Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް

ފަހަތުން އަރައި މޮޅުވެ، ފުޓްސަލްގެ ފުރަތަމަ ތައްޓާ އެކު ރާއްޖެ ތާރީޚުގެ ތެރެއަށް

މުބާރާތުގައި ރާއްޖެ އިން މިހާތަނަށް ފަސް މެޗު ކުޅެފައިވާއިރު، ފަސް މެޗުން ވެސް މޮޅުވެ ޗެމްޕިއަންކަން މި ވަނީ ކަށަވަރު ކޮށްފައި. ފަސް މެޗުން މޮޅުވެ ރާއްޖެ އިން ޗެމްޕިއަންކަން ކަށަވަރު ކުރީ 15 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2026 | ހޮނިހިރު 11:28
މުބާރާތުގައި ރާއްޖެ އިން މީގެ ކުރިން ކުޅުނު މެޗެއްގެ ތެރެއިން

މުބާރާތުގައި ރާއްޖެ އިން މީގެ ކުރިން ކުޅުނު މެޗެއްގެ ތެރެއިން | ސާފް

މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގައި ބޫޓާންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ރާއްޖެ އިން ފުޓްސަލްގެ ބައިނަލްއަަޤުވާމީ ފުރަތަމަ ތަށި ކާމިޔާބު ކޮށްފި އެވެ.

ތައިލެންޑުގައި ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ ފަސް ވަނަ މެޗުގައި ހޮނިހިރު ދުވަހު ބޫޓާންއާ ދެކޮޅަށް ނިކުތްއިރު، މެޗުން މޮޅުވެ ރާއްޖެ އަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އޮތެވެ. މެޗުގައި ބޫޓާން އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ރާއްޖެ އިން ވަނީ ފަހަތުން އަރައި 3-1 އިން މޮޅުވެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

މެޗު ފަށައިގެން ރާއްޖެ އިން ރަނގަޅަށް ކުޅެމުން ދިޔައިރު، ރާއްޖެ އަށް ވަނީ ލަނޑު ޖަހަން ވެސް ފުރުސަތު ލިބިފަ އެވެ. ނަމަވެސް ރާއްޖެ އަށް ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވި އުޅެނިކޮށް، ބޫޓާން އިން ވަނީ ލަނޑު ޖަހައި ލީޑު ނަަގައިފަ އެވެ. އެ ލަނޑު ބޫޓާން އަށް ޖަހައިދިނީ ޖިގްމޭ ސުލްތުރިމް އެވެ. 

ބޫޓާންގެ އިން ލީޑު ނެގި ފަހުން ވެސް ރާއްޖެ އިން ވަނީ ކުރިއަށް ޖެހިގެން ރަނގަޅަށް ކުޅެފަ އެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް، ރާއްޖެ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު ރާއްޖެ އަށް ޖަހައިދިނީ ޢަބްދުﷲ ޖުނެއިދު އެވެ. 

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ރާއްޖެ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ނަގައިފަ އެވެ. ރާއްޖެ އަށް ލިބުނު ހިލޭ ޖެހުމެއްގައި ބޯޅަ ގޯލަށް ވައްދާލައިގެން ރާއްޖެ އަށް ލީޑު ނަގައިދިނީ އަޙުމަދު ހަމީދު އެވެ. ލީޑު ނެގި ފަހުން ވެސް ރާއްޖެ އިން ވަނީ ރަނގަޅަށް ކުޅެ، އިތުރު ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން، މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ކެޕްޓަން މުޙައްމަދު އިމްރާމް ވަނީ ރާއްޖޭގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. 

މުބާރާތުގައި ރާއްޖެ އިން މިހާތަނަށް ފަސް މެޗު ކުޅެފައިވާއިރު، ފަސް މެޗުން ވެސް މޮޅުވެ ޗެމްޕިއަންކަން މި ވަނީ ކަށަވަރު ކޮށްފަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ އިން ޕާކިސްތާން ބަލި ކުރިއިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝް ބަލި ކުރި އެވެ. ތިން ވަނަ މެޗުގައި އިންޑިއާ ބަލިކުރިއިރު، ހަތަރު ވަނަ މެޗުގައި ނޭޕާލް ބަލިކޮށް، ފަސް ވަނަ މިނެޓުގައި މި ވަނީ ބޫޓާން ވެސް ބަލިކޮށްފަ އެވެ. ފަސް މެޗުން މޮޅުވެ ރާއްޖެ އިން ޗެމްޕިއަންކަން ކަށަވަރު ކުރީ 15 ޕޮއިންޓާ އެކު އެވެ. 

މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެ އިން ކަށަވަރު ކޮށްފައިވާއިރު. މުބާރާތުގައި ރާއްޖެ އަށް ބާކީ އެއް މެޗު އެބަ އޮތެވެ. އެއީ ހޯމަ ދުވަހު ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ މެޗެވެ. މުބާރާތުގައި ރާއްޖެ އިން ވަރުގަދަ ކުޅުމެއް ދައްކާފައިވާއިރު، ރާއްޖެ އިން ފުޓްސަލްގެ ބައިނަލްއަޤުވާމީ ފުރަތަމަ ތަށި މި ކާމިޔާބު ކުރީ އިންޑޯ ފުޓްސަލް ދަނޑެއް ރާއްޖޭގައި ނެތި، އެތައް އުނދަގޫ އަދި ދަތި ތަކެއްގެ ތެރެއިން ފަރިތަ ކުރުންތައް ކުރިއަށް ގެންދިޔުމަށް ފަހު އެވެ. 

މިއީ ރާއްޖެ އިން ފުޓްސަލްގެ ބައިނަލްއަޤުވާމީ ތައްޓެއް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. 

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026ޤައުމީ ފުޓްސަލް ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރު ވަނަ މެޗުގައި ނޭޕާލް ބަލިކޮށް، ރާއްޖެ އިން ތައްޓާ ގާތަށް

ހަތަރު ވަނަ މެޗުގައި ނޭޕާލް ބަލިކޮށް، ރާއްޖެ އިން ތައްޓާ ގާތަށް

22 ޖެނުއަރީ 2026
ތިން ވަނަ މެޗުގައި އިންޑިއާ ބަލިކޮށް، ރާއްޖެ ކުރިއަށް

ތިން ވަނަ މެޗުގައި އިންޑިއާ ބަލިކޮށް، ރާއްޖެ ކުރިއަށް

21 ޖެނުއަރީ 2026
ދެ ވަނަ މެޗުގައި ރާއްޖެ އިން ބަންގްލަދޭޝް ވެސް ބަލިކޮށްފި

ދެ ވަނަ މެޗުގައި ރާއްޖެ އިން ބަންގްލަދޭޝް ވެސް ބަލިކޮށްފި

17 ޖެނުއަރީ 2026
އަންނަ ޖެނުއަރީ މަހު ފަށާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ ފުރަތަމަ މެޗު ޕާކިސްތާނާ ދެކޮޅަށް

އަންނަ ޖެނުއަރީ މަހު ފަށާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ ފުރަތަމަ މެޗު ޕާކިސްތާނާ ދެކޮޅަށް

20 ނޮވެމްބަރު 2025
ސާޖަރީ ކަންތަކުގައި އެފްއޭއެމް އިން ހާއްޕެ އަށް އޮޅުވާލި ކަމުގެ ތުހުމަތު

ސާޖަރީ ކަންތަކުގައި އެފްއޭއެމް އިން ހާއްޕެ އަށް އޮޅުވާލި ކަމުގެ ތުހުމަތު

05 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު