Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރަނުގެ އަގު

ފުރަތަމަ ފަހަރަށް ރަނުގެ އަގު އައުންސަކަށް 5,000 ޑޮލަރަށް ވުރެ މައްޗަށް އުފުލިއްޖެ

26 ޖެނުއަރީ 2026 | ހޯމަ 17:44

ރަނުގެ އިތުރުން ރައްކާތެރި މުދަލެއްގެ ގޮތުގައި ބެލެވޭ ރިހީގެ އަގުވެސް ވަނީ 4.5 އިންސައްތަ އުފުލި، އައުންސަކަށް 107.8 ޑޮލަރަށް އަރާފަ.

ރާއްޖެ އެމްވީ | 26 ޖެނުއަރީ 2026 | ހޯމަ 17:44
ސަތޭކަ ގްރާމްގެ ގޯލްޑް ބާރ ތަކެއް

ސަތޭކަ ގްރާމްގެ ގޯލްޑް ބާރ ތަކެއް | ގެޓީ އިމޭޖަސް

އާދީއްތަ ދުވަހުގެ ރޭ ފުރަތަމަ ފަހަރަށް ރަނުގެ އަގު އައުންސަކަށް 5,000 ޑޮލަރަށް ވުރެ މައްޗަށް އުފުލިއްޖެ އެވެ.

މި އަހަރުގެ ފުރަތަމަ 26 ދުވަހުގެ ތެރޭގައި ރަނުގެ އަގު ވަނީ 15 އިންސައްތަ އުފުލިފަ އެވެ. މިއީ 2025 ވަނަ އަހަރު ރަނުގެ އަގު 65 އިންސައްތަ އުފުލިގެން ދިޔަ ރެކޯޑް މިންވަރަށް ފަހު، ރަނުގެ ބާޒާރު ގައި ފެނިގެންދާ ތާރީޚީ އަގު އުފުލުމެކެވެ. 2025 ވަނަ އަހަރަކީ 1979 ވަނަ އަހަރުގެ ފަހުން ރަނުގެ އަގަށް އެންމެ ބޮޑު ވެގެން ދިޔަ އަހަރެވެ.

އާންމުގޮތެއްގައި ރަނަކީ ދުނިޔޭގެ އިޤްތިޞާދީ ނުތަނަވަސްކަމުގެ ވަގުތުތަކުގައި އިންވެސްޓަރުންގެ އިތުބާރު އޮންނަ އަދި ބާޒާރުގެ ހާސްކަން މިނެދޭ މިންގަނޑެއް ކަމަށް މާލީ ތަޖުރިބާކާރުން ބުނެ އެވެ. މި ފަހަރުގެ އަގު އުފުލުމުގެ ފަހަތުގައި ވަނީ ރައީސް ޓްރަމްޕްގެ ސިޔާސަތުތަކުގެ ސަބަބުން ދުނިޔޭގެ މަސްރަހަށާއި އެމެރިކާގެ ދާޚިލީ ކަންކަމަށް އައި ލޮޅުންތަކެވެ. އޭގެ ތެރޭގައި، ނޭޓޯގެ ބައިވެރިންނަށް ގްރީންލޭންޑްގެ މައްސަލައިގައި އެމެރިކާ އިން ދިން ޓެރިފްގެ އިންޒާރުތަކާއި، ވެނެޒުއޭލާ އާ ދެކޮޅަށް ހިންގި އަސްކަރީ ހަރަކާތްތަކުގެ އިތުރުން ފެޑެރަލް ރިޒާވްގެ ޗެއަރމަން ޖެރޯމް ޕަވަލް އާ ދެކޮޅަށް ހިންގާ ޖިނާއީ ތަހުގީގު ހިމެނެ އެވެ.

ރަނުގެ އަގު އުފުލުމަށް މެދުވެރިވި އެހެން ސަބަބުތަކުގެ ތެރޭގައި، އެމެރިކާ ޑޮލަރުގެ އަގު ދަށްވުމާއި، އިންފްލޭޝަން އުންމީދުކުރި ވަރަށްވުރެ މަތިވުމާއި، މި އަހަރު ފެޑެރަލް ރިޒާވުން އިންޓްރެސްޓް ރޭޓް އިތުރަށް ދަށްކުރާނެ ކަމަށް ބެލެވުމާއި، ދުނިޔޭގެ އެކި ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުން ގިނަ އަދަދަކަށް ރަން ގަންނަމުންދިއުން ހިމެނެ އެވެ. އާދީއްތަ ދުވަހުގެ ރޭ 8:14 ހާއިރު ރަނުގެ އަގު ވަނީ 1.4 އިންސައްތަ އިތުރުވެ، އައުންސަކަށް 5,058 ޑޮލަރަށް އަރާފަ އެވެ.

ރަނުގެ އިތުރުން ރައްކާތެރި މުދަލެއްގެ ގޮތުގައި ބެލެވޭ ރިހީގެ އަގުވެސް ވަނީ 4.5 އިންސައްތަ އުފުލި، އައުންސަކަށް 107.8 ޑޮލަރަށް އަރާފަ އެވެ. ރަނެކޭ އެއްފަދައިން ރިހީގެ އަގަށް ވެސް މިދިޔަ އަހަރު ވަނީ 1979 ވަނަ އަހަރުގެ ފަހުން އެންމެ ބޮޑު ކުރިއެރުމެއް އައިސްފަ އެވެ. އެއީ 141 އިންސައްތައިގެ އިތުރުވުމެކެވެ.

ރަނުގެ އަގު 5,000 ޑޮލަރުގެ މިންގަނޑަށް އެރި ކަމުގައި ވިޔަސް، ދުނިޔޭގެ މަސްރަހުގައި ނުތަނަވަސްކަން ދެމިއޮތުމުގެ ސަބަބުން އަގުތައް އަދިވެސް މަތިވާނެ ކަމަށް މާހިރުން ލަފާކުރެ އެވެ.

ބޭންކް އޮފް އެމެރިކާގެ ޗީފް އިންވެސްޓްމަންޓް އޮފިސަރ މައިކަލް ހާޓްނެޓް މިދިޔަ ހަފުތާގައި ވިދާޅުވި ގޮތުގައި، ރަނުގެ އަގު 6,000 ޑޮލަރަށްވުރެ މައްޗަށް އުފުލުމުގެ ފުރުޞަތު އެބައޮތެވެ.

މަސްދަރު: ސީއެންއެން

ފެޑެރަލް ރިޒާވްޖެރޯމް ޕަވަލްބޭންކް އޮފް އެމެރިކާރަނުގެ ބާޒާރު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2025

އެމެރިކާ ކުންފުނިތަކުން އިނގިރޭސިވިލާތަށް 1.7 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

15 ސެޕްޓެމްބަރު 2025
އެމެރިކާ ކުންފުނިތަކުން އިނގިރޭސިވިލާތަށް 1.7 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް
15 މެއި 2025

އެމްއެމްއޭއަކީ ކިއްލި ހަދާ މުއައްސަސާއަކަށް ހެދުމުގެ ފުރުސަތު މެންބަރުން ދެއްވައިގެން ނުވާނެ: މެންބަރު އަބްދުއްރަހްމާން

15 މެއި 2025
އެމްއެމްއޭއަކީ ކިއްލި ހަދާ މުއައްސަސާއަކަށް ހެދުމުގެ ފުރުސަތު މެންބަރުން ދެއްވައިގެން ނުވާނެ: މެންބަރު އަބްދުއްރަހްމާން
28 މެއި 2017

އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

28 މެއި 2017
އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި
27 މެއި 2017

ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި

27 މެއި 2017
ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި
17 މެއި 2017

ވިލާ ގޭހުގެ އަގުހެޔޮކޮށްފި

17 މެއި 2017
ވިލާ ގޭހުގެ އަގުހެޔޮކޮށްފި
17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
15 މެއި 2017

ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

15 މެއި 2017
ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް
22 އެޕްރީލު 2017

ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟

22 އެޕްރީލު 2017
ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟
19 އެޕްރީލު 2017

އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި

19 އެޕްރީލު 2017
އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި
30 މާރިޗު 2017

ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

30 މާރިޗު 2017
ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް