Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރިޔާސީ ބަޔާން 2026

މި އަހަރުގެ ނިޔަލަށް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ނިމެނޭކަމަށް ބުނި ނަމަވެސް އެކަން ނުވެ އަންނަ އަހަރަށް އައު ތާރީހެއް މުއިއްޒު ދެއްވައިފި

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއު 11 ނޮވެމްބަރު 2027 އަށް ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި. މި ބަދަލާއެކު މުދާ ހުސްކުރުމުގެ އަވަސްވެ، މުދަލުގެ އަގު ހެޔޮވުމުގެ އިތުރުން މާލޭގެ ހޯލްސޭލް ވިޔަފާރިތައް ތިލަފުއްޓަށް ބަދަލުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި. އެމްޕީއެލް އިން ކުރިން ބުނީ މި އަހަރުގެ ނިޔަލަށް މަސައްކަތް ނިމޭނެ ކަމަށް.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2026 | ބުރާސްފަތި 08:48
މި އަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް ބުނި ވިޔަފާރި ބަނދަރުގެ މަސައްކަތް އަންނަ އަހަރަށް ލަސްވެފައިވާ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައި.

މި އަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް ބުނި ވިޔަފާރި ބަނދަރުގެ މަސައްކަތް އަންނަ އަހަރަށް ލަސްވެފައިވާ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައި. | އެމްޕީއެލް

މި އަހަރުގެ ނިޔަލަށް މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ނިމެނޭކަމަށް އެމްޕީއެލް އިން މީގެ ކުރިން ބުނި ނަމަވެސް އެކަން ނުވެ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެ މަސައްކަތް ނިމޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ. 

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް 2024 އެޕްރީލުގައި ފަށާނެ ކަމަށް އެމްޕީއެލްއިން ކުރިން ހާމަކޮށްފައި އޮއްވާ، އެ ބަނދަރު މި އަހަރު ވެސް ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

Advertisement - businessAdvertisement

މިއަހަރަށް ރިޔާސީ ބަޔާން އިއްވަމުން ބުރާސްފަތި ދުވަހު ރައީސް މުއިއްޒު ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތަކީ މުހިންމު މަސައްކަތެއް ކަމަށެވެ. ރައީސް ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި ހިމެނޭ އެންމެ މުހިންމު މަސައްކަތް ކަމުގައިވާ 125 މީޓަރުގެ އިންޓަރނޭޝަނަލް ކީ ވޯލްގެ މަސައްކަތް ބުރާސްފަތި ދުވަހު އެމްޕީއެލް އިން ބަޔަކާއި ހަވާލު ކުރާނެ ކަމަށެވެ. 

ރައީސް ވިދާޅުވީ ޑޮމެސްޓިކް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމަށް ބޭނުންވާ 2 ކިލޯ މީޓަރު ކީ ވޯލް އާއި ޕޭވް ކުރުމާއި އިމާރާތްތައް އެޅުމުގެ މަސައްކަތް އަދި އިކްވިޕްމަންޓް ހޯދުމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި އެކި ފަރާތްތަކާއި ހަވާލު ކުރެވޭނެ ކަމަށެވެ. 

މި ހުރިހާ މަސައްކަތެއް ނިންމާނެ އިރާދަ ކުރެއްވިއްޔާ. 11 ނޮވެމްބަރު 2027 ވަނަ ދުވަހު މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރާނެ. މި ބަދަލާއެކު، ބަނދަރުގެ ހިދުމަތްތައް ފެށުމާއެކު މިހާރު 7 ދުވަހުން ހުސްކުރެވޭ ބޯޓު 48 ގަޑި އިރު ތެރޭގައި ހުސްކުރެވި، ބަނދަރުގައި މުދާ ބެހެއްޓޭނެ މުއްދަތު އިތުރުކުރެވި މުދާ ރާއްޖެ ގެނައުމަށް ހިނގާ ހަރަދު ކުޑަވާނެ. މި ހުރިހާ ބަދަލަކާ އެކު މުދަލުގެ އަގު ކުޑަކުރެވި އޭގެ ފައިދާ ރައްޔިތުންނަށް ލިބޭނެ. އަދި މިހާރު މާލޭގައި ގުދަން ކުރެވޭ މުދާ ތިލަފުށީގައި ގުދަން ކުރުމުގެ މަގު ފަހިވެ މާލޭގެ މާރުކޭޓް ސަރަހައްދުގައި ކުރަމުންދާ ހޯލްސޭލް ވިޔަފާރި އެކީގައި ތިލަފުއްޓަށް ބަދަލުކުރެވިގެންދާނެ. 
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް މިފަދައިން ވިދާޅުވި ނަމަވެސް، އެމްޕީއެލްގެ ކުރީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް މީގެ ކުރިން ވިދާޅުވެފައިވަނީ މިމަސައްކަތް 2025/2026 ގެ ތެރޭ ނިންމުމަކީ އަމާޒެއް ކަމަށެވެ. ކުރީ ސަރުކާރުގައި ގުޅީފަޅުގައި ތަރައްގީ ކުރަން ފެށި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރާކަން ރައީސް އިއުލާން ކުރެއްވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި އިފްތިތާހުކުރުމަށް 4 ޖެނުއަރީ 2024 ގައި ބޭއްވި ހަފްލާގަ އެވެ. 

މި ޕްރޮޖެކްޓަރީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 75 އިންސައްތަ ހަރަދުކުރާ ގޮތަށް ގުޅީފަޅުގައި ތަރައްގީ ކުރަން ނިންމި މަޝްރޫއެކެވެ.  މި ޕްރޮޖެކްޓަށް 400 މިލިއަން ޑޮލަރު ނުވަތަ 6.1 ބިލިއަން ރުފިޔާ ހޭދަކުރަން ހަމަޖެހިފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުތިލަފުށިރިޔާސީ ބަޔާން 2026އެމްޕީއެލްމާލޭ ވިޔަފާރި ބަނދަރު

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

އަންނަ މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރާނަން: ރައީސް މުއިއްޒު

އަންނަ މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރާނަން: ރައީސް މުއިއްޒު

05 ފެބުރުއަރީ 2026
2025 ވަނަ އަހަރު ހުރިހާ އަތޮޅަކުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމަށް ވިދާޅުވި ވައުދު ނުފުއްދަވާ އަނެއްކާ ވެސް ހަމަ އެ ވައުދުވެވަޑައިގެންފި

2025 ވަނަ އަހަރު ހުރިހާ އަތޮޅަކުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމަށް ވިދާޅުވި ވައުދު ނުފުއްދަވާ އަނެއްކާ ވެސް ހަމަ އެ ވައުދުވެވަޑައިގެންފި

05 ފެބުރުއަރީ 2026
ބިންވެރިޔާ ސްކީމުން ޖޮއިންޓުކޮށް ލިބުނު ގޯތި ދޫކޮށްލާނަމަ، ކޮންމެ މީހަކަށް ވަކިން ގޯތި ދޭނަން: ރައީސް މުއިއްޒު

ބިންވެރިޔާ ސްކީމުން ޖޮއިންޓުކޮށް ލިބުނު ގޯތި ދޫކޮށްލާނަމަ، ކޮންމެ މީހަކަށް ވަކިން ގޯތި ދޭނަން: ރައީސް މުއިއްޒު

05 ފެބުރުއަރީ 2026
ސަރުކާރުން ރިސޯޓުތަކެއް ތަރައްގީކޮށް ރައްޔިތުންގެ އެކައުންޓަށް ޑޮލަރު ވައްދާނެ ކަމަށް ރައީސް މުއިއްޒު ވައުދު ވެވަޑައިގެންފި

ސަރުކާރުން ރިސޯޓުތަކެއް ތަރައްގީކޮށް ރައްޔިތުންގެ އެކައުންޓަށް ޑޮލަރު ވައްދާނެ ކަމަށް ރައީސް މުއިއްޒު ވައުދު ވެވަޑައިގެންފި

05 ފެބުރުއަރީ 2026
ކަނޑުގެ މައްސަލަ ބަލަން އޮފީހެއް އުފައްދާ ޒިންމާވާންޖެހޭ ފަރާތްތަކަށް ގާނޫނީ ގޮތުން ފިޔަވަޅުއަޅާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ކަނޑުގެ މައްސަލަ ބަލަން އޮފީހެއް އުފައްދާ ޒިންމާވާންޖެހޭ ފަރާތްތަކަށް ގާނޫނީ ގޮތުން ފިޔަވަޅުއަޅާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

05 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު