Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ފުޓްސަލް ޗެމްޕިއަންޝިޕް

ހަތަރު ވަނަ މެޗުގައި ނޭޕާލް ބަލިކޮށް، ރާއްޖެ އިން ތައްޓާ ގާތަށް

މުބާރާތުގައި ރާއްޖެ އިން ވަނީ މީގެ ކުރިން ޕާކިސްތާން، ބަންގްލަދޭޝް އަދި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވެފައި. ހަތަރު ވަނަ މެޗުގައި ނޭޕާލް ވެސް ބަލިކޮށް، ރާއްޖެ އިން އެއް ވަަނައިގައި އޮތީ ސައްތަ އިން ސައްތަ ރެކޯޑާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖެނުއަރީ 2026 | ބުރާސްފަތި 18:51
މުބާރާތުގައި ރާއްޖެ އިން ވަނީ މީގެ ކުރިން ޕާކިސްތާން، ބަންގްލަދޭޝް އަދި އިންޑިއާ އާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވެފަ.

މުބާރާތުގައި ރާއްޖެ އިން ވަނީ މީގެ ކުރިން ޕާކިސްތާން، ބަންގްލަދޭޝް އަދި އިންޑިއާ އާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވެފަ. | ސާފް

މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެ އިން ކުޅުނު ހަތަރު ވަނަ މެޗުގައި ނޭޕާލްގެ މައްޗަށް ވެސް ކުރި ހޯދައި، މުބާރާތުގެ ތައްޓާ ގާތަށް ޖެހިލައިފި އެވެ.

ބުރާސްފަތި ދުވަހު ނޭޕާލް އާ ދެކޮޅަށް ކުޅުނު މެޗު ރާއްޖެ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނުއިރު، ފުރަތަމަ ހާފު ނިމުނީ އެެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. ދެ ޓީމުގެ ލަނޑުތައް ވެސް ފެނުނީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. 

ދެ ވަނަ ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ރާއްޖެ އިންނެވެ. ޢަބްދުﷲ ޝާފިއު ޖެހި ލަނޑާ އެކު ރާއްޖެ އިން ލީޑު ނެގިއިރު، ނޭޕާލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ  ބިކްރާންތު ނާސިން އެވެ. މެޗުން ރާއްޖެ މޮޅުވީ، ރާއްޖެ އަށް ލިބުނު ހިލޭ ޖެހުމެއްގައި މުޙައްމަދު އިމްރާން ޖެހި ލަނޑުންނެވެ.

މުބާރާތުގައި ރާއްޖެ އިން ވަނީ މީގެ ކުރިން ޕާކިސްތާން، ބަންގްލަދޭޝް އަދި އިންޑިއާ އާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވެފަ އެވެ. ހަތަރު ވަނަ މެޗުގައި ނޭޕާލް ވެސް ބަލިކޮށް، ރާއްޖެ އިން އެއް ވަަނައިގައި އޮތީ ސައްތަ އިން ސައްތަ ރެކޯޑާ އެކު އެވެ. މުބާރާތުގައި ރާއްޖެ އަށް ބާކީ ދެން އޮތީ ހޮނިހިރު ދުވަހު ބޫޓާންއާ ދެކޮޅަށް ކުޅޭ މެޗާއި، ހޯމަ ދުވަހު ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ މެޗެވެ. 

މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް، އެ ދެ މެޗުން ރާއްޖެ އަށް މިހާރު ބޭނުން ވަނީ ދެ ޕޮއިންޓެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026ސާފް ފުޓްސަލް ޗެމްޕިއަންޝިޕްޤައުމީ ފުޓްސަލް ޓީމު

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2026

ތިން ވަނަ މެޗުގައި އިންޑިއާ ބަލިކޮށް، ރާއްޖެ ކުރިއަށް

21 ޖެނުއަރީ 2026
ތިން ވަނަ މެޗުގައި އިންޑިއާ ބަލިކޮށް، ރާއްޖެ ކުރިއަށް
17 ޖެނުއަރީ 2026

ދެ ވަނަ މެޗުގައި ރާއްޖެ އިން ބަންގްލަދޭޝް ވެސް ބަލިކޮށްފި

17 ޖެނުއަރީ 2026
ދެ ވަނަ މެޗުގައި ރާއްޖެ އިން ބަންގްލަދޭޝް ވެސް ބަލިކޮށްފި
20 ނޮވެމްބަރު 2025

އަންނަ ޖެނުއަރީ މަހު ފަށާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ ފުރަތަމަ މެޗު ޕާކިސްތާނާ ދެކޮޅަށް

20 ނޮވެމްބަރު 2025
އަންނަ ޖެނުއަރީ މަހު ފަށާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ ފުރަތަމަ މެޗު ޕާކިސްތާނާ ދެކޮޅަށް
05 އޮކްޓޯބަރު 2025

ސާޖަރީ ކަންތަކުގައި އެފްއޭއެމް އިން ހާއްޕެ އަށް އޮޅުވާލި ކަމުގެ ތުހުމަތު

05 އޮކްޓޯބަރު 2025
ސާޖަރީ ކަންތަކުގައި އެފްއޭއެމް އިން ހާއްޕެ އަށް އޮޅުވާލި ކަމުގެ ތުހުމަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު