Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުލީއާގެ ކާއެއްޗެހި

މުލީއާގެއަށް ގެންދިޔަ ކާއެއްޗެއްސަށް ޕިންތަކެއް އަޅާފައި ހުރި މައްސަލައެއް ތަހުގީގުކުރަން ފަށައިފި

14 ސެޕްޓެމްބަރު 2017 | ބުރާސްފަތި 03:32

ފުލުހުން ބުނީ މި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 14 ސެޕްޓެމްބަރު 2017 | ބުރާސްފަތި 03:32
މުލިއާގެ، ނަން ބޯޑުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު

މުލިއާގެ، ނަން ބޯޑުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު

މުލީއާގެއަށް ގެންދިޔަ ކާއެއްޗެހިތަކެއްގެ ތެރެއަށް ދަގަނޑު ޕިންތަކެއް އަޅާފައި ހުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުލީއާގެއަށް ގެންދިޔަ ކާއެއްޗެއްސަށް ޕިން އަޅާފައި ހުރި މައްސަލަ ފުލުހުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement - newsAdvertisement

ފުލުހުންނާ ސުވާލުކުރުމުން، މީޑިއާ އޮފިޝަލަކު ވިދާޅުވީ މި މައްސަލައާ ގުޅޭ އެއްވެސް މަައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށެވެ.

މުލީއާގެއަށް ގެންދިޔަ ކާއެއްޗެއްސަކީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީ އުފަންދުވަސް ފާހަގަކުރުމަށް ގެންދިޔަ ތަކެއްޗެވެ. ޕިންތައް ފެނިފައިވަނީ ގެންދިޔަ ބަތުގެ ތެރެއިންނެވެ.

މިފަދަ ކަމެއް ހިނގައިގެން މުލީއާގޭ ތެރޭގައި ވެސް މައްސަލަ ބަލަމުންދާކަން އެތަނުގައި މަސައްކަތް ކުރާ މުވައްޒަފަކު ވަނީ ރާއްޖެއެމްވީއަށް ކަށަވަރުކޮށްދީފަ އެވެ.

މުލީއާގެއަށް ކޭޓަރ ކޮށްދޭ ރެސްޓޯރެންޓަކުން ވެސް ވަނީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަން ކަށަވަރުކޮށްދީފަ އެވެ.

ކާއެއްޗެއްސަށް ޕިން އަޅާފައިވަނީ ރެސްޓޯރެންޓުން ކަމެއް، މުލީއާގޭ ތެރެއިން ކަމެއް އަދި ނޭނގޭ ކަމަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

"ދަގަނޑު ޕިންތަކެއް ކާއެއްޗެއްސަށް އަޅާފައި ހުރީ، އެންމެ ޕިނެއް ދެ ޕިން އޮތްނަމަ ތާ އެހެން އެއްޗެކޭ ބުނެވޭނީ، އެކަމަކު ވަރަށް ބައިވަރު ޕިން ހުރި،" އޭނާ ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހާއި މުލީއާގޭގެ އިސްވެރިއެއްގެ ރަސްމީ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.

މުލީއާގެއަކީ ރައީސް އަބްދުﷲ ޔާމީނާއި އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީ ގިނަ ވަގުތުތަކެއް ހޭދަކުރައްވާ ތަނެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުލީއާގެއިން ރައީސް ޔާމީނާއި މެޑަމް ފާތުން ވެސް ފަރިއްކުޅުއްވަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
01 މާރިޗު 2017

!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް

01 މާރިޗު 2017
!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް
01 މާރިޗު 2017

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް