Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސަރުކާރަށް އެޅުނު ގާބިހުގެ ކްރެޑިޓާއެކު ގޮވީއަތަށް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ހުޅުވި ޝަހީދު އަލީ ސްކޫލަކީ ކުރީގެ ސަރުކާރުން އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ވަނަ އަހަރު ގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ޑިޒައިން އެންޑް ބިލްޑް އުސޫލުން ޢިމާރާތް ކުރުމަށް އާރުސީސީ އާ ހަވާލުކޮށްފައިވާ ސްކޫލެކެވެ. 243،119،269.20 (ދުއިސައްތަ ސާޅީސް ތިން މިލިއަން އެއްލައްކަ ނަވާރަ ހާސް ދުއިސައްތަ ފަސްދޮޅަސް ނުވަ ރުފިޔާ ވިހި ލާރި) އަށް އެ މަޝްރޫޢު ހަވާލުކޮށްފައި ވަނީ ކޮންޓްރެކްޓަރ ފައިނޭންސް ގެ އުސޫލުން ފަސް އަހަރަށް ބަހާލައިގެން ރިފައިނޭންސް ކުރެވޭ ގޮތަށް.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2026 | ބުރާސްފަތި 13:52
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު | ރައީސް އޮފީސް

ހީވީ އެހެންފަދަ ކަމެއް ހެންނެވެ. މުއިއްޒުގެ ސަރުކާރަށް ހުޅުމާލޭ ފޭސް 2 ގައި އަލަށް ސްކޫލެއް އެޅިގެންނެވެ. މުއިއްޒުގެ ސަރުކާރުން އެޅި ސްކޫލެއްގެ ގޮތުގައި ދައްކަން ސަރުކާރުން ފައިސާ ދީގެން ސޯޝަލް މީޑިޔާ އަނބުރަން ގެންގުޅޭ ކުދިންކޮޅު ހައްޓަކު ހެޔެއް ނެތެވެ. ރީތި ފޮޓޯ ތަކާއި މޮޅު ޕޯސްޓްތައް އޮއްސާލީ ސުމާރެއް ނެތިއެވެ. ސްކޫލު ހުޅުވުން ކުޑަތަންވީ ވީނުން ހީވީ ރަށަކު ބޮޑު މާލޫދަކަށް ހައެއްކަ ރަށު މީހުންނަށް ކިޔައިގެން އޮޑިލައްޕަން ތައްޔާރުވި ހެންނެވެ.

އިސާހިތަކު ދިރާސީ އާ އަހަރުގެ ފުރަތަމަ ދުވަހު ސްކޫލް ހުޅުވައިފިއެވެ. ސީދާ މުއިއްޒުއެވެ. ބޮޑުސިންގާ ރަސްމިއްޔާތެއްގައެވެ. ހީވީ އަލަށް ސްކޫލެއް އެޅިގެން އުޅުނު ހެންނެވެ. ސީދާ މުއިއްޒު އެޅުއްވި ސްކޫލެކެވެ. ކުދިންގެ އަތަށް ދިނީވެސް އޭގެ ކަރުދާހެކެވެ. އެތަނުގައި މުއިއްޒު ބިންގާއެޅި ފޮޓޯއެވެ. ނަންވެސް ދެއްވީ ސީދާ ރައީސެވެ. އެކަން އިއުލާން ކުރެއްވީވެސް އެރަސްމިއްޔާތުގައި އެތަނަށް އެއްވެ ތިބި މީހުންނާ ދަރިވަރުންގެ ކުރިމަތީގައި ސީދާ އެޑިއުކޭޝަން މިނިސްޓަރެވެ.

އެޑިއުކޭޝަން މިނިސްޓަރ އަރާ ހުންނަވައިގެން، ސަރުކާރުން އަލަށް ހުޅުވި މި ސްކޫލުގެ ވާހަކަ އަނެއްކާވެސް އިތުރަށް އެތައް ފޮޓޯއަކާއަކު ދައްކަން ފެށިއެވެ. ފައިސާ ދީގެން ސަރުކާރު ޕްރޮމޯޓްކުރަން ގެންގުޅުނު ކުދިންކޮޅު ކުރަމުންދިޔަ އެޕޯސްޓްތަކުގެ ކުރިއަށް އެހެން ވާހަކަތަކެއްވެސް ގެންނަން ފެށިއެވެ. ކުރީގެ ސަރުކާރަށް ސްކޫލެއް ނޭޅުނު ކަމަށް ބުނެއެވެ. އެޅުނިއްޔާ އެޅުނީވެސް ޓިނު ސްކޫލެއް ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔައި މަލާމާތްވެސް ކުރަމުންނެވެ.

ސަރުކާރަށް އެޅުނުކަމަށް މީ ހީކުރި ގާބިހުގެ ކްރެޑިޓް ނަގަން ދައްކަމުންދިޔަ މޮޅު ވާހަކަތައް ހައްދުން ނައްޓާ ހިސާބަށް ދިޔަފަހުން އާއްމުންވެސް އެމީހުންގެ އަސްލު ދައްކާލަން ފެށިއެވެ. އަދި ތިޔަވަރުގެ ގާބިހެއް އެޅިގެން ތިޔަހާ ފޮނިވާކަށް ނުވެޔޭ ބުނާފަދަ ބީދައަކަށް އާއްމު ރައްޔިތުން އެމީހުންގެ ޝުއޫރުތައް ބަންޑުން ކޮށްލަން ފެށިއެވެ. ސަރުކާރަށް އެޅުނު ސްކޫލުގެ އަސްލު ކިޔައިދޭން ފެށީ އެމީހަކާ އެމީހެކެވެ.

ކުރީގެ ސަރުކާރަށް ނޭޅުނަސް މިސަރުކާރުން ދެއަހަރު ދުވަހުގެ ތެރޭގައި ބޮޑު ސިންގާ ސްކޫލެއް އެޅިކަމަށް ބުނެ ކެނޑި ފޮންޏަށް ހަގީގަތް އެނގޭ މީހުން ރައްދު ދޭން ފެށީ އެކަމުގެ ހެކި ގަރީނާތަކާއެކުގައެވެ. އެސްކޫލަކީ ކިތަންމެ ވަރަކަށް މިސަރުކާރުގެ އެއްޗެއްކަމަށް ދައްކަން އުޅުނަސް އެއީ ކުރީގެ ސަރުކާރުން އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ވަނަ އަހަރު ގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ޑިޒައިން އެންޑް ބިލްޑް އުސޫލުން ޢިމާރާތް ކުރުމަށް އާރުސީސީ އާ ހަވާލުކޮށްފައިވާ ސްކޫލެކެވެ. 243،119،269.20 (ދުއިސައްތަ ސާޅީސް ތިން މިލިއަން އެއްލައްކަ ނަވާރަ ހާސް ދުއިސައްތަ ފަސްދޮޅަސް ނުވަ ރުފިޔާ ވިހި ލާރި) އަށް އެ މަޝްރޫޢު ހަވާލުކޮށްފައި ވަނީ ކޮންޓްރެކްޓަރ ފައިނޭންސް ގެ އުސޫލުން ފަސް އަހަރަށް ބަހާލައިގެން ރިފައިނޭންސް ކުރެވޭ ގޮތަށެވެ.

މީކީ ތޯތޯ ވާހަކައެއް ނޫނެވެ. ހަދަހަދައިގެން އޭއައި ފޮޓޯ ހިމަނަންވެސް ޖެހޭވަރު އެއްޗެއް ނޫނެވެ. ރައްދު ދިން މީހުން އެވާހަކަ ދައްކާން ފެށީ އަސްލު އެފޮޓޯއާވެސް އެކުގައެވެ. އެގްރީމެންޓްގައި ސޮއިކޮށް މަސައްކަތާ ހަވާލުވީ ދުވަހު ނަގާފައިހުރި ފޮޓޯތަކެވެ. އޭގެފަހުން އެތަނުގައި ފެންސް ޖަހައިގެން މަސައްކަތް ދިޔައީ ކުރަމުންނެވެ. ހުއްޓުމެއްނެތި ކަނޑައެޅިފައިވާ ތާވަލާއެއްގޮތައް މަސައްކަތް ދިޔައީ ބާރު ސްޕީޑުގައި ކުރިއަށެވެ. މުއިއްޒު ވެރިކަމަށް ވަޑައިގެން އެޅުއްވީ އެތަނުގައި ބިންގަލެވެ. އެ ބިންގާ ރަމްޒީކޮށް މުއިއްޒު އެޅުއްވިއިރުވެސް އެތަނުގައި ސްކޫލެއްގެ މަސައްކަތް ކުރިއަށް ދާކަން ނޭނގޭ މީހަކު ހުޅުމާލޭ ފޭސް ދޭއްގައެއް ނޫޅޭނެއެވެ. އަސްލަކީ ކުރީގެ ސަރުކާރުން އަޅަންފެށި އެސަރުކާރުގެ ބޮޑު މަޝްރޫއެއް ކަމެވެ.

ސަރުކާރަށް އެޅުނުކަމަށް ހީވި ގާބިހުގެ ވާހަކަ ދައްކަމުން ދިޔުމުގެ ތެރޭގައި ދެއްކި ވާހަކަ ތަކާއެކު ސަރުކާރަށް ކަމެއް ނުކުރެވޭ ވާހަކަ، ތަންވަޅު ބަލާފައިވެސް އާއްމުން ދައްކާން ފެށީކީ ތިޔަހެނެއް ނޫނެވެ. ހުޅުވުނު އާ ސްކޫލުގެ އިތުރުން ކުރީ ސަރުކާރުގައި ހުޅުމާލޭ ފޭސް ދޭއްގައި އަޅަން ނިންމާފައިވާ ދެން ހުރި ސްކޫލުތަކުގެ ބިންގާ ގަނޑުވެސް ނޭޅުނީތީ އެވާހަކަ ބާރަށް ގޮވަންފެށިއެވެ. ރާއްޖޭގެ އެހެން ރަށްރަށުގައި ކުރީގެ ސަރުކާރުން އަޅަން ފަށާފައިވާ ސްކޫލުތަކާއި ސްކޫލުތަކަށް އިތުރުކުރަން ފަށާފައިވާ ކްލާސް ރޫމުތަކާއި ލެބޯޓްރީތަކާއި މަލްޓި ޕާޕާސް ހޯލްތަކުގެ މަސައްކަތް ހުއްޓުނު ގޮތައް ނުފެށި ދަބަރަށް ވާތީ އެވާހަކަތައްވެސް ފޮޓޯތަކާއެކު މީހުން ގޮވާން ފެށިއެވެ. ނަގަނަގާފައި ދައްކާން ފެށިއެވެ. ރަށްރަށު މީހުންވެސް ބޭއިޚްތިޔާރުގައި ރަތަށް އެރީއެވެ. މާފަންނު މަދްރުސާގައި ތިރީގައި ހޯލެއް ހަދަންވި ވައުދު ބަދަލުވެ ލިފްޓްގަނޑެއް ބަހައްޓައިދޭ ގޮތައް ހަމަޖެހުނު ވާހަކަވެސް ގޮވާން ފަށައިފިއެވެ.

ކޮންމެއަކަސް ސަރުކާރަށް ނޭޅެނީސް އެޅުނު ކަމަށް ހީވެގެން އުޅުނު ގާބިހާއެކު ރަނގަޅަށް ސަރުކާރު ލަދުގަންނުވާލައިފިއެވެ. ދަރިވަރުންގެ ކުރިމަތީގައި ދައްކާން ނުވާވަރަށް ސިޔާސީ ވާހަކަ ދައްކައިގެން ނަގަން އުޅުނު ކްރެޑިޓް ނުނެގި ބޮޑުތަނުން ގޮވީ އަތަށެވެ. ކުރީގެ ސަރުކާރަށް ޓިނު ސްކޫލެއް ނޫނީ ނޭޅުނުކަމަށް ބުނި ވާހަކަތަކަށް އެބުނާ ޓިނު ސްކޫލުން ކިޔަވައިގެން ބަދަލުވެ، ކުރީގެ ސަރުކާރުން ބިންގާ އަޅާ ނިންމައި ކިޔަވައިދޭންފެށި ސަލާހުއްދީން ސްކޫލުގައި ކިޔަވާ ކުދިންނާ އެކުދިންގެ ބެލެނިވެރިންވެސް ސަރުކާރަށް މަލާމާތްކޮށް ހީނހީނފައި އަތްޖަހާ ކަހަލައެވެ. ހާމައަށް ފެންނާންހުރި ހަގީގަތްތައް އޮޅުވާލާ ދައްކަމުންދާ ފުލެއް ބިތެއްނެތް ދޮގު ހޮޅި ވާހަކަތައް އަޑުއަހާފައެވެ. ރޯމާ ދުވާލު ދައްކާ މޮޅު ވާހަކަތައް އެވެރިންނަށްވެސް މަޖާވީމައެވެ.

ޑރ. މުއިއްޒުއިބްރާހިމް މުހައްމަދު ސާލިހުއާރުސީސީޝަހީދު ޢަލީ ސްކޫލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރާއްޖޭގައި އިންފްލުއެންޒާ ފެތުރުން އިތުރުވެފައިވާ ދުވަސް ވަރެއްގައި، އެސްޓީއޯ ފާމަސީ ތަކުން އިންފްލުއެންޒާ ވެކްސިން ހުސްވެއްޖެ

ރާއްޖޭގައި އިންފްލުއެންޒާ ފެތުރުން އިތުރުވެފައިވާ ދުވަސް ވަރެއްގައި، އެސްޓީއޯ ފާމަސީ ތަކުން އިންފްލުއެންޒާ ވެކްސިން ހުސްވެއްޖެ

28 ޖެނުއަރީ 2026
ނަން ދެއްވީ ރައީސް

ނަން ދެއްވީ ރައީސް

28 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބުގައި މާލެސިޓީ ކައުންސިލަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ކުރީގެ ރައީސް ސޯލިހު ބައްދަލު ކުރައްވައިފި

ކައުންސިލް އިންތިޚާބުގައި މާލެސިޓީ ކައުންސިލަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ކުރީގެ ރައީސް ސޯލިހު ބައްދަލު ކުރައްވައިފި

28 ޖެނުއަރީ 2026
ސަރުކާރުން ދެއްވާ ގްރާންޓުން އަތޮޅު ކައުންސިލް މުވައްޒަފުންގެ 2 މަހުގެ މުސާރަ ނުދެވޭ: ހއ. އަތޮޅު ކައުންސިލް ގެ ރައީސް

ސަރުކާރުން ދެއްވާ ގްރާންޓުން އަތޮޅު ކައުންސިލް މުވައްޒަފުންގެ 2 މަހުގެ މުސާރަ ނުދެވޭ: ހއ. އަތޮޅު ކައުންސިލް ގެ ރައީސް

27 ޖެނުއަރީ 2026
ދަރިވަރުންގެ ކުރިމަތީގައި ރައީސް މުޢިއްޒުގެ އެޑިއުކޭޝަން މިނިސްޓަރު ސިޔާސީގޮތުން ޗެލެންޖު ކުރައްވައިފި

ދަރިވަރުންގެ ކުރިމަތީގައި ރައީސް މުޢިއްޒުގެ އެޑިއުކޭޝަން މިނިސްޓަރު ސިޔާސީގޮތުން ޗެލެންޖު ކުރައްވައިފި

27 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

23 ފެބުރުއަރީ
ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން
20233 އަހަރު ކުރިން
ރިޕޯޓު

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
20224 އަހަރު ކުރިން
ރިޕޯޓު

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން
20197 އަހަރު ކުރިން
ރިޕޯޓު

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު