށައިފި
09 ޖެނުއަރީ 2022

ތޮއްޑޫ ކައުންސިލުގެ ފުޓްސެލް ޗެމްޕިއަންކަން ޔަންގް ސްޓާ، އަދި ހޭންޑްބޯލް ޗެމްޕިއަންކަން ފްލެމިންގޯއިން ހޯދައިފި

09 ޖެނުއަރީ 2022
ތޮއްޑޫ ކައުންސިލުގެ ފުޓްސެލް ޗެމްޕިއަންކަން ޔަންގް ސްޓާ، އަދި ހޭންޑްބޯލް ޗެމްޕިއަންކަން ފްލެމިންގޯއިން ހޯދައިފި
07 ޖެނުއަރީ 2022

ތޮއްޑޫ ގެސްޓްހައުސްއަކުން ބަނގުރާފުޅިތަކެއް އަތުލައިގެންފި

07 ޖެނުއަރީ 2022
ތޮއްޑޫ ގެސްޓްހައުސްއަކުން ބަނގުރާފުޅިތަކެއް އަތުލައިގެންފި
04 ޖެނުއަރީ 2022

ތޮއްޑޫ ކައުންސިލުން ޓޫރިސްޓުންނަށް ހެދުން އެޅުމުގެ ގަވާއިދު އަންގައިދެނީ

04 ޖެނުއަރީ 2022
ތޮއްޑޫ ކައުންސިލުން ޓޫރިސްޓުންނަށް ހެދުން އެޅުމުގެ ގަވާއިދު އަންގައިދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް