Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަރުމަނު ވިލާތް

ޖަރުމަނު ވިލާތުގެ ރައީސް ގެ ހަރުކަށި ފާޑުވިދާޅުވުން ޓްރަމްޕަށް - ފޭރޭ މީހުންގެ ހާއްޔަކަށް ދުނިޔެ ބަދަލު ވެއްޖެ!

ޖަރުމަނުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރ ވިދާޅުވީ ދުނިޔޭގެ ޑިމޮކްރަސީ އަށް މިއިން ދުވަހަކު ނުވާވަރުގެ ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އެމެރިކާގެ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ ތާރީޚީ ނިޒާމަށް ބޮޑު ލޮޅުމެއް އައިސް، އެ ނިޒާމުގެ ހަމަތަކާއި އުސޫލުތައް މުގުރާލާފައިވާ ކަމަށް.

ރާއްޖެ އެމްވީ | 8 ޖެނުއަރީ 2026 | ބުރާސްފަތި 11:33
ޖަރުމަނުގެ ރައީސް ފްރެންކް-ވޯލްޓަރ ސްޓައިންމަޔަރ

ޖަރުމަނުގެ ރައީސް ފްރެންކް-ވޯލްޓަރ ސްޓައިންމަޔަރ | ރޮއިޓަސް

ޖަރުމަނުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާރިޖީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. އަދި ދުނިޔޭގެ ނިޒާމު "ފޭރޭ މީހުންގެ ހާއްޔަކަށް" ބަދަލުވެ، އެއްވެސް އުސޫލެއް ނެތް ބަޔަކު ބޭނުންހާ އެއްޗެއް ފޭރިގަންނަ ތަނަކަށް ވިޔަ ނުދިނުމަށް އެމަނިކުފާނު ވަނީ ދުނިޔެ އަށް އިލްތިމާސް ކުރައްވާފަ އެވެ.

އާދަޔާ ޚިލާފަށް ހަރުކަށި އިބާރާތުން ދެއްކެވި މި ވާހަކަފުޅުގައި، ވޭތުވެދިޔަ ހަފުތާ ބަންދުގައި ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ މަގާމުން ދުރުކުރުމަށް ކުރެވުނު މަސައްކަތްތަކަށް އިޝާރާތް ކުރައްވަމުން، ޖަރުމަނުގެ ކުރީގެ ޚާރިޖީ ވަޒީރުކަން ވެސް ކުރެއްވި ސްޓައިންމަޔަރ ވިދާޅުވީ، ދުނިޔޭގެ ޑިމޮކްރަސީ އަށް މިއިން ދުވަހަކު ނުވާވަރުގެ ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ޖަރުމަނުގެ ރައީސަކީ މައިގަނޑު ގޮތެއްގައި ރަމްޒީ މަގާމެއް ފުރުއްވާ ބޭފުޅެއް ނަމަވެސް، ޖަރުމަނުގެ ސިޔާސީ މައިދާނު ގައި އެމަނިކުފާނުގެ ބަސްފުޅުތަކަކީ ބަރުދަން ހުންނަ ވާހަކަފުޅުތަކެކެވެ. އަދި ސިޔާސީ އެހެން ބޭފުޅުންނަށް ވުރެ ބޮޑަށް މިނިވަންކަމާ އެކު ޚިޔާލު ފާޅުކުރުމުގެ ފުރުސަތު އެމަނިކުފާނަށް އޮވެ އެވެ.

ރަޝިއާ އިން ކްރައިމިއާ ހިފުމާއި ޔޫކްރޭނަށް އަރައިގަތުމަކީ ދުނިޔޭގެ މަސްރަހަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި ސިފަކުރައްވަމުން، ސްޓައިންމަޔަރ ވިދާޅުވީ އެމެރިކާގެ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ ތާރީޚީ ނިޒާމަށް ދެވަނަ ފަހަރަށް ބޮޑު ލޮޅުމެއް އައިސްފައިވާ ކަމަށެވެ.

"މި ދުނިޔޭގެ ނިޒާމު ބިނާކުރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން އަދި އެންމެ މުހިންމު ބައިވެރިޔާ ކަމަށްވާ އެމެރިކާ އިން، މިއަދު މިވަނީ އެ ނިޒާމުގެ ހަމަތަކާއި އުސޫލުތައް މުގުރާލާފައި،" ކަމަށް ބުދަ ދުވަހުގެ ރޭ ބޭއްވި ސިމްޕޯޒިއަމެއް ގައި ވާހަކަފުޅު ދައްކަވަމުން ސްޓައިންމަޔަރ ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި، ހިނގަމުން މިދާ ކަންކަމަކީ އެއްވެސް އުސޫލެއް ނެތި ބޭނުންހާ އެއްޗެއް ފޭރިގަނެ، އަދި ބޮޑެތި ބާރުތަކުން ގައުމުތަކަކީ އެމީހުންގެ އަމިއްލަ މިލްކެއްގެ ގޮތުގައި ދެކި "ފޭރޭ މީހުންގެ ހާއްޔަކަށް" ދުނިޔެ ބަދަލު ކުރުން ކަމުގައެވެ.

ނުރައްކާތެރި ހާލަތްތަކުގައި އަމަލީ ގޮތުން ފިޔަވަޅު އަޅަންޖެހޭ ކަމަށާއި، ދުނިޔޭގެ ނިޒާމު ހިމާޔަތްކުރުމަށްޓަކައި ބްރެޒިލް އަދި އިންޑިއާ ފަދަ ގައުމުތައް ބައިވެރިކޮށް، އެ ގައުމުތަކަކީ މި ނިޒާމުގެ ބައިވެރިންކަން ކަށަވަރުކުރަން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މަސްދަރު: ރޮއިޓާސް

ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރރައީސް ޑޮނަލްޑް ޓްރަމްޕްނިކޮލަސް މަދޫރޯޖަރުމަނުވެނެޒުއޭލާޔުކްރެއިން

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2026

ބޮޑު ގަނޑުވަރަކުން "ނަރަކަ" ކަހަލަ ތަނަކަށް، މަދޫރޯ އާއި އަނބިކަނބަނުންނަށް އުނދަގޫ ޙާލަތެއް

08 ޖެނުއަރީ 2026
ބޮޑު ގަނޑުވަރަކުން "ނަރަކަ" ކަހަލަ ތަނަކަށް، މަދޫރޯ އާއި އަނބިކަނބަނުންނަށް އުނދަގޫ ޙާލަތެއް
08 ޖެނުއަރީ 2026

އިންޒާރު ދެއްވުމަށް ފަހު، ވައިޓް ހައުސް އަށް ވަޑައިގެންނެވުމުގެ ދައުވަތު ޓްރަމްޕް ކޮލަމްބިއާގެ ރައީސް ޕެޓްރޯ އަށް ދެއްވައިފި

08 ޖެނުއަރީ 2026
އިންޒާރު ދެއްވުމަށް ފަހު، ވައިޓް ހައުސް އަށް ވަޑައިގެންނެވުމުގެ ދައުވަތު ޓްރަމްޕް ކޮލަމްބިއާގެ ރައީސް ޕެޓްރޯ އަށް ދެއްވައިފި
08 ޖެނުއަރީ 2026

ވެނެޒުއޭލާގެ ތެލުގެ ވިޔަފާރި ވަކި މުއްދަތެއް ނެތް ގޮތަށް އެމެރިކާގެ ބާރުގެ ދަށަށް ގެނެސްފި

08 ޖެނުއަރީ 2026
ވެނެޒުއޭލާގެ ތެލުގެ ވިޔަފާރި ވަކި މުއްދަތެއް ނެތް ގޮތަށް އެމެރިކާގެ ބާރުގެ ދަށަށް ގެނެސްފި
08 ޖެނުއަރީ 2026

ސިޔާދަތަށް ނުރައްކާވާ ބޭކާރު ބައެއް ކަމަށް ބުނެ، ބައިނަލްއަޤުވާމީ 66 ޖަމިއްޔާ އަކުން އެމެރިކާ ވަކިވާން ޓްރަމްޕް ނިންމަވައިފި

08 ޖެނުއަރީ 2026
ސިޔާދަތަށް ނުރައްކާވާ ބޭކާރު ބައެއް ކަމަށް ބުނެ، ބައިނަލްއަޤުވާމީ 66 ޖަމިއްޔާ އަކުން އެމެރިކާ ވަކިވާން ޓްރަމްޕް ނިންމަވައިފި
07 ޖެނުއަރީ 2026

ވެނެޒުއޭލާ އާ ގުޅުން އޮތް ކަމަށް ބުނާ ރަޝިޔާގެ ދިދަ ނެގި ތެޔޮ ޓޭންކަރު އެމެރިކާ ސިފައިން ހިފައިފި

07 ޖެނުއަރީ 2026
ވެނެޒުއޭލާ އާ ގުޅުން އޮތް ކަމަށް ބުނާ ރަޝިޔާގެ ދިދަ ނެގި ތެޔޮ ޓޭންކަރު އެމެރިކާ ސިފައިން ހިފައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު