Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފ.ފީއަލިިި

ފީއަލީ ޞިއްޙީ މަރުކަޒުގައި އޮތް ޙާލު ބޮޑު ބަލި މީހަކު ސީއެމްބިއުލާންސް އާ ހަމައަށް ގެންދަން ޖެހުނީ ރަށު ޕިކަޕެއްގައި

ފީއަލީގައި އޮތް ޕެރަމެޑިކް އެމްބިއުލާންސް މަރާމާތު ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބޭއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އެ ރަށަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް އެ އުޅަނދު ރަށަށް ގެނައި ނަމަވެސް، އެމްބިއުލާންސް ބޭނުން ނުކުރެވޭތީ ބަލިމީހުން އުފުލަން ޖެހެނީ ރަށު ޕިކަޕުގައި. މިކަމާ ގުޅިގެން އާންމު ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާއިރު، އަސާސީ ޚިދުމަތްތަކުގެ ފެންވަރު ދަށްވެ، ކަމާބެހޭ އިދާރާތަކުން މި މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާކަމުގެ ޝަކުވާ ވަނީ އިތުރުވެފައި.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 ފެބުރުއަރީ 2026 | ބުދަ 17:54
ފީއަލީގައި އޮތް ހާލުބޮޑު ބަލި މީހަކު ރަށުޕިކަޕުގައި ބަނދަރަށް ގެންގޮސްފައި

ފީއަލީގައި އޮތް ހާލުބޮޑު ބަލި މީހަކު ރަށުޕިކަޕުގައި ބަނދަރަށް ގެންގޮސްފައި | ރާއްޖެއެމްވީ

ފ. ފީއަލީ ޞިއްޙީ މަރުކަޒުގައި އޮތް ޙާލު ބޮޑު ބަލި މީހަކު ފ. ނިލަންދޫ އަށް ގެންދަން، ސީއެމްބިއުލާންސް އާ ހަމައަށް ގެންދަން ޖެހުނީ ރަށު ޕިކަޕެއްގައި ކަން ހާމަވެއްޖެ އެވެ. 

ރާއްޖެއެމްވީއަށް މައުލޫމާތު ދިން މީހަކު ބުނީ މިކަން ހިނގީ އަންގާރަ ދުވަހު އެވެ.  އޭނާ ބުނީ ފީއަލީގައި ޕެރަމެޑިކް އެންމެ ފަހުގެ އެމްބިއުލާންސެއް އެބަ އޮތް ކަމަށެވެ. އަދި ކުރިން ބޭނުން ކުރަމުން ދިޔަ ކުޑަ ދެ އެމްބިއުލާންސް ނީލަމުގައި ވިއްކާލާފައިވާ ކަމަށެވެ. މައުލޫމާތު ދިން މީހާ ބުނީ އެރަށުގައި އޮތް ޕެރަމެޑިކް އެމްބިއުލާންސަށް މީގެ ކުރިން ދިމާވި މައްސަލައަކާ ގުޅިގެން މާލެއަށް ގެންދިޔަ ކަމަށާއި ނަމަވެސް 4 މަސް ފަހުން އެއްވެސް މަރާމާތެއް ނެތި އަޑީތެޔޮ ބަދަލުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފީއައްޔަށް ވަޑައިގަންނަވާތީ އަނބުރާ ރަށަށް ގެނައި ކަމަށެވެ. 

ނަމަވެސް އެމްބިއުލާންސް އޮއްވާ ވެސް ފީއަލީ ޞިއްޙީ މަރުކަޒުގައި އޮތް ޙާލު ބޮޑު ބަލި މީހަކު ނިލަންދޫ އަށް ގެންދަން، ސީއެމްބިއުލާންސް އާ ހަމައަށް ގެންދަން ޖެހުނީ ރަށު ޕިކަޕެއް (ބަގީ) ގައި ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ. 

ޕެރަމެޑިކް ބޮޑު އެމްބިއުލާންސް ހަލާކުވެގެން މާލެ ގެނައީ 2025 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އެމްބިއުލާންސް މާލޭގައި އޮންނަތާ ހަތަރު މަސް ފަހުން ފީއައްޔަށް ގެނައީ ސެޕްޓެމްބަރު މަހު އެވެ.

"ޖެހުނު މައްސަލަ ޙައްލު ނުކޮށް، ހަމަ އެކަނި ތެޔޮ ބަދަލު ކޮށްލައި، ދުއްވޭ ގޮތަށް ހެދުމަށް ފަހު ރަށަށް ގެނައީ ރައީސް މުޢިއްޒުގެ ދަތުރުފުޅާ ދިމާކޮށް މަންޒަރު ރީތި ކޮށްލަން" ފީއަލިން ވާހަކަ ދެއްކި މީހާ ބުންޏެވެ. 

އޭނާ ބުނީ މިއީ މިއަދު ރަށުގެ އެންމެ އަސާސީ ޚިދުމަތުގެ ޙާލަތު އޮތް ހިސާބު ކަމަށެވެ. މައްސަލަ ހައްލުކުރަން އިދާރާތަކުގެ ވެރިން އެއްވެސް ވަރަކަށް މަސައްކަތް ކުރާތަނެއް ނުފެންނަ ކަމަށް އޭނާ ބުންޏެވެ. 

ފީއަލިސިއްޙީ ހިދުމަތް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ފީއަލީ އިންޑޯ ވޮލީ ކޯޓު: ކޮންޓްރެކްޓަރަށް ފައިސާ ނުދައްކައިގެން މަސައްކަތް ހުއްޓާލާފައިވާތާ 2 އަހަރު!

13 ޑިސެމްބަރު 2025
ފީއަލީ އިންޑޯ ވޮލީ ކޯޓު: ކޮންޓްރެކްޓަރަށް ފައިސާ ނުދައްކައިގެން މަސައްކަތް ހުއްޓާލާފައިވާތާ 2 އަހަރު!
03 ޑިސެމްބަރު 2025

މި ސަރުކާރު ގައި ގއ.އަތޮޅު ހޮސްޕިޓަލް ގެ ފެންވަރު ދަށަށް، ގިނަ ބައެއް ގެ ފުރާނަތަކެއް ގެއްލިފައިިވާ ކަމުގެ ތުހުމަތު

03 ޑިސެމްބަރު 2025
މި ސަރުކާރު ގައި ގއ.އަތޮޅު ހޮސްޕިޓަލް ގެ ފެންވަރު ދަށަށް، ގިނަ ބައެއް ގެ ފުރާނަތަކެއް ގެއްލިފައިިވާ ކަމުގެ ތުހުމަތު
20 އޯގަސްޓު 2025

ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުން ރަޖިސްޓްރީ ނުވެ، ލައިސެންސް ނެތި މަސައްކަތް ކުރޭ: ހެލްތް މިނިސްޓްރީ

20 އޯގަސްޓު 2025
ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުން ރަޖިސްޓްރީ ނުވެ، ލައިސެންސް ނެތި މަސައްކަތް ކުރޭ: ހެލްތް މިނިސްޓްރީ
09 ޖުލައި 2025

ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތް ދިނުމަށް ދަތިވެ ތަނުގެ ހިންގުން ހުއްޓޭ ހިސާބަށް ގޮސްފައިވާ މައްސަލަ ބޭރުކޮށްލައިފި

09 ޖުލައި 2025
ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތް ދިނުމަށް ދަތިވެ ތަނުގެ ހިންގުން ހުއްޓޭ ހިސާބަށް ގޮސްފައިވާ މައްސަލަ ބޭރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު