Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ

ޖަޕާނު ކަނޑު ފައްތާލުމަށްޓަކައި ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނަން: އުތުުރު ކޮރެއާ

އުތުުރު ކޮރެއާ އިން ދާދިފަހުން ވަނީ އެމެރިކާގެ ސަރަހައްދެއް ކަމަށްވާ ގުއާމް އަށް ހަމަލާދޭނެ ކަމަށްވެސް އިންޒާރުކޮށްފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 14 ސެޕްޓެމްބަރު 2017 | ބުރާސްފަތި 10:39
އުތުުރު ކޮރެއާ އިން ދަނީ އަސްކަރީ ބާރު ދައްކާލުމުގެ ގިނަ ހަރަކާތްތަކެއް ބާއްވަމުން

އުތުުރު ކޮރެއާ އިން ދަނީ އަސްކަރީ ބާރު ދައްކާލުމުގެ ގިނަ ހަރަކާތްތަކެއް ބާއްވަމުން

ޖަޕާނު "ކަނޑު ފައްތާލުމަށްޓަކައި" ނިއުކްލިއާ ހަތިޔާރު ބޭނުން ކޮށްފާނެ ކަމުގެ އިންޒާރު އުތުރު ކޮރެއާ އިން ދީފިއެވެ.

އުތުރު ކޮރެއާގެ ދައުލަތުން ހިންގާ ކޮރެއަން ނިއުސް އެޖެންސީން ބުރާސްފަތި ދުވަހު ބުނީ "އުތުރު ކޮރެއާގެ ގާތުގައި ޖަޕާނު ދެން އޮންނަން ނުޖެހޭ ކަަމަށާއި" ނިއުކްލިއާ ބޮމެއް ބޭނުން ކޮށްގެން ޖަޕާނު ފައްތާލަން ޖެހޭނެ ކަމަށެވެ.

އުތުރު ކޮރެއާގެ ބަސްމަގު ހުރި ގޮތާބެހޭގޮތުން ޖަޕާނުން ބުނީ އުުތުރު ކޮރެއާގެ ބަސްމަގު ހުރީ ކަނޑައެޅިގެން ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ކަމަށެވެ. ޖަޕާނުގެ ވެރިރަށް ޓޯކިއޯގައި ވާހަކަފުޅު ދައްކަވަމުން އެގައުމުގެ ޗީފް ކެބިނެޓް ސެކްރެޓަރީ ޔޮޝިހިޑޭ ސަގާ ވިދާޅުވީ އުތުރު ކޮރެއާ މިހާރު "ހިނގާ މަގުން ހިނގާ ކަމަށްވާނަމަ އެގައުމު ބައިނަލްއަގްވާމީ ދުނިޔޭގައި" އެކަނިވެރި ވެގެންދާނެ ކަމަށެވެ. ޔޮޝިހިޑޭ ސަގާ އިތުރަށް ވިދާޅުވީ އދގެ ސެކިޔުރިޓީ ކައުންސިލުން އުތުރު ކޮރެއާ އާ ދެކޮޅަށް ފާސްކޮށްފައިވާ ގަރާރުތައް ބައިނަލްއަގްވާމީ ދުނިޔެއިން ފުރިހަމައަށް ތަންފީޒު ކުރަން ޖެހޭ ކަމަށާއި އެކަން އެގޮޮތަށް ކުުރުމުން އުތުުރު ކޮރެއާ އަށް ޕްރެޝަރު އައިސް އެގައުމުގެ އުސޫލު ބަދަލު ކުރާނެ ކަމަށެވެ.

އެމެރިކާ އާއި ދެކުނު ކޮރެއާ އިން އަހަރަކު އެއްފަހަރު ބާއްވާ އަސްކަރީ ޑްރިލްތަކާ ގުޅިގެން ދާދިފަހުން އުުުތުރު ކޮރެއާ އިން ހިތްހަމަނުޖެހުމުގެ ސަބަބުން ވަނީ ޖަޕާނުގެ އުތުރުން ބެލިސްޓިކް މިސައިލެއް ވެސް ފޮނުވާލާފައެވެ.

އުތުރު ކޮރެއާ އިން ކުރަމުންދާ މިސައިލް ޓެސްޓްތަކާއި އަދި ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުގެ ފާޑުކިޔުމާއި ނަފްރަތު އެގައުމަށް ވަނީ އަމާޒުވެފައެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމައު އިން ވަނީ އެގައުމަށް ފިޔަވަޅު ވެސް އަޅާފައެވެ. އެހެން ނަމަވެސް އުތުރު ކޮރެއާގެ އަމަލުތަކެއް އިސްލާހެއް ނުވެއެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި

15 މާރިޗު 2017
ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
14 މާރިޗު 2017

ޖަޕާނުގެ އެންމެ ބޮޑު މަނަވަރު ދެކުނު ޗައިނާ ކަނޑަށް

14 މާރިޗު 2017
ޖަޕާނުގެ އެންމެ ބޮޑު މަނަވަރު ދެކުނު ޗައިނާ ކަނޑަށް
13 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

13 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް
08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު