Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އއ.ރަސްދޫ

ކުރީ ސަރުކާރުގައި ރަސްދޫގައި އައިސްޕްލާންޓް މަޝްރޫއު ކުރިއަށް ގެންދިއުމަށް ސާމާނު ގެންދިޔަ، މިވެރިކަމުގައި މަޝްރޫއު ހުއްޓި ބައެއް ސާމާނު މިހާރު ވަނީ ވަގަށް ނަގާފައި: މެންބަރު ސަމީރު

މެންބަރު ސަމީރު ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުގައި އއ.އަތޮޅުގެ ތަރައްގީ އެއްކޮށް ހުއްޓިފައިވާ ކަމަށް. އއ.ރަސްދޫއަށް އިޝާރާތް ކުރައްވައި މެންބަރު ސަމީރު ވިދާޅުވީ އެއީ އަތޮޅުގައި ވެރިކަން ކުރާ ރަށް ކަމަށާއި، ނަމަވެސް މިހާރު އެންމެ ނިކަމެތި ހާލަތުގައި އޮތް ރަށް ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2026 | އާދީއްތަ 12:17
އއ.ރަސްދޫ - ރަސްދޫއަކީ މެދުރާއްޖެތެރޭގެ ރަށަކަށް ބަލާއިރު، ގިނަ އަދަދެއްގެ ލޯންޗާއި، ދޯނި ފަހަރު އޮތް ރަށެއް

އއ.ރަސްދޫ - ރަސްދޫއަކީ މެދުރާއްޖެތެރޭގެ ރަށަކަށް ބަލާއިރު، ގިނަ އަދަދެއްގެ ލޯންޗާއި، ދޯނި ފަހަރު އޮތް ރަށެއް | ސޯޝަލް މީޑިއާ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އއ.ރަސްދޫގައި އައިސްޕްލާންޓް މަޝްރޫއު ކުރިއަށް ގެންދިއުމަށް ސާމާނު ގެންދިޔަ ކަމަށާއި، ވެރިކަން ބަދަލުވުމާއެކު، މަޝްރޫއު ހުއްޓި، މިހާރު ބައެއް ސާމާނު ވަގަށް ނަގާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ވައުދުނަމާ ޕްރޮގްރާމްގައި މެންބަރު ސަމީރު ވިދާޅުވީ، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އއ.އަތޮޅުގެ ތަރައްގީ އެއްކޮށް ހުއްޓިފައިވާ ކަމަށާއި، އެއްވެސް މަޝްރޫއެއް ކުރިއަށް ނުދާ ކަމަށެވެ.

Advertisement - newsAdvertisement

އއ.ރަސްދޫއަށް އިޝާރާތް ކުރައްވައި މެންބަރު ސަމީރު ވިދާޅުވީ އެއީ އަތޮޅުގައި ވެރިކަން ކުރާ ރަށް ކަމަށާއި، ނަމަވެސް މިހާރު އެންމެ ނިކަމެތި ހާލަތުގައި އޮތް ރަށް ކަމަށެވެ. ކުރީ ސަރުކާރުގައި ރަސްދޫގެ މަސްވެރިންނަށް ބޭނުންވާ އައިސްޕްލާންޓް ގާއިމް ކުރުމަށް ސާމާނު ގެންދިޔަ ކަމަށާއި، ބަނދަރުގައި ގިނަ އެއްޗެހި ބަހައްޓާފައިހުރި ކަމަށެވެ. 

ނަމަވެސް ވެރިކަން ބަދަލުވެގެން ދިއުމާއެކު، މަސައްކަތް ކުރިއަށް ނުދާ ކަމަށާއި، މިހާރު ބައެއް ސާމާނު ވަގަށް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ހަމައެގޮތަށް އަޅުގަނޑުމެން ވެރިކަން ނިމުނުއިރުގައި އަޅުގަނޑުމެން ވާނެ އައިސްޕްލާންޓެއް ހެދުމަށްޓަކައި ރަސްދޫގެ ބަނދަރަށް ވާނެ ސާމާނު ގެންގޮސް ބަހައްޓާފައި. ގާތްގަނޑަކަށް ދޮޅު އަހަރު ވަންދެން ހިލައާއި ސިމެންތި އެތާގައި ހުރެހުރެ ހަލާކުވެ ބައެއް އެއްޗެހި ވަގަށް ނަގައި އަނެއް ކަމެއްވެ އަޅުގަނޑުމެންނަށް މިހާރު އޭގެ ޒައްރެއްގެ މިންވަރު ވެސް ފެންނަން ނެތް. އަޅުގަނޑު ހިތާމަ ކުރަން.
ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު 

މެންބަރު ސަމީރު ވިދާޅުވީ ރަސްދޫއަކީ މެދުރާއްޖެތެރޭގެ ރަށަކަށް ބަލާއިރު، ގިނަ އަދަދެއްގެ ލޯންޗާއި، ދޯނި ފަހަރު އޮތް ރަށެއް ކަަމަށެވެ. ނަމަވެސް ބަނދަރު ތަރައްގީ ނުކުރެވި، ދަތުރުފަތުރަށް ވެސް ވަރަށް ބޮޑަށް ބުރޫއަރާ ކަމަށް އޭނާ ވިދާޅުވި އެވެ. 

21 އޯގަސްޓް 2025 ގައި ރައީސް މުއިއްޒު އއ. ރަސްދޫ އަށް ވަޑައިގަތުމުގެ 2 ގަޑި އިރެއްހާއިރު ކުރިން، ރަސްދޫ އަށް ހިލަ ބާޖަކާއި ހައިމާކެއް ގެންގޮސް ބަނދަރުގެ އަމަލީ މަސައްކަތް ފަށާފައިވެ އެވެ. 

ދައުލަތުގެ ބަޖެޓުން 86.8 މިލިޔަން ރުފިޔާ ހަރަދުކުރާ ގޮތަށް، ރަސްދޫގެ ބަނދަރު ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، 106,552 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބިން ހިއްކުމާއި، 106 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 1,656 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 177 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 244 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 43 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމަށް، ރައީސް ސޯލިހުގެ ސަރުކާރުން ވަނީ އެމްޓީސީސީ އާ ހަވާލު ކޮށްފަ އެވެ.

މީގެ އިތުރުން މެންބަރު ސަމީރު ވަނީ އއ.އަތޮޅުގެ ފަތުރުވެރިކަމަށް އިޝާރާތް ކުރްވައި ވާހަކަ ދައްކަވާފަ އެވެ.

މެންބަރު ސަމީރު ވިދާޅުވީ ގެސްޓްހައުސް ވިޔަފާރި ވަރަށް ބޮޑަށް ފުޅާ ވަމުންދާ ކަމަށާއި، މިވިޔަފާރި އިތުރަށް ކުރިއެރުވުމަށް ސަރުކާރުގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ހުއްޓުވާފައިވާއިރު، އއ.އަތޮޅުގެ ކޮންމެ ރަށަކުން ދައުލަތަށް ބޮޑު އާމްދަނީއެއް ލިބޭ ކަމަށް މެންބަރު ސަމީރު ވިދާޅުވި އެވެ. 

އިބްރާހިމް މުހައްމަދު ސާލިހުއއ. ރަސްދޫހުސެއިން ސަމީރުއއ. އަތޮޅު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސަރުކާރަށް އެޅުނު ގާބިހުގެ ކްރެޑިޓާއެކު ގޮވީއަތަށް

ސަރުކާރަށް އެޅުނު ގާބިހުގެ ކްރެޑިޓާއެކު ގޮވީއަތަށް

29 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބުގައި މާލެސިޓީ ކައުންސިލަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ކުރީގެ ރައީސް ސޯލިހު ބައްދަލު ކުރައްވައިފި

ކައުންސިލް އިންތިޚާބުގައި މާލެސިޓީ ކައުންސިލަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ކުރީގެ ރައީސް ސޯލިހު ބައްދަލު ކުރައްވައިފި

28 ޖެނުއަރީ 2026
"ޝަހީދު ޢަލީ" ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ދަރިވަރުންނަށް ދިން މުއިއްޒު ގެ ފޮޓޯ ޖެހި ލިޔުމަށް އެތައް ބައެއް ގެ ފާޑުކިޔުން!

"ޝަހީދު ޢަލީ" ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ދަރިވަރުންނަށް ދިން މުއިއްޒު ގެ ފޮޓޯ ޖެހި ލިޔުމަށް އެތައް ބައެއް ގެ ފާޑުކިޔުން!

27 ޖެނުއަރީ 2026
ރައީސް ސޯލިހު އާއި ރައީސް ނަޝީދުގެ މަރުހަބާ އާޒިމް އަށް

ރައީސް ސޯލިހު އާއި ރައީސް ނަޝީދުގެ މަރުހަބާ އާޒިމް އަށް

17 ޖެނުއަރީ 2026
ދުވާފަރަށް ތަރައްގީގެ ބޮޑު ބަދަލެއް ގެނެސްދެއްވީ ކުރީގެ ރައީސް ސޯލިހު، މިސަރުކާރުން ދަނާލުގެ ބިންގާ ވެސް ދެ ފަހަރަށް މިހާރު ވަނީ އަޅާފައި!

ދުވާފަރަށް ތަރައްގީގެ ބޮޑު ބަދަލެއް ގެނެސްދެއްވީ ކުރީގެ ރައީސް ސޯލިހު، މިސަރުކާރުން ދަނާލުގެ ބިންގާ ވެސް ދެ ފަހަރަށް މިހާރު ވަނީ އަޅާފައި!

09 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

23 ފެބުރުއަރީ
ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން
20233 އަހަރު ކުރިން
ރިޕޯޓު

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
20224 އަހަރު ކުރިން
ރިޕޯޓު

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން
20197 އަހަރު ކުރިން
ރިޕޯޓު

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު