Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފަހިޕޭ

ފަހިޕޭ- ރިލޯޑް އަދި ރާސްޓަސް ކޮށްލަން މިވަރެއްނެތް!

އަމިއްލަ ފޯނު ރިޗާޖް ކުރުމުގެ އިތުރުން ޢާއިލާ އަދި ގާތް ރައްޓެހިންގެ ފޯނަށްވެސް ވަގުތުން ލާރި ފޮނުވާލެވޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 13 ސެޕްޓެމްބަރު 2017 | ބުދަ 11:11
ފަހިޕޭ މެދުވެރިކޮށް ކޮންމެ ތާކު ހުރެގެންވެސް ކޮންމެ ގަޑިއަކުވެސް ރީލޯޑް އަދި ރާސްޓަސް ކުރެވޭ

ފަހިޕޭ މެދުވެރިކޮށް ކޮންމެ ތާކު ހުރެގެންވެސް ކޮންމެ ގަޑިއަކުވެސް ރީލޯޑް އަދި ރާސްޓަސް ކުރެވޭ

ތިއީ ވަރަށް ބިޒީ މީހެއް ހެއްޔެވެ؟ ނުވަތަ ވަރަށް ކަންނެތް މީހެއް ހެއްޔެވެ؟ ނޫނީ ރައްޓެހިންނަށް އަބަދު ރީލޯޑް ނުވަތަ ރާސްޓަސް ކުރަން ފިހާރައަށް ދުވަން ޖެހޭ ހެއްޔެވެ؟ ފިހާރަ ބަންދުކުރަން 5 މިނެޓަށް ވީމަ ދުންޖަހާފަ ރީލޯޑް ނުވަތަ ރާސްޓަސް ކުރަން ފިހާރައަށް ދިޔަ ދުވަސް ހަނދާން އެބަހުރި ހެއްޔެވެ؟ ބަންދު ކޮށްކޮށް ހުއްޓާ ވަދެވުނު ފިހާރައިގައި ރީލޯޑް ނުވަތަ ރާސްޓަސް ހުސްވެފައި ހުރެގެން އަލުން ފިހާރަ ހުޅުވާނެ އިރަކަށް ފާރައަށް ހުރި ދުވަސް ހަނދާން އެބަހުރި ހެއްޔެވެ؟

ހާސް ނުވާށެވެ! ފޯނަށް ލާރި އަޅަން ފިހާރައަށް ދުވަން ޖެހުނު ދުވަސް ފާއިތުވެ ހިނގައްޖެއެވެ. މިހާރު ކޮންމެ ތާކު ހުރެގެންވެސް ކޮންމެ ގަޑިއަކު ވެސް ރީލޯޑް އަދި ރާސްޓަސް ކުރެވޭނެއެވެ. ހާސްވަނީ ކޮންކަމަކާ ހެއްޔެވެ؟ ފަތިހެއް، ދަންވަރެއް ނުވަތަ މެންދުރަކަސް މައްސަލައެއް ނެތެވެ.

އެންމެ ސަޅި ތަންކޮޅަކީ ތިބާގެ ފޯނު ރިޗާޖް ކުރުމުގެ އިތުރުން ޢާއިލާ އަދި ގާތް ރައްޓެހިންގެ ފޯނަށްވެސް ވަގުތުން ލާރި ފޮނުވާލެވޭނެ ކަމެވެ. ހަބޭހެއް ނޫން ހެއްޔެވެ؟

މި ދައްކަނީ މަޝްހޫރު ވާހަކަ ވެބްސައިޓް "އެސްފިޔަ.ކޮމް" ގެ މޭސްތިރިޔާ ޢަލީ ޢާރިފް އާއި ދިވެހި.އެމްވީ އަދި ދިވެހި މެޕްސްގެ ޑިވެލޮޕަރ ގުޅިގެން އުފައްދާފައިވާ ކުންފުނި "ފަހިޕޭ ޕވޓ ލޓޑ"ގެ ވާހަކަ އެވެ. "ފަހިޕޭ" ގެ ނަމުގައި އޮންލައިންކޮށް ރާސްޓަސް އަދި ރިލޯޑް ކުރެވޭ ވެބްސައިޓަކާއި އެޕްލިކޭޝަންއެއް ލޯންޗްކޮށް، ގިނަ ބައެއްގެ އަގު ހުރި ވަގުތުތައް ސަލާމަތް ކޮށްދިން ވާހަކައެވެ. "އެންޑްރޮއިޑް އެޕްލިކޭޝްން" ކާމިޔާބު ކަމާއެކު އާންމުނަށް ގެނެސްދިފައިވާއިރު "އައިފޯން އެޕްލިކޭޝަން"ވެސް މިހާރުވަނީ ރިލީޒް ކޮށްފައެވެ.

މި ދެ ޒުވާނުންގެ ވިސްނުން ހުރީ މިހިސާބުން ނިންމާލާ ގޮތަކަށް ނޫނެވެ. " މިއީ ބޮޑު ޕްރޮޖެކްޓެއްގެ ކުޑަކުޑަ ތަންކޮޅެއް" "މިއީ ބޮޑު ޕްރޮޖެކްޓެއްގެ ފެށުމެއް."

މިޚިދުމަތް ދޭ އެހެން ފަރާތްތަކާއި ޚިލާފަށް، ފަހިޕޭ މެދުވެރިކޮށް ކުރާ 50ރ އިން ފެށިގެން މަތީގެ ރީލޯޑް/ރާސްޓަސްތަކަށް ބޯނަސް ޕޮއިންޓް ލިބޭ ސްކީމެއް ވެސް ފަހިޕޭއިން ވަނީ ތައާރަފް ކޮށްފައެވެ. މި ސްކީމުގައި ބައިވެރިވެގެން ލިބޭ ޕޮއިންޓްތައް ރެޑީމްކޮށްގެން ފައިސާ ހޯދުމުގެ ފުރުސަތުވެސް ފަހިޕޭއިން ވަނީ ފަހިކޮށްދީފައެވެ. ފަހިޕޭއިން ފޯރުކޮށްދޭ އެހެން ޚިދުމަތްތަކުގެ ތެރޭގައި، ޕެކޭޖް ރީޗާޖް، ބިލްޕޭ އަދި އެމްފައިސާ ކޭޝްއިންގެ ޚިދުމަތް ހިމެނެއެވެ. އަވަހަށް ރެޖިސްޓަރ ކޮށްލައްވާށެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2021

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

18 ފެބުރުއަރީ 2021
އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
13 ފެބުރުއަރީ 2020

އަދުރޭ އެވެ. މާލެ ސިޓީ "މުއިއްޒުވާން" ދޫކޮށްލަން ހެޔޮވާނެތޯ!

13 ފެބުރުއަރީ 2020
އަދުރޭ އެވެ. މާލެ ސިޓީ "މުއިއްޒުވާން" ދޫކޮށްލަން ހެޔޮވާނެތޯ!
06 އޮކްޓޯބަރު 2019

ޕިކަލްސް : ޒަމާނީ ރަހަތަކާއެކު ކެއުމަކަށް އިންސާފުކޮށްލަން ދާން އެއްވަނަ!

06 އޮކްޓޯބަރު 2019
ޕިކަލްސް : ޒަމާނީ ރަހަތަކާއެކު ކެއުމަކަށް އިންސާފުކޮށްލަން ދާން އެއްވަނަ!
12 ޖޫން 2019

މަޑު ދުވެލި ދޫކޮށް، ސަރުކާރުގެ ގިޔަރު މަތިކޮށްލަންޖެހޭ!

12 ޖޫން 2019
މަޑު ދުވެލި ދޫކޮށް، ސަރުކާރުގެ ގިޔަރު މަތިކޮށްލަންޖެހޭ!
16 ޑިސެމްބަރު 2018

މާލެ އައީ ޗުއްޓީ ހޭދަކޮށްލަން، ލިބުނީ ފުން ހިތާމައެއް!

16 ޑިސެމްބަރު 2018
މާލެ އައީ ޗުއްޓީ ހޭދަކޮށްލަން، ލިބުނީ ފުން ހިތާމައެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު