Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރ

އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުން ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން އިސްތިއުފާދެއްވައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުން އިސްތިޢުފާ ދެއްވުމަށް ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން ހުށަހެޅުއްވުމާ ގުޅިގެން، އެމަނިކުފާނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ކޮށްދެއްވި ޚިދުމަތްތަކަށް ވަނީ ޝުކުރު އަދާކުރައްވާފަ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 ފެބުރުއަރީ 2026 | އާދީއްތަ 13:53
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުން އިސްތިޢުފާ ދެއްވި ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުން އިސްތިޢުފާ ދެއްވި ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން | ރައީސް އޮފީސް

 އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުން ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުން އިސްތިޢުފާ ދެއްވުމަށް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން ހުށަހަޅުއްވާފައި ވާތީ އެމަނިކުފާނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި އެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވި ޚިދުމަތްތަކަށްޓަކާ މުއިއްޒު ވަނީ ޒާހިރު އަށް ޝުކުރު އަދާކުރައްވާފަ އެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ގެ އޮފީހުގައި ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ އެމަނިކުފާނަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށާއި ތަރައްޤީއަށް ވަރަށް އިޚުލާޞްތެރިކަމާއެކުގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ. އަދި ސަރުކާރުން އޭރު ފެއްޓެވި އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިންގަވައިދެއްވުމުގައްޔާއި، ރާއްޖޭގެ އަތޮޅުތަކުގައި ކޮމިއުނިޓީ ސްކޫލުތަކާއި، އަތޮޅު މަދަރުސާތައް ބިނާކުރައްވައި، ތަޢުލީމީ ރޮނގުން ރަށްރަށުގެ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ކުރެއްވި ހީވާގި މަސައްކަތްޕުޅުތަކަކީވެސް، ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން ދައުލަތަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޚާއްޞަ ސިޓީފުޅެއް މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ އެރުވި އެވެ. މި ސިޓީފުޅުގައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުގައްޔާއި އަދި އޭގެކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުގައި ކުރެއްވި ޚިދުމަތްތައްކަށް ޝުކުރު އަދާކުރެއްވި އެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނަކީ، 49 އަހަރާއި 9 މަސް ދުވަހު ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 33 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އެމަނިކުފާނަށް ދައުލަތުން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވައިފައިވަނީ 10 ނޮވެންބަރު 2008 ގައެވެ. އަދި ރާއްޖޭގެ ތަޢުލީމަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު އަރުވައިފައިވަނީ 2024 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއައިޔޫއެމްޑރ.މުހައްމަދު ޒާހިރު ހުސައިން

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2026

ފުވައްމުލަކުން އައްޑޫ އަށް ދެވެނީ ދޮޅު ގަޑި އިރުން ކަަމަށް ވިދާޅުވެ މިނިސްޓަރ އިހުސާން ހެއްދެވީ އިތުރުފުޅެއް!

31 ޖެނުއަރީ 2026
ފުވައްމުލަކުން އައްޑޫ އަށް ދެވެނީ ދޮޅު ގަޑި އިރުން ކަަމަށް ވިދާޅުވެ މިނިސްޓަރ އިހުސާން ހެއްދެވީ އިތުރުފުޅެއް!
30 ޖެނުއަރީ 2026

ބޮޑު ވަޒީރު މޯދީ ރައީސް މުއިއްޒު އަށް ޝުކުރު އަދާ ކުރައްވާ ކުރެއްވި ޕޯސްޓެއް، އޭއައި ގްރޮކް އިން ތަރުޖަމާ ކޮށް އާންމު ކުރި އިރު އޮންނަނީ މި ސަރުކާރުގައި ތިބީ އިންޑިއާ އާ ދެކޮޅު ހަރަކާތުގައި ކުރީ ސަފުގައި ތިބި މީހުން ކަމަށް!

30 ޖެނުއަރީ 2026
ބޮޑު ވަޒީރު މޯދީ ރައީސް މުއިއްޒު އަށް ޝުކުރު އަދާ ކުރައްވާ ކުރެއްވި ޕޯސްޓެއް، އޭއައި ގްރޮކް އިން ތަރުޖަމާ ކޮށް އާންމު ކުރި އިރު އޮންނަނީ މި ސަރުކާރުގައި ތިބީ އިންޑިއާ އާ ދެކޮޅު ހަރަކާތުގައި ކުރީ ސަފުގައި ތިބި މީހުން ކަމަށް!
29 ޖެނުއަރީ 2026

އެސްޖޭ މިސްކިތް ނުނިމި އޮތީ މިނިސްޓްރީގެ ޣައިރު ޒިންމާދާރުކަމުން: "އީއޯޓީ އެޕްރޫވް ނުކުރޭ، އެއްބަސްވުން އާ ނުކޮށް ޕްރޮޖެކްޓްގެ މުއްދަތު ހަމަވެފައި"

29 ޖެނުއަރީ 2026
އެސްޖޭ މިސްކިތް ނުނިމި އޮތީ މިނިސްޓްރީގެ ޣައިރު ޒިންމާދާރުކަމުން: "އީއޯޓީ އެޕްރޫވް ނުކުރޭ، އެއްބަސްވުން އާ ނުކޮށް ޕްރޮޖެކްޓްގެ މުއްދަތު ހަމަވެފައި"
28 ޖެނުއަރީ 2026

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޤައުމީ ޓީމަށް ހޫނު މަރުޙަބާ ކިޔަން ރައީސް ވަޑައިނުގަންނަވާ

28 ޖެނުއަރީ 2026
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޤައުމީ ޓީމަށް ހޫނު މަރުޙަބާ ކިޔަން ރައީސް ވަޑައިނުގަންނަވާ
27 ޖެނުއަރީ 2026

ހައްތަހާ ވެސް ނޭތާޖީ!

27 ޖެނުއަރީ 2026
ހައްތަހާ ވެސް ނޭތާޖީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު