Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ އިގްތިސާދު

މި ސަރުކާރުން ރައްޔިތުންގެ ފައިސާ އިސްރާފު ކުރުން ހުއްޓާލައި، މާލީ ދާއިރާގެ ތަޖުރިބާކާރުންގެ އިރުޝާދުތަކަށް ތަބާވާން ޖެހޭ: ކުރީގެ ނައިބު ރައީސް ފައިސަލް

ފައިސަލް ވިދާޅުވީ ޑޮލަރުގެ އަގު މައްޗަށް ދިޔުމާއި، އިންފްލޭޝަން މަތިވުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވެ، ބޮޑެތި ވިޔަފާރި ތަކަށްވެސް ގޮތްހުސްވާ ހިސާބަށް ދިޔުމަކީ އާއްމު ރައްޔިތުންގެ ދިރިއުޅުން ބިކަވެ ނިކަމެތިވަމުންދާ ސަބަބު ކަމަށް. މާލީ ދާއިރާއަށް ދިމާވަމުންދާ ގޮންޖެހުންތަކުން އަރައި ގަތުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކަށް ނާޅައިފިނަމަ، ރާއްޖޭގެ އިގްތިސާދު ނުރައްކާތެރި ހިސާބަށް ދިއުމަކީ ވަރަށް ގާތްކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2026 | ހޯމަ 08:55
ސަރުކާރުގެ ރަސްމިއްޔާތެއްގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ

ސަރުކާރުގެ ރަސްމިއްޔާތެއްގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ | ރައީސް އޮފީސް

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ފައިސާ އިސްރާފު ކުރުން ހުއްޓާލައި، މާލީ ދާއިރާގެ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދުތަކަށް ތަބާވުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފި އެވެ. 

ރާއްޖޭގެ އިގްތިސާދާ މެދު ކަންބޮޑުވުންފާޅު ކުރައްވައި ހޯމަ ދުވަހު އެކްސްގައި ފައިސަލް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށާއި ދަރަނި މެނޭޖު ކުރުމަށް މާލީ އިދާރާތަކުންނާއި މާލީ ދާއިރާގެ ތަޖުރިބާކާރުން ދޭ ލަފަޔާ މަޝްވަރާއަށް ސަރުކާރުން އަމަލު ނުކުރާ ކަމަށެވެ. ނަތީޖާއެއް ގޮތުން ރާއްޖޭގެ މާލީ ހާލަތު ގޯސްވެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވައި ގެއަށް ވަޑައިގެންނެވުން ނޫންގޮތެއް ނެތި އެގޮތަށް އަމަލު ކުރެއްވުމަށް މަޖުބޫރުވުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ފައިސަލް މިހެން ވިދާޅުވިއިރު، 1 ފެބްރުއަރީ 2026 ގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުން، ކުރިން ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. އަހުމަދު އިނާޒް ވަނީ  2.4 ބިލިއަން ރުފިޔާގެ ބޮންޑެއް މެދުވެރިކޮށް ސަރުކާރުން ފައިސާ ޗާޕު ކުރާ މައްސަލައިގައި އިސްތިއުފާ ދެއްވާފަ އެވެ. 

މީގެ އިތުރުން ފައިސަލް ވަނީ އިގްތިސާދީ ގޮތުން ރައްޔިތުންނަށް ދަތިވަމުންދާތީ އެކަން ވެސް ފާހަގަ ކުރައްވާފަ އެވެ. 

ފައިސަލް ވިދާޅުވީ ޑޮލަރުގެ އަގު މައްޗަށް ދިޔުމާއި، އިންފްލޭޝަން މަތިވުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވެ، ބޮޑެތި ވިޔަފާރި ތަކަށްވެސް ގޮތްހުސްވާ ހިސާބަށް ދިޔުމަކީ އާއްމު ރައްޔިތުންގެ ދިރިއުޅުން ބިކަވެ ނިކަމެތިވަމުންދާ ސަބަބު ކަމަށެވެ. 

ބަނަ ބޯވިލާގަނޑެއް ބޯމަތިވަމުން އަންނަ މަންޒަރު ފެންނަމުންދާކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ، ސަރުކާރުން ރައްޔިތުންގެ ފައިސާ އިސްރާފު ކުރުން ހުއްޓާލައި، އުފެއްދުންތެރިކަން އިތުރު ކުރުމަށް އާއްމު ރައްޔިތުންނާއި ވިޔަފާރިތަކަށް އެހީތެރިކަންދީ، މާލީ ދާއިރާގެ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދުތަކަށް ތަބާވާންޖެހޭ ކަމަށެވެ. 

މާލީ ދާއިރާއަށް ދިމާވަމުންދާ ގޮންޖެހުންތަކުން އަރައި ގަތުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކަށް ނާޅައިފިނަމަ، މިއަދު ދުނިޔެއަށް ކުރިމަރިމަތިވަމުންދާ ހަލަބޮލި ކަމުގެ ތެރެެއިން، ރާއްޖޭގެ އިގްތިސާދު ނުރައްކާތެތި ހިސާބަށް ދިއުމަކީ ވަރަށް ގާތްކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިކަމުން އަރައިގަތުމަށް ސަރުކާރުން ވީހާވެސް އަވަހަށް މަސައްކަތް ކުރުމަށް ފައިސަލް ވަނީ ގޮވާލައްވާފަ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުފައިސަލް ނަސީމްރާއްޖޭގެ އިގުތިސާދު

ކޮމެންޓް

އިތުރަށް ކިޔާލަން

ކަރެކްޝަން ގެ މުސާރަ ވަޒީރު އިހުސާން ވިދާޅުވި ގޮތަށް ޖެނުއަރީ މަހު ބޮޑެއް ނުކުރެވުނު! ކުރިން ވަޒީރު ވިދާޅުވީ ޖެނުއަރީގައި މުސާރަ ބޮޑު ނުވާ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް

ކަރެކްޝަން ގެ މުސާރަ ވަޒީރު އިހުސާން ވިދާޅުވި ގޮތަށް ޖެނުއަރީ މަހު ބޮޑެއް ނުކުރެވުނު! ކުރިން ވަޒީރު ވިދާޅުވީ ޖެނުއަރީގައި މުސާރަ ބޮޑު ނުވާ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް

01 ފެބުރުއަރީ 2026
ހުވާ ކުރުމުގެ ކުރިން ލިބުނު ފެހި ސިގްނަލްތައް ރަތްވެއްޖެ!

ހުވާ ކުރުމުގެ ކުރިން ލިބުނު ފެހި ސިގްނަލްތައް ރަތްވެއްޖެ!

01 ފެބުރުއަރީ 2026
ގައުމު އޮތީ ދަރަނީގެ ކާރިސާ އެއްގައި، މުއިއްޒު ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު ގައުމީ އެއްބަސްވުމަކަށް އަންނަން ޖެހޭ: މާރިޔާ

ގައުމު އޮތީ ދަރަނީގެ ކާރިސާ އެއްގައި، މުއިއްޒު ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު ގައުމީ އެއްބަސްވުމަކަށް އަންނަން ޖެހޭ: މާރިޔާ

01 ފެބުރުއަރީ 2026
ރައީސް މުއިއްޒު މިސްރާބު ޖައްސަވާފައިވަނީ އިގްތިސާދީ ބޮޑު ހަލާކަކާ ދިމާލަށް: ފައްޔާޒު

ރައީސް މުއިއްޒު މިސްރާބު ޖައްސަވާފައިވަނީ އިގްތިސާދީ ބޮޑު ހަލާކަކާ ދިމާލަށް: ފައްޔާޒު

01 ފެބުރުއަރީ 2026
ރައީސް މުއިއްޒު އިންޒާރު ދެއްވާފައިވަނިކޮށް "ޕީއެންސީ އަށް ޖޯކު ޖަހާނަމަ ކަލޭ މަރާލާނަން" ކަމަށް ބުނެ ފިޔާޒުއަށް އެހެން ފަރާތަކުން ވެސް އިންޒާރު ދީފި

ރައީސް މުއިއްޒު އިންޒާރު ދެއްވާފައިވަނިކޮށް "ޕީއެންސީ އަށް ޖޯކު ޖަހާނަމަ ކަލޭ މަރާލާނަން" ކަމަށް ބުނެ ފިޔާޒުއަށް އެހެން ފަރާތަކުން ވެސް އިންޒާރު ދީފި

01 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު