Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑްކަޕް

ފީފާ ވޯލްޑްކަޕްގެ ޓިކެޓް ވިއްކަން ފަށައިފި

ފުރަތަަމަ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2017 | ބުރާސްފަތި 07:47
ފީފާ ވޯލްޑްކަޕްގެ ލޯގޯ އަދި ތަށި

ފީފާ ވޯލްޑްކަޕްގެ ލޯގޯ އަދި ތަށި

އަންނަ އަހަރު ރަޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޓުބޯޅައިގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ފީފާ ވޯލްޑްކަޕްގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.

ފީފާއިން ނެރުނު ބަޔާނެއްގައި އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ބުރާސްފަތި ދުވަހު ވިއްކަން ފަށާފައިވަނީ ޓިކެޓް ވިއްކުމުގެ ތިން ފިޔަވަހީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ ތެރޭގައި ހިމެނޭ ޓިކެޓުތަކެވެ. މި ފިޔަވަހީގައި ފީފާއިން ނިންމާފައިވަނީ އޮންލައިންކޮށް ސަޕޯޓަރުންނަށް ޓިކެޓް ވިއްކުމަށެވެ. އެގޮތުން ބުރާސްފަތި ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހާ ހަމަޔަށް ފީފާގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ޓިކެޓް ރިޒާވް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ސަޕޯޓަރުންނަށް ޓިކެޓް ގެރަންޓީވިކަން އިނގިގެން ދާނީ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

ވޯލްޑްކަޕް ޓިކެޓް ވިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު އޮންނަ ވޯލްޑްކަޕްގެ ގުރު ނެގުމުގެ ރަސްމިއްޔާތަށްފަހު ސަޕޯޓަރުންނަށް ޓިކެޓް ގަނެވޭނެއެވެ. އެ ޓިކެޓްތަށް ކުރިޔާލާ ރިޒާވް ކުރަން ނުޖެހޭނެކަމަށް ފީފާއިން ހާމަކުރެއެވެ. ފީފާއިން އެންމެ ފަހު ވަގުތުވެސް ޓިކެޓް ވިއްކުމަށް ނިންމާފައިވާ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ. އެގޮތުން އަންނަ އަހަރުގެ އެޕްރީލް މަހުގެ 18 ވަނަ ދުވަހުން ފެށިގެން ވޯލްޑްކަޕް ހުޅުވުމުގެ ރަސްމިއްޔާތާ ހަމަޔަށް ޓިކެޓް ވިއްކާނެއެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން ފީފާއިން ފަސް ވައްތަރެއްގެ ޓިކެޓް ވިއްކުމަށް ވަނީ ނިންމާފައެވެ. އެއީ ވަކިވަކި މެޗުތަކަށް ހާއްސަ ޓިކެޓާ ވަކިވަކި ސްޓޭޑިއަމްތަކަށް ވިއްކާ ޓިކެޓާ މުބާރާތަށް ކޮލިފައިވާ ޓީމުތަކުގެ ވަކިވަކި މެޗުތަކަށް ވިއްކާ ޓިކެޓެވެ. މީގެ ތެރެއިން ވަކިވަކި ސްޓޭޑިއަމްތަކަށް ވިއްކާ ޓިކެޓްގައި ސެމީ ފައިނަލްގެ މެޗުތަކާ ތިންވަނަ ހޮވާ މެޗުގެ އިތުރުން ފައިނަލް މެޗުގެ ޓިކެޓް ނުހިމެނޭނެއެވެ. ހަމައެހެންމެ ފީފާއިން ރަޝިއާގެ ރައްޔިތުންނަށް ހާއްސަކޮށް ޓިކެޓް ވިއްކާނެއެވެ. މި ޓިކެޓްތަކުގެ އަގު އެހެން ޓިކެޓްތަކަށްވުރެ ކުޑަވާނެއެވެ. މީގެއިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްވެސް ފީފާއިން ޓިކެޓް ވިއްކާނެއެވެ.

އަންނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު ފަށާ ފީފާ ވޯލްޑްކަޕް ވެގެންދާނީ މި މުބާރާތް ބާއްވާ 21 ވަނަ ފަހަރަށެވެ. ދުނިޔޭގެ ހަ ބައްރުން ޖުމްލަ 32 ޓީމު ވާދަކުރާ މި މުބާރާތަށް މިހާތަނަށް ކޮލިފައިވެފައި ވަނީ ބްރެޒިލްއާ އިރާންއާ ޖަޕާންއާ ބެލްޖިއަމްއާ ސައުތް ކޮރެއާ އާ ސައުދީ އަރަބިއްޔާގެ އިތުރުން މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން އޮޓަމެޓިކްކޮށް ކޮލިފައިވި ރަޝއާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

11 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު