Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރަން އިން އައްޑޫ

ރަން އިން އައްޑޫ ހުކުރު ދުވަހު ފަށަނީ!

ރަން އިން އައްޑޫ ފަށާނީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު

ލީވާން އަލީ
ލީވާން އަލީ | 13 ސެޕްޓެމްބަރު 2017 | ބުދަ 16:35
ރަން އިން އައްޑޫގެ ޕްރޮމޯޝަނަލް އިވެންޓެއްގެ ތެރެއިން

ރަން އިން އައްޑޫގެ ޕްރޮމޯޝަނަލް އިވެންޓެއްގެ ތެރެއިން

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން އިންތިޒާމު ކޮށްގެން އައްޑޫ ސިޓީގައި ބާއްވާ ރަން އިން އައްޑޫ ހުކުރު ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރަން އިން އައްޑޫ ހުކުރު ދުވަހު ފަށާއިރު، މި ރޭހުގައި ހިމެނޭ ހުރިހާ ކެޓަގަރީއެއްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ބަންދު ކޮށްފައެވެ. އެގޮތުން ކެޓަގަރީތަކުން ހުޅުވާލި ފުރުސަތު ތެރޭގައި ހުރިހާ ސްލޮޓެއް ވަނީ ފުރިފައެވެ.

ޖުމްލަ ހަތަރު ކެޓަގަރީއެއް ހިމެނޭ މި ދުވުމުގައި ފުރަތަމަ ކުރިޔަށްދާނީ މެރަތަން އެވެ. މެރަތަން ރޭސް ފެށުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ރޭ ފަތިހު 4:45 ގައެވެ. މި ރޭސް ފެށުމަށް ހަމަޖެހިފައި ވަނީ ކަނބިހާ މަގުންނެވެ. މެރަތަން ރޭސް ނިމޭނެކަމަށް ލަފާކުރެވެނީ ފަސް ގަޑިއިރާ 20 މިނެޓުންނެވެ. އެގޮތުން ދުވުންތެރިންނަށް ރޭސް ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ 10:10 ގައެވެ. މި ރޭހުގައި 42.2 ކިލޯ މީޓަރުގެ ރާސްތާއެއް ކަޑައްތުކުރަން ޖެހޭނެއެވެ.

ދެވަނަ ރޭހަކަށް ފަށާނީ ހާފް މެރަތަން އެވެ. މި ރޭސް ފަށާނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން 06:45 ގައެވެ. މި ރޭހުގައި 21.1 ކިލޯ މީޓަރުގެ ރާސްތާއެއް ކަޑައްތު ކުރަންޖެހޭނެ އެވެ.

ތިންވަނަ ރޭހަކަށް ފަށާނީ 10 ކިލޯމީޓަރު ރޭހެވެ. މި ރޭސް ފަށާނީ ހިތަދޫ ލިންކްރޯޑުން 07:45 ގައެވެ. މި ދުވުމުގެ ފަހު ރޭހަކީ ފަސް ކިލޯ މީޓަރު ރޭހެވެ. މި ރޭސް ހިތަދޫ އެޅެދީދީ މަގުން 08:45 ގައި ފަށާނެއެވެ. މި ހުރިހާ ރޭހެއް ވެސް ނިންމާނީ ހިތަދޫގައި ހުންނަ ކޮންވެންޝަން ސެންޓަރަށެވެ.

މި ރޭސްތައް ކުރިޔަށްދާ ރޫޓުތަކުގެ ކޮންމެ ދެ ކިލޯ މީޓަރަކުން ފަސްޓްއެއިޑް ސްޓޭޝަން ވަނީ ގާއިމުކޮށްފައެވެ. ފަސްޓްއެއިޑްގެ ގޮތުން އެހީތެރިވާނީ މޯލްޑިވްސް ރެޑްކްރޮސެންޓުން ކަމަށާއި، ރޭސްތައް ކުރިޔަށްދާއިރު، އައްޑޫގެ ފުލުހުން ސަލާމަތީ ގޮތުން ހަރަކާތްތެރިވާނެ ކަމަށް މިކަންތައް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މަޤާމު ދިފާއުކުރުމުގެ އުއްމީދުގައި ޔުނިޓެޑް ވިކްޓަރީން މިއަދު ޕްރެކްޓިސް ފަށަނީ

30 ޖެނުއަރީ 2017
މަޤާމު ދިފާއުކުރުމުގެ އުއްމީދުގައި ޔުނިޓެޑް ވިކްޓަރީން މިއަދު ޕްރެކްޓިސް ފަށަނީ
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް

15 ޖެނުއަރީ 2017
އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު