Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ ބަޔާން 2026

މިއަދުގެ ރިޔާސީ ބަޔާން ބޮޑަށް ވައްތަރީ ރައީސަކު އިއްވި ބާޔާނަކަށްވުރެ ދިމްޔާތު ކުންފުނީގެ ވެރިޔަކު ބޯޑު މެމްބަރުންނަށް އިއްވި އަހަރީ ރިޕޯޓަކާ: ކުރީގެ މިނިސްޓަރ އަމީރު

ސަރުކާރުން ސީދާގޮތެއްގައި ވިޔަފާރިތަކުގެ ތެރެއަށް ވަނުމަކީ އަމިއްލަ ވިޔަފާރިވެރިންނަށް އޮތް ބިރުވެރި ގޮންޖެހުމެއް ކަމަށް ވިދާޅުވެ، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައީސްގެ ރިޔާސީ ބަޔާނަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. އަމީރު ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ މަސްއޫލިއްޔަތަކީ ވިޔަފާރިތައް ރެގިއުލޭޓްކޮށް ފަހި މާހައުލެއް ގާއިމްކޮށްދިނުން ކަމަށްވާއިރު، ސަރުކާރުން އަމިއްލައަށް ރިސޯޓުތައް ތަރައްގީކޮށް ހިންގަން އުޅުމަކީ އިގްތިސާދަށް ގެއްލުންވާނެ ސިޔާސަތެއް. އެހެންކަމުން، މިފަދަ ނިންމުންތަކުގެ ސަބަބުން ރާއްޖޭގެ ވިޔަފާރި މާހައުލަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި.

ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2026 | ބުރާސްފަތި 12:18
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު (ވ).

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު (ވ). | ރައީސް އޮފީސް

މިއަދުގެ ރިޔާސީ ބަޔާން ބޮޑަށް ވައްތަރީ ރައީސަކު އިއްވި ބާޔާނަކަށްވުރެ ދިމްޔާތު ކުންފުނީގެ ވެރިޔަކު ބޯޑު މެމްބަރުންނަށް އިއްވި އަހަރީ ރިޕޯޓަކަަށް ކަމަށް ކުރީގެ މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެ، ރައީސް މުއިއްޒު ގެ ރިޔާސީ ބަޔާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

އަމީރު އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ބުރާސްފަތި ދުވަހު ވިދާޅުވީ "ގޮނޑިކޮއްކޮ މަޖްލިހަކަށް އިއްވި ރިޔާސީ ބަޔާނުން އެނގިގެން ދިޔައީ، ކުރިޔަށް ހުރި އަހަރުތަކުގައި ރާއްޖޭގެ އަމިއްލަ ވިޔަފާރިވެެރިންނަށް އިތުރު ގޮންޖެހުންތަކާއި ކުރިމަތިވާނެ ކަން،" ކަމަށެވެ.

Advertisement - newsAdvertisement

އަމީރު ފާހަގަ ކުރެއްވި ރިޔާސީ ބަޔާނުން އެނގެނީ "ސަރުކާރުން މިހާރަށް ވުރެ ފުޅާކޮށް ވިޔަފާރިތަކަށް ވަންނާނެކަން،" ކަމުގަ އެވެ.

"މިހާތަނަށް އަައި އިރު ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލަކަށް ވެގެން ދިޔައީ، މި ސިނާއަތުގައި ސަރުކާރުގެ ސީދާ ބައިވެރިވުން ނެތުމުން. ސަރުކާރުގެ މުޅި ފޯކަސް ހުރީ ހުރިހާ ވިޔަފާރިތަކަަށް ސީދާ ވަންނަން. މިއީ ގެއްލުން ބޮޑުވާނެ ބިރުވެރި ސިޔާސަތެއް." އަމީރު ވިދާޅުވި އެވެ.

އަމީރު ފާހަގަ ކުރެއްވި ގޮތުގައި، ސަރުކާރެއްގެ މަސްއޫލިއްޔަތަކީ ރެގިއުލޭޓްކުރުން ކަމަށާއި، ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކުރުން ކަމަށެވެ. އަދި ވިޔަފާރިތައް ކުރިއެރުވުމަށް ކެޕިޓަލް ރެއިޒްކުރެވޭނެ ނިޒާމެއް ގާއިމްކުރުމުގެ އިތުރުން ސަރުކާރަކުން ކުރަން ޖެހޭ ކަމަކީ އަމިއްލަ ވިޔަފާރިތައް އިނދަޖައްސާލާ، ހުރިހާ ވިޔަފާރިއެއް ސަރުކާރުން ކުރުން ނޫން ކަމަށް އަމީރު ވިދާޅުވި އެވެ.

ބުރާސްފަތި ދުވަހު ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގައި ދެއްވި ތިން ގަޑީއިރުގެ ދިގު، ތިން ވަނަ ރިޔާސީ ބަޔާނުގައި ވަނީ ސަރުކާރުގެ ކުންފުންޏަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 10 ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެ، މިހާތަނަށް ޕްރައިވެޓް ސެކްޓަރ އިން ތަރައްގީ ކޮށް ކުރިއަރުވާފައިވާ ރާއްޖޭގެ އެންމެ މުހިންމު ސިނާއަތުގެ ތެރެއަށް ސަރުކާރުން ބޮޑުކޮށް ވަންނާނެ ކަމުގެ އިޝާރާތް ކުރައްވާފަ އެވެ.

ރިޔާސީ ބަޔާން 2026އިބްރާހިމް އަމީރު

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2026

މިދިޔަ އަހަރު ފަށާނެ ކަމަށް ވިދާޅުވި މާލެ އަދި ވިލިމާލޭގެ މަގު ހެދުމުގެ މަސައްކަތް މި އަހަރަށް ފަސްވެއްޖެ ކަމަށް ރައީސް ވިދާޅުވެއްޖެ

05 ފެބުރުއަރީ 2026
މިދިޔަ އަހަރު ފަށާނެ ކަމަށް ވިދާޅުވި މާލެ އަދި ވިލިމާލޭގެ މަގު ހެދުމުގެ މަސައްކަތް މި އަހަރަށް ފަސްވެއްޖެ ކަމަށް ރައީސް ވިދާޅުވެއްޖެ
05 ފެބުރުއަރީ 2026

އަސްކަރިއްޔާ ގެ އިތުރު 17 އިންސްޕެކްޓަރ ވެސަލް މިއަހަރު ހިދުމަތަށް ނެރެވޭނެ: ރައީސް

05 ފެބުރުއަރީ 2026
އަސްކަރިއްޔާ ގެ އިތުރު 17 އިންސްޕެކްޓަރ ވެސަލް މިއަހަރު ހިދުމަތަށް ނެރެވޭނެ: ރައީސް
05 ފެބުރުއަރީ 2026

މި އަހަރުގެ ނިޔަލަށް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ނިމެނޭކަމަށް ބުނި ނަމަވެސް އެކަން ނުވެ އަންނަ އަހަރަށް އައު ތާރީހެއް މުއިއްޒު ދެއްވައިފި

05 ފެބުރުއަރީ 2026
މި އަހަރުގެ ނިޔަލަށް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ނިމެނޭކަމަށް ބުނި ނަމަވެސް އެކަން ނުވެ އަންނަ އަހަރަށް އައު ތާރީހެއް މުއިއްޒު ދެއްވައިފި
05 ފެބުރުއަރީ 2026

އަންނަ މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރާނަން: ރައީސް މުއިއްޒު

05 ފެބުރުއަރީ 2026
އަންނަ މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރާނަން: ރައީސް މުއިއްޒު
05 ފެބުރުއަރީ 2026

2025 ވަނަ އަހަރު ހުރިހާ އަތޮޅަކުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމަށް ވިދާޅުވި ވައުދު ނުފުއްދަވާ އަނެއްކާ ވެސް ހަމަ އެ ވައުދުވެވަޑައިގެންފި

05 ފެބުރުއަރީ 2026
2025 ވަނަ އަހަރު ހުރިހާ އަތޮޅަކުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމަށް ވިދާޅުވި ވައުދު ނުފުއްދަވާ އަނެއްކާ ވެސް ހަމަ އެ ވައުދުވެވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު