Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ ބަޔާން 2026

ބިންވެރިޔާ ސްކީމުން ޖޮއިންޓުކޮށް ލިބުނު ގޯތި ދޫކޮށްލާނަމަ، ކޮންމެ މީހަކަށް ވަކިން ގޯތި ދޭނަން: ރައީސް މުއިއްޒު

އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދެވޭ އާއިލީ ބޯހިޔާވަހިމަކުގެ ޕްރޮގްރާމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ގޯތި ގެދޮރުގެ ތަނަވަސްކަން ހޯދުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ފަހިކޮށްދިނުމުގެ ގޮތުން، ވަކި ކެޓެގަރީ އެއްގެ ގޮތުގައި ތިމާގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދި ކުރިމަތި ލެވޭ ގޮތަށް ވަރަށް އަވަހަށް ހުޅުވާލެވޭނެ ކަމަށް މުއިއްޒު ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2026 | ބުރާސްފަތި 08:38
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ހަވާލުކުރުމުގެ ތެރެއިން.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ހަވާލުކުރުމުގެ ތެރެއިން. | މިހާރު

ބިންވެރިޔާ ސްކީމުން ޖޮއިންޓުކޮށް ލިބުނު ގޯތި ދޫކޮށްލާނަމަ، ކޮންމެ މީހަކަށް ވަކިން ގޯތި ދޭނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ބުރާސްފަތި ދުވަހު އިއްވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ، ގައުމުގައި އިޖްތިމާއީ ތަރައްގީ އާއި އިޖްތިމާއީ ރައްކާތެރިކަން ކަށަވަރު ކުރެވޭނީ ގައުމުގައި އޮތް އިޖްތިމާއީ އެންމެ ބޮޑު މައްސަލަ ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސް ދެވިގެން ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން، ދިވެހި ކޮންމެ ރައްޔިތަކީ ބޯހިޔާވަހިކަމުގެ ހައްގު ކަށަވަރުވެފައިވާ ރައްޔިތަކަށް ހެދުމަށް "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު ކެބިނެޓުން ފާސްކޮށް ވަނީ އާއްމު ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ސިޔާސަތުގެ ދަށުން މުޖުތަމައުގެ ހުރިހާ ގިންތިއަކަށްވެސް އަތްފޯރާފަށުގައި ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށާއި، އަތްމަތި ތަނަވަސް އާއިލާތަކަށް ރިއަލް އެސްޓޭޓް އުސޫލުން ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު އިތުރުކުރުމާއި، މެދުފަންތީގެ އާއިލާތަކަށް ބޭންކް މޯގޭޖް ތެރެއިން އެފޯޑަބަލް ހޯމް ގަތުމުގެ ފުރުސަތު ހޯދައިދިނުމާއި، އަމިއްލައަށް ތަނެއް ނުގަނެވޭ ފަދަ އާއިލާތަކަށް ސޯޝަލް ހައުސިންގ އިމާރާތްކޮށް ދިނުން ހިމެނޭ ކަމަށެވެ. 

ރައީސް މުއިއްޒު ވިދާޅުވީ 'ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން "އާއިލީ ބޯހިޔާވަހިކަމުގެ" ނަމުގައި އާ ޕްރޮގްރާމެއް ފަށައި، އެ ޕްރޮގްރާމް ގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި، މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ރަސްމާލެއިން 15،000 ގޯތި އަދި ހުޅުމާލެ އާއި ވިލިމާލެއިން 3 ކޮޓަރީގެ 7900 ފްލެޓް ދޫކުރުމާބެހޭ އުސޫލު އިއުލާން ކޮށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ހުޅުވާލެވިފައިވާ ކަމަށެވެ.

އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދެވޭ އާއިލީ ބޯހިޔާވަހިމަކުގެ ޕްރޮގްރާމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ގޯތި ގެދޮރުގެ ތަނަވަސްކަން ހޯދުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ފަހިކޮށްދިނުމުގެ ގޮތުން، ވަކި ކެޓެގަރީ އެއްގެ ގޮތުގައި ތިމާގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދި ކުރިމަތި ލެވޭ ގޮތަށް ވަރަށް އަވަހަށް ހުޅުވާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކުން މިހާރު ލިބިފައިވާ ގޯތި، ޖޮއިންޓް ކޮށް އެ ގޯތި ލިބިފައިވާ ހުރިހާ ފަރާތްތައް އެ ގޯތި އެއްކޮށް ދޫކޮށްލަން އެއްބަސްވާނަމަ، ޖޮއިންޓްކޮށް ލިބުނު ކޮންމެ މީހަކަށް ގޯއްޗެއް ލިބޭ ގޮތަށް ވަކި ކެޓެގަރީއެއް ހުޅުވާލަން ވެސް ނިންމާފައިވާ ކަމަށެވެ. 

2022 ވަނަ އަހަރު ހުޅުވާލެވުނު ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކުން މިހާރު ލިބިފައިވާ ގޯތި ، ޖޮއިންޓް ކޮށް އެ ގޯތި ލިބިފައިވާ ހުރިހާ ފަރާތްތައް އެ ގޯތި އެއްކޮށް ދޫކޮށްލަން އެއްބަސްވާނަމަ، ޖޮއިންޓްކޮށް ލިބުނު ކޮންމެ މީހަކަށް ގޯއްޗެއް ލިބޭ ގޮތަށް ވަކި ކެޓެގަރީއެއް ހުޅުވާލަންވެސް ވަނީ ނިންމާފައި. 15،000 ގޯތީގެ ތެރެއިން މި 2 ކެޓެގަރީ އިން ކޮންމެ ކެޓެގަރީއަކަށް 1000 ގޯތި ކަނޑައަޅާފައިވާނެ. 15000 ގޯތި ދޫކުރެވޭ ރަސްމާލޭގެ ބިން ހިއްކުން ވަރަށް ބާރު ދުވެލީގައި ދަނީ ކުރިޔަށް. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރަސްމާލޭގެ ބިން ހިއްކާ ނިންމުން.
ރައީސް ޑރ.މުހައްމަދު މުއިއްޒު 

ބޯހިޔާވަހިކަމުގެ ދާއިރާއިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހިންގަން ފެށި "ހިޔާވެހި ފައިނޭންސިންގ ސްކީމް" އަކީ ބޯހިޔާވަހިކަމުގެ ދާއިރާއިން ބޮޑު ކުރިއެރުމެއް ހޯދިފައިވާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، މި ސްކީމްގެ ދަށުން ރަށްވެހި، ސަހަރު އަދި ފަހިމާލެ ލޯނުތަކަށް އެދި ޖުމްލަ 2256 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި މިހާތަނަށް 821 ފަރާތެއްގެ ފޯމު މިނިސްޓްރީން އެޕްރޫވްކޮށް ބޭންކަށް ވަނީ ފޮނުވާފައިވާ ކަމަށާއި، މި އެޕްރޫވް ކުރެވުނު ލޯނުތަކުގެ ޖުމްލަ އަދަދަކީ 989,617,640.17 ރުފިޔާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އަނެއްކާ ވެސް ރައްޔިތުންނަށް އިތުރު ވައުދުތައްވަމުންދާއިރު، ރައީސް މުއިއްޒުގެ ސަރުކާރަށް ދެއަހަރަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށިފައިނުވެ އެވެ. 2025 ވަނަ އަހަރު ބޯހިވަހިކަމަށް ޚާއްސަކޮށް، އެއްވެސް މަސައްކަތެއް ކުރެވިފައިނުވާތީ ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބު ކައިރިވެފައިވަނިކޮށް، ބޭންކް އޮޕް މޯލްޑިވްސް މެދުވެރިކޮށް،  އެފޯޑަބަލް ހައުސިންގެ 5 މަޝްރޫއުގެ ބިންގާ 27 ޖެނުއަރީ 2026 ގައި ވަނީ ފަށާފަ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުބިންވެރިޔާ ސްކީމްބޯހިޔާވަހިކަން އެންމެންނަށްގެދޮރުވެރިޔާ ސްކީމްރިޔާސީ ބަޔާން 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން ރިސޯޓުތަކެއް ތަރައްގީކޮށް ރައްޔިތުންގެ އެކައުންޓަށް ޑޮލަރު ވައްދާނެ ކަމަށް ރައީސް މުއިއްޒު ވައުދު ވެވަޑައިގެންފި

ސަރުކާރުން ރިސޯޓުތަކެއް ތަރައްގީކޮށް ރައްޔިތުންގެ އެކައުންޓަށް ޑޮލަރު ވައްދާނެ ކަމަށް ރައީސް މުއިއްޒު ވައުދު ވެވަޑައިގެންފި

05 ފެބުރުއަރީ 2026
ކަނޑުގެ މައްސަލަ ބަލަން އޮފީހެއް އުފައްދާ ޒިންމާވާންޖެހޭ ފަރާތްތަކަށް ގާނޫނީ ގޮތުން ފިޔަވަޅުއަޅާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ކަނޑުގެ މައްސަލަ ބަލަން އޮފީހެއް އުފައްދާ ޒިންމާވާންޖެހޭ ފަރާތްތަކަށް ގާނޫނީ ގޮތުން ފިޔަވަޅުއަޅާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

05 ފެބުރުއަރީ 2026
ރައީސް ސޯލިހް ފޮނުއްވި ސިޓީ އަނބުރާ ގެންނަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއިރު، ސިޓީ ހާމަ ކުރަންވީ ވައުދު ވެސް ނުފުދޭ

ރައީސް ސޯލިހް ފޮނުއްވި ސިޓީ އަނބުރާ ގެންނަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއިރު، ސިޓީ ހާމަ ކުރަންވީ ވައުދު ވެސް ނުފުދޭ

05 ފެބުރުއަރީ 2026
ކުރީ ސަރުކާރުން ދިއްދޫގައި ޤާއިމު ކުރި އިސްލާމިކް ސެންޓަރަކީ، މި ސަރުކާރުގެ މަޝްރޫއެއްގެ ގޮތުގައި ރައީސް ފާހަގަ ކުރައްވައިފި

ކުރީ ސަރުކާރުން ދިއްދޫގައި ޤާއިމު ކުރި އިސްލާމިކް ސެންޓަރަކީ، މި ސަރުކާރުގެ މަޝްރޫއެއްގެ ގޮތުގައި ރައީސް ފާހަގަ ކުރައްވައިފި

05 ފެބުރުއަރީ 2026
ރިޔާސީ ބަޔާން 2026: އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ކުރަން ފަށައިފި

ރިޔާސީ ބަޔާން 2026: އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ކުރަން ފަށައިފި

05 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު