Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަރުމަނު

ޖަރުމަނު ބޭންކެއްގެ ތިޖޫރީ ތޮރުފާލައިގެން އެތައް ހާސް މިލިއަން ޔޫރޯ ވަގަށް ނަގައިފި

31 ޑިސެމްބަރު 2025 | ބުދަ 13:57

ތަޙްޤީޤުކުރާ ފަރާތްތަކުން ލަފާކުރާގޮތުން މިވައްކަމުގެ އަގު 10 މިލިއަން އާއި 90 މިލިއަން ޔޫރޯ އާ ދެމެދުގެ އަދަދަކަށް އަރާނެ ކަމަށް ލަފާ ކުރެވޭއިރު، މިއީ ޖަރުމަނުގެ ތާރީޚުގައި ހިނގި މިބާވަތުގެ އެންމެ ބޮޑު އެއް ވައްކަން.

ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2025 | ބުދަ 13:57
29 ޑިސެމްބަރ 2025 ވީ ހޯމަ ދުވަހު ޖެލްޒެންކީރްޝެން ގެ ފުލުހުން ފޯރުކޮށްދިން މި ފޮޓޯއިން ފެންނަނީ ޖަރުމަނުގެ އެ ސިޓީގައި ހުންނަ ސޭވިންގްސް ބޭންކް ބްރާންޗްގެ ފާރެއްގައި އަޅާފައިވާ ލޯވަޅެއް.

29 ޑިސެމްބަރ 2025 ވީ ހޯމަ ދުވަހު ޖެލްޒެންކީރްޝެން ގެ ފުލުހުން ފޯރުކޮށްދިން މި ފޮޓޯއިން ފެންނަނީ ޖަރުމަނުގެ އެ ސިޓީގައި ހުންނަ ސޭވިންގްސް ބޭންކް ބްރާންޗްގެ ފާރެއްގައި އަޅާފައިވާ ލޯވަޅެއް.

ޖަރުމަނުގެ ބޭންކެއްގެ ތިޖުރީ ތޮރުފާލައިގެން އެތައް ހާސް މިލިއަން ޔޫރޯގެ ވަގަށް ނަގައިފި އެވެ.

ޖަރުމަނުގެ ބޭންކެއްގެ ތިޖޫރީން ބަޔަކު އެތައް ހާސް މިލިއަން ޔޫރޯ ވަގަށް ނަގައިފިކަން ހާމަ ކުރީ ޖަރުމަނުގެ ފުލުހުންނެވެ. މިކަން ހިނގާފައި ވަނީ ބަންދުގެ ތެރޭގައި ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ.

މިވައްކަމުގެ ސަބަބުން ޖެލްޒެންކީރްޝެން ސިޓީގައި ހުންނަ ޝްޕާކަސެން ބޭންކުގެ 2,700 ކަސްޓަމަރުންނަށް އަސަރުކޮށްފައިވާކަމަށް ފުލުންނާއި ބޭންކުން މަޢުލޫމާތު ދީފައިވެއެވެ. ބޭންކުގައި ހުރި ތިން ހާހެއްހާ ސޭފްޓީ ޑިޕޮސިޓް ފޮށިތައް ފަޅާލައިވާ ކަމަށް ބުނެފައިވެއެވެ. މިއީ ބޭންކުގައި ހުރި ސޭފްޓީ ފޮށިތަކުގެ 95 އިންސައްތަ އަށް ވުރެ ގިނަ އަދަދެކެވެ.

ފުލުހުންގެ ތަރުޖަމާނު ތޯމަސް ނޮވަސްޒިކް ވިދާޅުވިގޮތުގައި ތަޙްޤީޤުކުރާ ފަރާތްތަކުން ލަފާކުރާގޮތުން މިވައްކަމުގެ އަގު 10 މިލިއަން އާއި 90 މިލިއަން ޔޫރޯ އާ ދެމެދުގެ އަދަދަކަށް އަރާނެ އެވެ.

ޖަރުމަނުގެ ނިއުސް އޭޖެންސީ ޑީޕީއޭއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިވައްކަމަކީ ޖަރުމަނުގައި ހިނގާފައިވާ އެންމެ ބޮޑެތި ވައްކަންތަކުގެ ތެރޭގައި ހިމެނޭނެ ވައްކަމެކެވެ.

ކޮންމެ ސޭފްޓީ ޑިޕޮސިޓް ބޮކްސްއެއް 10,300 ޔޫރޯ ($12,088) އަށް އިންޝުއަރ ކޮށްފައިވާ ކަމަށާއި، ބޭންކުގެ ކަސްޓަމަރުން އިތުރަށް އަމިއްލަ އަށް އިންޝުއަރ ނުކުރާނަމަ މިއަދަދަށް ވުރެ އިތުރަށް ބަދަލު ނުލިބޭނެ ކަމަށް ބޭންކުގެ ވެބްސައިޓުގައި ބަޔާންކޮށްފައިވެއެވެ.

ހޯމަ ދުވަހު ހެނދުނު 4 ގަޑިއިރު ކުރިން ބޭންކުން ފަޔާ އެލާމް އެޅުމާ ގުޅިގެން ޕޮލިސް އޮފިސަރުންނާއި ފަޔަރ ފައިޓަރުން އެތަނަށް ގޮސްފައިވެއެވެ. އެމީހުން އެތަނަށް ދިޔައިރު ފާރުގައި ލޯވަޅެއް އަޅާފައިވަނިކޮށް ފެނި، ތިޖޫރީ ހަލާކުކޮށްލާފައި ކަން ފާހަގަ ކުރެވުނެވެ. ފުލުހުންނަށް ފާހަގަވި ގޮތުގައި ތިޖޫރީގެ ބޭސްމަންޓް ފާރު ފޫދުއްވާލުމަށް ބޮޑު ބުރުމާއެއް ބޭނުންކޮށްފައިވާ ކަމަށް ލަފާކުރެވެއެވެ.

މަންޒަރު ދުށް މީހުން ތަހުގީގު ކުރާ ފަރާތްތަކަށް ކިޔައިދިން ގޮތުގައި މާސްކް އަޅައިގެން ތިބި ފިރިހެނުންތަކެއް ޕާކިންގ ގަރާޖެއްގައި ބޮޑެތި ދަބަސްތަކެއް އުފުލަމުން ދަނިކޮށް ފެނިފައިވެ އެވެ.

ޖެލްޒެންކީރްޝެން ސިޓީއަކީ ފްރޭންކްފަރޓުން 192 ކިލޯމީޓަރު (119 މޭލު) އުތުރު-ހުޅަނގުގައި އޮންނަ ސިޓީއެކެވެ.

ޖަރުމަނުޝްޕާކަސެން ބޭންކުގެލްސެންކިރްޗެންބޭންކު ވައްކަން

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

30 ޑިސެމްބަރު 2025

އިގުތިސާދީ ގޮތުން އިންޑިއާ އިން ޖަޕާނު ފަހަތައް ޖައްސާލައިފި

30 ޑިސެމްބަރު 2025
އިގުތިސާދީ ގޮތުން އިންޑިއާ އިން ޖަޕާނު ފަހަތައް ޖައްސާލައިފި
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
06 ނޮވެމްބަރު 2025

މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

06 ނޮވެމްބަރު 2025
މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި
06 އޮކްޓޯބަރު 2025

ޓްރަމްޕްގެ ޕްލޭން އަކީ ޣައްޒާ އަށް ލިބިގެން ދާނެ ތާރީޚީ ފުރުސަތެއް: ވަޑެފުލް

06 އޮކްޓޯބަރު 2025
ޓްރަމްޕްގެ ޕްލޭން އަކީ ޣައްޒާ އަށް ލިބިގެން ދާނެ ތާރީޚީ ފުރުސަތެއް: ވަޑެފުލް
14 ސެޕްޓެމްބަރު 2025

ފަލަސްޠީނަށް ތާއީދުކޮށް ބާލިންގައި ކުރި މުޒާހަރާގައި 12،000 އަށް ވުރެ ގިނަ މީހުން

14 ސެޕްޓެމްބަރު 2025
ފަލަސްޠީނަށް ތާއީދުކޮށް ބާލިންގައި ކުރި މުޒާހަރާގައި 12،000 އަށް ވުރެ ގިނަ މީހުން
14 ސެޕްޓެމްބަރު 2025

ޣައްޒާ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަ ކުރުމަށް އެތައް ހާސް ޖަރުމަނު މީހުން މަގު މައްޗަށް

14 ސެޕްޓެމްބަރު 2025
ޣައްޒާ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަ ކުރުމަށް އެތައް ހާސް ޖަރުމަނު މީހުން މަގު މައްޗަށް
12 ސެޕްޓެމްބަރު 2025

ފަލަސްޠީނުގެ ދައުލަތް ޤާއިމު ކުރުމަށް ފްރާންސް އާއި ސައުދީ އިން ހުށަހަޅާފައިވާ ޤަރާރަށް ޖަރުމަނުން ތާއީދު ކުރަނީ

12 ސެޕްޓެމްބަރު 2025
ފަލަސްޠީނުގެ ދައުލަތް ޤާއިމު ކުރުމަށް ފްރާންސް އާއި ސައުދީ އިން ހުށަހަޅާފައިވާ ޤަރާރަށް ޖަރުމަނުން ތާއީދު ކުރަނީ
01 ސެޕްޓެމްބަރު 2025

ޣައްޒާގެ އިންސާނީ ޙާލަތު ރަނގަޅު ކުރުމަށް، ޖަރުމަނުން އިސްރާއީލް އަށް ގޮވާލައިފި

01 ސެޕްޓެމްބަރު 2025
ޣައްޒާގެ އިންސާނީ ޙާލަތު ރަނގަޅު ކުރުމަށް، ޖަރުމަނުން އިސްރާއީލް އަށް ގޮވާލައިފި
18 ޖުލައި 2025

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް