Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގއ.އަތޮޅު ހޮސްޕިޓަލް

މި ސަރުކާރު ގައި ގއ.އަތޮޅު ހޮސްޕިޓަލް ގެ ފެންވަރު ދަށަށް، ގިނަ ބައެއް ގެ ފުރާނަތަކެއް ގެއްލިފައިިވާ ކަމުގެ ތުހުމަތު

ސިއްހީ ޚިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެފައިވާއިރު، އެ ފެންވަރު ރަނގަޅު ކުރުމަށް އެއްވެސް ކަމެއް ކޮށްފައިނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2025 | ބުދަ 08:24
ގއ.އަތޮޅު ހޮސްޕިޓަލް

ގއ.އަތޮޅު ހޮސްޕިޓަލް

ރައީސް ޑރ.މުހައްމަދު މުއިއްޒު ގެ ސަރުކާރުގައި ގއ.އަތޮޅު ހޮސްޕިޓަލް ގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެ، ހޮސްޕިޓަލް ގެ އިހުމާލުން ފުރާނަތަކެއް ގެއްލިފައިވާ ކަމަށް ތުހުމަތު ކޮށްފި އެވެ.

ރާއްޖެޓީވީ ގެ ވައުދުނާމާ ޕްރޮގްރާމްގައި އެމްޑީޕީ ގައުމީ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ރައީސް ހުސެއިން ހަސަން ވިދާޅުވީ މި ސަރުކާރާއެކު ސިއްހީ ޚިދުމަތު ގެ ފެންވަރު ވަރަށް ބޮޑަށް ދަށް ވެފައިވާ ކަމަށާއި، މިހާތަނަށް މި ޚިދުމަތު ގެ ފެންވަރު ރަނގަޅު ކުރުމަށް މިސަރުކާރުން އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement

ގއ.އަތޮޅު ހޮސްޕިޓަލަށް އިޝާރާތް ކުރައްވައި ހުސެއިން ހަސަން ވިދާޅުވީ އެ ހޮސްޕިޓަލްގެ ޚިދުމަތު ގެ ފެންވަރު ވަރަށް ދަށް ކަމަށާއި، މިފަހުން ވެސް ހޮސްޕިޓަލްގެ އިހުމާލުން ދެ ކުޑަ ކުދިންނާއި، މާބަނޑު އަންހެނެއް ފުރާނަ ގެއްލުނު ކަމަށް ތުހުމަތު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ހުސެއިން ހަސަން ވިދާޅުވީ، ހޮސްޕިޓަލްގެ އައު އިމާރާތް އެޅުމަށް ބިން ހަމަޖެއްސި ނަމަވެސް މިއަދާ ހަމައަށް މި މަޝްރޫއުގެ އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށް ގެންގޮސްފައިނުވާ ކަމަށެވެ.

އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި ވިލިނގިލީގައި މިސަރުކާރުގެ އިހުމާލުން ވަރަށް ހިތާމަވެރި ހާދިސާތައް ހހޮސްޕިޓަލްގައި ހިނގައިފި. ގާތްގަނޑަކަށް ދަންނަވާ ކަމަށްވާނަމަ ހަމަ ފުރާނަތަކެއް ވިލިނގިލީގެ ރައްޔިތުންތަކެއް އެތަނުގެ އިހުމާލުން އެތަނުގެ ފެންވަރު ދަށް ކަމުން އަޅުގަނޑުމެންނާ ވަކިވެގެން ހިނގައްޖެ. ދެ ކުޑަ ކުދިން މާބަނޑު އަންހެނެއް ވަކި ވެގެން ހިނގައްޖެ އެ ހޮސްޕިޓަލްގެ ފެންވަރު ދަށްވުމުގެ ސަބަބުން. ވިލިނގިލީ ރައްޔިތުން އެކަމަށް އިހުތިޖާޖަށް ވެސް ނުކުމެއްޖެ. އެހެން ނަމަވެސް މި ސަރުކާރުން އެކަމަށް އިޖާބަ ދޭތަނެއް ފެނިގެން ނުދޭ. އަޅުގަނޑުމެންނަށް ފެނިގެން ގޮސްފައިވާނެ ވިލިނގިލީގައި ހޮސްޕިޓަލް އެޅުމަށްޓަކައި ބިމެއް ކަނޑައެޅިފައި އެބައޮތް. އެއްވެސް މަސައްކަތެއް ކުރިއަށްދާތަނެއް ނުފެނޭ. އެއީ ސިއްހީ ދާއިރާއިން އެމަނިކުފާނު ވެވަޑައިގެން ވައުދުތަކުގެ ތެރެއިން މިދިޔަ އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ކަމެއް ކޮށްދީފައިނުވޭ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ރައީސް ހުސެއިން ހަސަން

ގއ.އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް ފެށުމަށް ބިން ހަވާލުކޮށްފައިވަނީ 5 ޖުލައި 2025 ގަ އެވެ.

މި ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތު ގެ އަގަކީ، 185،571،402.42ރ އެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ ހަވާލުކޮށް، ސަރުކާރުން ބުނެފައިވަނީ މި އައު އިމާރާތުގެ މަޝްރޫއުކީ ގއ.އަތޮޅުގެ ސިއްހީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. މި އިމާރާތް ނިމުމުން، އިތުރު ޚިދުމަތްތަކާއި، ޒަމާނީ ވަސީލަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

ނަމަވެސް މި ސަރުކާރުގައި އެ ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ދަށްވެ، މީހުންގެ ފުރާނަ އަށް ނުރައްކާ ވަމުންދާތީ ގއ. ވިލިނގިލީ ރައްޔިތުން އިހުތިޖާޖު ވެސް ކޮށްފައިވެ އެވެ.

ގއ. އަތޮލު ހޮސްޕިޓަލްހުސެއިން ހަސަންސިއްޙީ ހިދުމަތް

ކޮމެންޓް

އިތުރަށް ކިޔާލަން

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ފޮޓޯ އެއް ނަގައިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ހުސެއިން ހަސަން ހާޒިރު ކޮށްފި

ފޮޓޯ އެއް ނަގައިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ހުސެއިން ހަސަން ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
ފޮޓޯއެއް ނެގި މައްސަލައިގައި އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރު ހުސައިން ފުލުހަށް ހާޒިރުވާން އަންގައިފި

ފޮޓޯއެއް ނެގި މައްސަލައިގައި އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރު ހުސައިން ފުލުހަށް ހާޒިރުވާން އަންގައިފި

12 އޮކްޓޯބަރު 2025
މީޑިއާ ގާނޫނު ވުޖޫދު ކުރީ ދޮގު ވާހަތަށް ހުއްޓުވުމަށް ކަމަށް ވިދާޅުވާއިރު، އެ ހުރިހާ ކަމެއް ވެސް ރައްދުވަނީ ޚުދު ރައީސް މުއިއްޒަށް: ހުސެއިން

މީޑިއާ ގާނޫނު ވުޖޫދު ކުރީ ދޮގު ވާހަތަށް ހުއްޓުވުމަށް ކަމަށް ވިދާޅުވާއިރު، އެ ހުރިހާ ކަމެއް ވެސް ރައްދުވަނީ ޚުދު ރައީސް މުއިއްޒަށް: ހުސެއިން

21 ސެޕްޓެމްބަރު 2025
ޝަރުތުކުރުމަށްފަހު ހުސައިން ދޫކޮށްލައިފި

ޝަރުތުކުރުމަށްފަހު ހުސައިން ދޫކޮށްލައިފި

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު