Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް އިންތިހާބު

ރައްޔިތުންގެ މަސްލަހަތުގެ މައްޗަށް ކެނޑިޑޭޓަށް ފައިސާދޭ ފަރާތުގެ މަސްލަހަތު އިސްކުރެވޭ - ޓްރާންސްޕޭރެންސީ

ސިޔާސީ ފައިސާގެ މަސްލަހަތުތައް ފުށުއަރާ ހާލަތުގައި ރައްޔިތުންގެ މަސްލަހަތުގެ މައްޗަށް ކެންޑިޑޭޓާއި، ފައިސާ ފޯރުކޮށްދިން ފަރާތުގެ މަސްލަހަތު އިސްކުރެވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 23 އެޕްރީލު 2024 | އަންގާރަ 14:08
މަޖިލިސް އިންތިޚާބު 2024ގެ ތެރެއިން

މަޖިލިސް އިންތިޚާބު 2024ގެ ތެރެއިން

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ސިޔާސީ ފައިސާގެ މަސްލަހަތުތައް ފުށުއަރާ ހާލަތުގައި ރައްޔިތުންގެ މަސްލަހަތުގެ މައްޗަށް ކެނޑިޑޭޓާއި، ފައިސާ ފޯރުކޮށްދިން ފަރާތުގެ މަސްލަހަތު އިސްކުރެވޭކަން ފާހަގަކުރެވުނު ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސްގެ އިންތިހާބާއި ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ މިހާރު އަމަލުކުރެވޭ ޤާނޫނީ އޮނިގަނޑާއި، އިޖުރާއަތްތަކާއި މިމިންގަނޑުތަކުގައި ހުރި ފުން މައްސަލަތަކުގެ ސަބަބުން ސިޔާސީ ފައިސާގެ ހަގީގަތް ސިއްރުވެ، އިންތިހާބުތަކުގައި ބޭނުންކުރާ ފައިސާގެ ހާމަކަން ގެއްލިގެންދާން މެދުވެރިވުން އެއީ އިންތިހާބީ ނިޒާމުގައި ހުރި މައްސަލަތަކެކެވެ.

Advertisement - newsAdvertisement

އަދި ސިޔާސީ ޕާޓީތަކާއި، ކެނޑިޑޭޓުން އެފަރާތްތަކަށް ފައިސާ ލިބޭގޮތާއި ކެމްޕޭން ހަރަދުތަކާއި ބެހޭ މައުލޫމާތުތައް ހާމަނުކުރެވުމުގެ ސަބަބުން ވޯޓުލާ ފަރާތްތަކަށް ކެނޑިޑޭޓުންގެ މަސްލަހަތުތައް ސިއްރުވެ ރައްޔިތުންގެ މަސްލަހަތާއި، ސިޔާސީ ފައިސާގެ މަސްލަހަތުތައް ފުށުއަރާ ހާލަތުގައި ރައްޔިތުންގެ މަސްލަހަތުގެ މައްޗަށް ކެނޑިޑޭޓާއި، ފައިސާ ފޯރުކޮށްދިން ފަރާތުގެ މަސްލަހަތު އިސްކުރެވޭތަން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ކަންކަން ހިނގާގޮތް ވަޒަން ކުރުމަށާއި، ސިޔާސީ ފައިސާގެ ހާމަކަން ކުރިއަރުވާނެ ހަރުދަނާ ނިޒާމްތަކެއް ގާއިމް ކުރުމަށްޓަކައި މިހާރު އަމަލުކުރެވެމުންދާ ގާނޫނީ އޮނިގަނޑު އިސްލާހު ކުރުމާއެކު، ކަޑައެޅޭ މުއްދަތުތަކެއްގައި ސިޔާސީ ފައިސާގެ ކަންކަން ރިޕޯޓްކުރެވޭނެ އިޖުރާއަތްތައް ގާއިމްކުރުމަށާއި، ގާނޫނުގައި ހުރި ކަންކަން ތަންފީޒުކުރުމަށް އެޖަމްއިއްޔާއިން ގޮވާލާފައިވެއެވެ.

މިކަންކަން ހަރުދަނާ ކުރުމަށާއި, ސިޔާސީ ފަރާތްތައް ޒިންމާދާރުކުރުވުމަށް ބާރުއެޅުމުގެ ގޮތުން, ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ތައްޔާރުކޮށް މިހާރު މަޖްލިހުން މުރާޖާކުރަމުންދާ މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަކުރުމާއި ބެހޭ ބިލް ފާސްކުރުން އަވަސްކުރުމަށް ވެސް ގޮވާލާފައިވެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަކުރި 368 ކެނޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ހަމަ އެކަނި 43 އަންހެން ކެނޑިޑޭޓުން ކަން ފާހަގަކޮށްފައިވެއެވެ. އަދި ވަގުތީ ނަތީޖާ ދައްކާގޮތުން ހޮވުނީ މީގެ ތެރެއިން 3 ކެނޑިޑޭޓުން ކަމަށާއި، އިންޓަޕާރލިމެންޓަރީ ޔޫނިއަންގެ ޖެންޑަރ ބެލެންސް ދައްކުވައިދޭ ގާނޫނުހަދާ މަޖިލިސްތަކުގެ އިންޑެކްސްގައި ދިވެހިރާއްޖެވަނީ 182 ގައުމުގެ ތެރެއިން އިން 175 ވަނަ ލިބިފައިވާ ދެ ގައުމުގެ ތެރޭގައި ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ސިޔާސީ ކަންކަމުގައި ފިރިހެނުންނެކޭ އެއްފަދައިން ފައިތިލަ ހަމަކުރުމަށް އަންހެނުންނަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދިރާސާކޮށް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކަށް މިޖަމްއިއްޔާއިން ގޮވާލާފައިވެއެވެ. އަދި ސިޔާސީ މައިދާނުގައި އަންހެނުން ބައިވެރިވެ ހަރަކާތްތެރިވުމަށް ހުރި ބޮޑެތި ގޮންޖެހުންތައް ހައްލުކޮށް، އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދީ، މަޖިލީހުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރުމަކީ ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކެއްގެ މުހިންމު ޒިންމާއެއްކަމުގައި އެޖަމްއިއްޔާއިން ދެކޭކަމަށް ބުނެފައިވެއެވެ.

އަދި ސިޔާސީ ޕާޓީތަކާއި ކަމާބެހޭ އެހެން ފަރާތްތަކުން ސިޔާސީ ޕާޓީގެ ފެންވަރުގައި އަންހެނުންނަށް ކުރިމަތިވެދާނެ ހުރަސްތައް ދެނެގަނެ އެކަން ހައްލުކޮށް، އަމިއްލަ އިސް ނެގުމުގެ މަތިން ކޯޓާ ނިޒާމެއް މެދުވެރިކޮށް އިންތިހާބުތަކުގައި ޕާޓީ ތަމްސީލުކުރާ އަންހެނުންގެ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރުމަށް ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުންވެސް, ނަޒާހަތްތެރި އަދި އިންސާފުވެރި އިންތިހާބުތައް ކަށަވަރުކުރުމަށާއި, އިންތިހާބީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ދިރާސާކޮށް, އެކަންކަމަށް އެދެވޭ ބަދަލުތައް ގެނައުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި ދެކޭކަމަށް ބުނެފައިވެއެވެ.

އެގޮތުން ވޯޓުލާ ރައްޔިތުން ދާއިރާތަކަށް ބެހުމުގު ގާނޫނީ އޮނިގަނޑާއި އުސޫލުތަކުގެ ސަބަބުން މައުނަވީ ގޮތެއްގައި  ތަމްސީލުކުރުމުގެ ފުރުސަތުން އެފަރާތްތައް މަހުރޫމުވުމާއި، މައުނަވީ ގޮތެއްގައި ތަމްސީލުވުމުގެ ފުރުސަތު ގެއްލެނީ ދާއިރާތަކަށް ވޯޓުލާ ފަރާތްތައް ކަނޑައެޅުމުގައި، ދަފްތަރުގައިވާ ރައްޔިތުންނާއި، އެމީހަކު ދިރިއުޅުން ބިނާކޮށްފައިވާ ތަނުގެ ބަދަލުގައި ދާއިމީ ރަޖިސްޓްރީ އޮންނަ ދާއިރާއަށް ވޯޓުލާން ޖެހޭ އެތައް ހާސް ރައްޔިތުންނަށް ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލިސް ހިމެނޭހެން ކަމާބެހޭ ފަރާތްތަކުން ދާއިމީ އެޑްރެސް ނިޒާމަށް ބަހުސްކޮށް ދާއިރާތައް މިހާރު ބަހާގޮތް މުރާޖައާ ކުރުމާއި، މިފަދަ ރިވިއުއެއްގައި އާބަން ސެންޓަރުތަކާއި، ހާއްސަކޮށް މާލެއާއި، އެހެން ރަށްރަށާއި މެދުގައި ހަމަހަމަކަން ގާއިމްކުރުމަށް އިސްކަން ދިނުން މުހިންމު ކަމަށް ބުނެފައިވެއެވެ.

އަދި ވޯޓުގަތުމާއި، ސިޔާސީ ފައިސާގެ ހާމަކަން ނެތުމާއި، ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ވޯޓުލާ ފަރާތްތަކަށް މަދަނީ ތައުލީމާއި، މައުލޫމާތު ފޯރުކޮށްދެވޭނެ ހަރުދަނާ ދެމެހެއްޓެނިވި ޕްރޮގްރާމްތަކެއް ނުހިންގުމަށް ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލިސްމަޖިލިސް އިންތިޚާބު 2024ޓްރާންސްޕޭރެންސީ މޯލްޑިވްސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު