Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ގދ. އަށް ކުރައްވަމުންގެންދަވާ ދަތުރުފުޅު

ރައީސް ފިޔޯރީ ރައްޔިތުންނަށް ދެއްވީ އެދުނުވަރަށްވުރެ ގިނަ ކަންކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވީ އުފާވެރި އަމާން ރާއްޖެއެއް ރައްޔިތުންނަށް ފޯރުކޮށްދެއްވުމުގެ ބޭނުމުގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 8 އޯގަސްޓު 2023 | އަންގާރަ 13:37
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ގދ. ފިޔޯރީ ރައްޔިތުންނާ ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ގދ. ފިޔޯރީ ރައްޔިތުންނާ ބައްދަލުކުރައްވަނީ

ފިޔޯރީ ރައްޔިތުން އެދޭވަރަށްވުރެ ގިނަ ކަންކަން ދެވަނަ ދައުރެއްގައި އެރަށަށް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްްޔާ އަންގާރަ ދުވަހު ގދ. ފިޔޯރިއަށް ވަޑައިގެން ވިދާޅުވީ، 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ ކޮންމެ ރަށަކަށްވެސް އަސާސީ ޚިދުމަތް ފޯރުކޮށްދެއްވުމުގެ ވައުދުފުޅާއެކު ކަމަށެވެ. އެ ވައުދުފުޅުތަކުގެ 90 އިންސައްތަ މަސައްކަތް، މިހާރު އެކި މަރުހަލާތަކުގައި ކުރިއަށްދާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވީ އުފާވެރި އަމާން ރާއްޖެއެއް ރައްޔިތުންނަށް ފޯރުކޮށްދެއްވުމުގެ ބޭނުމުގައި ކަމަށެވެ. މިހާރު ކުރިއަށްދާ ކަންކަން ނިންމަވައި، އައު ކަންކަން ކޮށްދެއްވުމުގެ އަޒުމެއް އަންނަ ދައުރަށް އެބައޮތްކަންވެސް ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން ގެންގުޅޭ ތަަރައްގީގެ ތަސައްވުރެއް އޮތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ތަސައްވުރު ކަނޑައެޅުއްވީ ރާއްޖޭގެ ރަށްތަކަށް ޒިޔާރަތް ކުރައްވައި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މަސައްކަތްޕުޅު ކުރައްވާނީ އެގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ، ކުރިއަށް އޮތް ދައުރުގައި ފިޔޯރީއަށް ކޮށްދެއްވާނެ ކަންކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އެ ރަށުގެ ސްކޫލުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވައި، ސޯލާއަށް ބަދަލުކޮށްދެއްވައި މަލްޓިޕަރޕަސް ހޯލު އަޅުއްވައިދެއްވާނެ ކަމަށާއި، ރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅުއްވައިދެއްވާނެ ކަމަށާއި، މޫދަށް އެރޭނެ ސަރަހައްދެއް ގާއިމުކޮށްދެއްވާނެ ކަމަށާއި، ސިއްހީ މަރުކަޒު، ލެވެލް ތިނަކަށް ބަދަލުކޮށް 24 ގަޑިއިރު ޚިދުމަތް ލިބޭ ތަނަކަށް ބަދަލުކޮށްދެއްވައި، އެކްސްޓެންޝަންގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ގެސްޓް ހައުސް އެޅުމަށް ލުއި ލޯނު ދެއްވައި ތަރައްގީކޮށްދެއްވާނެ ކަމަށާއި، މަސްޖިއްދުއް ނޫރުލް އިމާމް މިހާރަށްވުރެ ބޮޑުކޮށްދެއްވާނެ ކަމަށާއި، އޭޓީއެމްގެ ޚިދުމަތް ގާއިމްކޮށްދެއްވައި، ފުޓުބޯޅަ ދަނޑާއި ފުޓްސަލް ދަނޑުގައި ލައިޓް ހަރުކޮށްދެއްވާނެ ކަމަށާއި، ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް 600 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓެއް ވެސް ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުއުފާވެރި އަމާން ރާއްޖެގދ. ފިޔޯރީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
06 ނޮވެމްބަރު 2025

އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި

06 ނޮވެމްބަރު 2025
އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި
02 ނޮވެމްބަރު 2025

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން
01 ނޮވެމްބަރު 2025

ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި

01 ނޮވެމްބަރު 2025
ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި
01 ނޮވެމްބަރު 2025

ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި

01 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި
31 އޮކްޓޯބަރު 2025

ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''

31 އޮކްޓޯބަރު 2025
ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު