Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ ބަޔާން 2026

ރައީސް ސޯލިހް ފޮނުއްވި ސިޓީ އަނބުރާ ގެންނަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއިރު، ސިޓީ ހާމަ ކުރަންވީ ވައުދު ވެސް ނުފުދޭ

2022 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 22 ވަނަ ދުވަހު ދިވެހި ރާއްޖެ އިން މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުވާފައިވާ ސިޓީގެ ސަބަބުން، ރާއްޖޭގެ ސިޔާދަތަށް ނާދެވޭ އަސަރު ކޮށްފައިވާ ކަމަށް ބައިނަލްއަޤުވާމީ މާހިރުން ލަފާ ދީފައިވާތީ، ދިވެހި ރާއްޖެ އިން އެ ސިޓީ އަނބުރާ ގެންނަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2026 | ބުރާސްފަތި 05:35
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު | ރައީސް އޮފީސް

ފޯޅަވަހީގެ މައްސަލައިގައި މޮރިޝަސްގެ ބޮޑު ވަޒީރަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ފޮނުއްވި ސިޓީ، ދިވެހި ރާއްޖެ އިން އަނބުރާ ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. 

ވެރިކަމަށް ވަޑައިގަންނަވަން ރައީސް މުޢިއްޒު ވައުދުވެ ވަޑައިގެންފައި ވަނީ ރާއްޖޭގެ ކަނޑުގެ ސަަރަހައްދުން ގެއްލުނު ބައި އަލުން އަނބުރާ ހޯއްދަވާނެ ކަމަށެވެ. އަދި މޮރިޝަސްގެ ބޮޑު ވަޒީރަށް ރައީސް ސޯލިހް ފޮނުއްވި ސިޓީ ވެސް އާންމު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް، ސަރުކާރަށް ދެ އަހަރުވީއިރު ވެސް، އެ ސިޓީ އާންމު ކޮށްފައި ނުވެ އެވެ. ރަސްމީކޮށް އެ ސިޓީ އާންމު ނުކުރި ނަމަވެސް، ސޯޝަލް މީޑިއާގައި އެ ސިޓީ ލީކުވެފައިވެ އެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހި ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުން ދޫކޮށްލި ބައި ހޯދުމަށް ޤާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރަން ފަށާފައިވާ ކަމަށެވެ. އަދި 2022 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 22 ވަނަ ދުވަހު ދިވެހި ރާއްޖެ އިން މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުވާފައިވާ ސިޓީގެ ސަބަބުން، ރާއްޖޭގެ ސިޔާދަތަށް ނާދެވޭ އަސަރު ކޮށްފައިވާ ކަމަށް ބައިނަލްއަޤުވާމީ މާހިރުން ލަފާ ދީފައިވާތީ، ދިވެހި ރާއްޖެ އިން އެ ސިޓީ އަނބުރާ ގެންނަން ނިންމާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެ އެވެ. 

ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބާވީސް އޯގަސްޓު ދެހާސް ބާވީސް ވަނަ އަހަރު މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީގެ ސަބަބުން، ދިވެހި ރާއްޖޭގެ ސިޔާދަތީ ސަރަހައްދުގެ ރައްކާތެރި ކަމަށް އަސަރު ކޮށްފައިވާ ކަމަށް ބައިނަލްއަޤުވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ، ދިވެހި ރާއްޖެ އިން އެ ސިޓީ އަނބުރާ ގެންނަން ނިންމިކަން މި ފަޚުރުވެރި ދިވެހި ދައުލަތާއި، ލޮބުވެތި ރައްޔިތުންގެ ހައްގުގައި ތިޔަ އިއްޒަތްތެރި މަޖިލިސް މެމްބަރުންގެ ކުރިފުޅު މަތީގައި މިވަގުތު އަޅުގަނޑު އިއުލާން ކުރަން.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވާއިރު، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު އަޙުމަދު އުޝާމް ވިދާޅުވެފައި ވަނީ، އެ މައްސަލައިގައި ރާއްޖެ އަށް ގެއްލުން ވާނެ އެއްވެސް ލިޔުމެއް، އެއްވެސް ފަރާތަކުން ދީފައި ނުވާ ކަމަަށެވެ. މީގެ އިތުރުން ރައީސް ސޯލިހް ފޮނުއްވި ކަމަށް ބުނާ ސިޓީގައި ރާއްޖޭގެ ސިޔާދަތާއި، ރާއްޖޭޣެ މިނިވަންކަން އަދި އިސްތިޤުލާލަށް ގެއްލުންވާނެ ފަދަ މައްސަލައެއް ނެތް ކަމަށް، އެކި އެކި ފަރާތްތަކުން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ. .

ސަރުކާރަށް ދެ އަހަރު ވެގެން ދިޔައިރު ވެސް، މި މައްސަލައިގައި މިހާތަނަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައި ނުވެ އެވެ. 

ރިޔާސީ ބަޔާން 2026ޗާގޮސް މައްސަލަރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީ ސަރުކާރުން ދިއްދޫގައި ޤާއިމު ކުރި އިސްލާމިކް ސެންޓަރަކީ، މި ސަރުކާރުގެ މަޝްރޫއެއްގެ ގޮތުގައި ރައީސް ފާހަގަ ކުރައްވައިފި

ކުރީ ސަރުކާރުން ދިއްދޫގައި ޤާއިމު ކުރި އިސްލާމިކް ސެންޓަރަކީ، މި ސަރުކާރުގެ މަޝްރޫއެއްގެ ގޮތުގައި ރައީސް ފާހަގަ ކުރައްވައިފި

05 ފެބުރުއަރީ 2026
ރިޔާސީ ބަޔާން 2026: އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ކުރަން ފަށައިފި

ރިޔާސީ ބަޔާން 2026: އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ކުރަން ފަށައިފި

05 ފެބުރުއަރީ 2026
ރައީސް ވަހީދު ގެ މައްޗަށް ތަހުގީގު ހިންގުމަކީ ރައީސް މުއިއްޒު ކުރައްވަންޖެހޭނެ ކަމެއް: ރީކޯ މޫސަ

ރައީސް ވަހީދު ގެ މައްޗަށް ތަހުގީގު ހިންގުމަކީ ރައީސް މުއިއްޒު ކުރައްވަންޖެހޭނެ ކަމެއް: ރީކޯ މޫސަ

05 ފެބުރުއަރީ 2026
ސަރުކާރުގެ ހެޔޮކަން ދައްކަން ޖެހެނީ މަސް ދަޅު ކޭސް ބަހައިގެނެއް ނޫން!

ސަރުކާރުގެ ހެޔޮކަން ދައްކަން ޖެހެނީ މަސް ދަޅު ކޭސް ބަހައިގެނެއް ނޫން!

03 ފެބުރުއަރީ 2026
ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ރައީސް އަށް ފުރުސަތު ނުލިބެނީ އިންތިޚާބުތަކުގައި ދައުލަތް ތަޅު ލެވިފައި އޮތުމުން ކަމަށް އާދަމް ޝަރީފް ވިދާޅުވެއްޖެ

ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ރައީސް އަށް ފުރުސަތު ނުލިބެނީ އިންތިޚާބުތަކުގައި ދައުލަތް ތަޅު ލެވިފައި އޮތުމުން ކަމަށް އާދަމް ޝަރީފް ވިދާޅުވެއްޖެ

02 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު