Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ހަރުގެ ޖަލްސާ

ފައިސާ ބެހުމާއި ނަފްސު ވިއްކާލުމަކީ އެމްޑީޕީގެ މެމްބަރުން ކުރާނެ ކަމެއް ނޫން: ކުޑޫ

ލާމަރުކަޒީ ނިޒާމުގެ ބާރުތައް ކަނޑުވާލައި، ހުރިހާ ބާރެއް މައި ސަރުކާރަށް ޖަމާކުރަން މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީޕީގެ ކެމްޕެއިން މެނޭޖަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވި. އެމްޑީޕީގެ "ހޭވައްލާ ތައްޔާރު" ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެ ޕާޓީން ނުކުންނާނީ ރަށުގެ ތަރައްގީއާއި ރައްޔިތުންގެ ބާރުވެރިކަން ކަށަވަރުކޮށްދޭނެ ވަރުގަދަ މެނިފެސްޓޯއަކާ އެކުގަ ކަމަށް.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2026 | އަންގާރަ 08:36
 އެމްޑީޕީގެ ކެމްޕެއިން މެނޭޖަރ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަނީ

އެމްޑީޕީގެ ކެމްޕެއިން މެނޭޖަރ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

ފައިސާ ބެހުމާއި ނަފްސު ވިއްކާލުމަކީ އެމްޑީޕީގެ މެމްބަރުން ކުރާނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ކެމްޕެއިން މެނޭޖަރ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ އެމްޑީޕީ އިން ބޭއްވި ހޭވައްލާ ތައްޔާރު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. 

Advertisement - newsAdvertisement

އެ ޖަލްސާގައި ވާހަކަދައްކަވަމުން ކުޑޫ ފާހަގަކުރެއްވި ގޮތުގައި، ވެރިކަމުގެ އަސްލު ބާރަކީ ރައްޔިތުންކަން ސާބިތުކޮށްދިން ސިޔާސީ ޕާޓީއަކީ އެމްޑީޕީ އެވެ. 20 ވަނަ ރައްޔިތުންގެ މަޖިލިސް ބޭނުންކޮށްގެން، މި ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ބާރުތައް ނިގުޅައިގަންނަމުންދާ ކަމަށް ކުޑޫ ވިދާޅުވި އެވެ. މީގެ އިތުރުން، ކައުންސިލްތަކުގެ މަސައްކަތްތަކަކީ ބޭކާރު ކަންތައްތަކެއްގެ ގޮތުގައި ދެއްކުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، ވެރިކަމުގެ ހުރިހާ ބާރެއް މައި ސަރުކާރަށް ނަގައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކައުންސިލްތަކަކީ ރައްޔިތުންގެ އެއްބާރުލުމާއެކު، ރައްޔިތުންގެ މުހުތާދުތައް ފުއްދައިދިނުމަށް މަސައްކަތްކުރާ ތަނަކަށް ހެދުމުގެ ވިސްނުން ގެންގުޅޭ ޕާޓީއަކީ އެމްޑީޕީކަން އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، އެމްޑީޕީގެ މިއަހަރުގެ މެނިފެސްޓޯ އެކުލަވާލުމުގައިވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އެ ކަންކަމަށް ކަމަށް ކުޑޫ ވިދާޅުވި އެވެ.

"ރައްޔިތުންނަށް ފައިދާ ވާނެ ރަށަށް ކުރިއެރުން ގެނެސްދޭނެ މެނިފެސްޓޯ އެއް. ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ މީހުން މި ދަނީ އަހުލުވެރިކުރުވަމުން މެނިފެސްޓޯ އަށް. އަޅުގަނޑުމެންގެ މި ފަހަރުގެ ޝިއާރަކީ ހޭވައްލާ ތައްޔާރު." ކުޑޫ ވިދާޅުވި އެވެ.

ހޭވައްލާ ތައްޔާރު، މި ޝިއާރުގެ ދަށުން އެމްޑީޕީ އިން ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބަށް މިފަހަރު ނުކުންނަ އިރު 3 ތަނބެއް މި އިންތިޚާބަށް ތައްޔާރު ވުމަށް އެމްޑީޕީ އިން ކަނޑައަޅާފައިވެ އެވެ. އެއީ ރައްޔިތުންނަށް ބާރު، ވިޔަފާރި އަށް ފަހި އަދި ފަހި ދިރިއުޅުން މި ތިން ތަނބެވެ. އޭގެ ތެރެއިން ހޯމަ ދުވަހުގެ ރޭ ގެ ޖަލްސާގައި ދެކުނުގައި ލޯންޗްކުރީ ރައްޔިތުންނަށް ބާރު މި ތަނބެވެ. 

އެމްޑީޕީމުހައްމަދު އިބްރާހިމްގަލޮޅު އުތުރުލާމަރުކަޒުކުރުންލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މިއަދު އޮތީ ގޮނޑުގަ: ޣަފޫރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މިއަދު އޮތީ ގޮނޑުގަ: ޣަފޫރު

03 ފެބުރުއަރީ 2026
ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ ގެ އިންތިޚާބަކީ ދެފުށް ފެންނަ ގޮތަށް ވޯޓުލުމަށް ފުރުސަތު ލިބޭ ފަހު އިންތިޚާބަށް ވެދާނެ: އަބްދުﷲ ޝާހިދު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ ގެ އިންތިޚާބަކީ ދެފުށް ފެންނަ ގޮތަށް ވޯޓުލުމަށް ފުރުސަތު ލިބޭ ފަހު އިންތިޚާބަށް ވެދާނެ: އަބްދުﷲ ޝާހިދު

03 ފެބުރުއަރީ 2026
ގއ.ކޮލަމާފުށީ އިންޖީނުގެ ހިންގުމާއި ހަވާލުވެ ހުރި ނާސިރު މަޤާމުން ވަކިކުރުމަކީ، މިނިވަންކަމާ އެކު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ހުރިހާ މުވައްޒަފުންނަށް ބިރުދައްކަން ސަރުކާރުން ހިންގި ފިނޑި އަމަލެއް: ފައްޔާޒް

02 ފެބުރުއަރީ 2026
ކުއްލިއަކަށް ޚިޔާލު ދޭން އެންގުމުން ދަތިވާ ކަމަށް ބުނެ އެމްޑީޕީ އިން ކޮމިޓީގައި ބައިވެރިއެއް ނުވި

ކުއްލިއަކަށް ޚިޔާލު ދޭން އެންގުމުން ދަތިވާ ކަމަށް ބުނެ އެމްޑީޕީ އިން ކޮމިޓީގައި ބައިވެރިއެއް ނުވި

02 ފެބުރުއަރީ 2026
އެންމެ ރަނގަޅު ގޮތަކީ ކައުންސިލް އިންތިޚާބު އޮންނަ ދުވަހު ރިފަރެންޑަމް ވޯޓު ވެސް ނެގުން: އޭޖީ އުޝާމް

އެންމެ ރަނގަޅު ގޮތަކީ ކައުންސިލް އިންތިޚާބު އޮންނަ ދުވަހު ރިފަރެންޑަމް ވޯޓު ވެސް ނެގުން: އޭޖީ އުޝާމް

02 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު