Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސާފް ފުޓްސަލްް ޗެމްޕިއަންޝިޕް

ތިން ވަނަ މެޗުގައި އިންޑިއާ ބަލިކޮށް، ރާއްޖެ ކުރިއަށް

މޮޅާ އެކު ރާއްޖެ އިން އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާ އެކު. މީގެ ކުރިން ރާއްޖެ އިން ވަނީ ޕާކިސްތާާން އަދި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2026 | ބުދަ 02:53
އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވުމުން ރާއްޖޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވުމުން ރާއްޖޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ސާފް

މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ދިވެހި ރާއްޖެ އިން ކުޅުނު ތިން ވަނަ މެޗުގައި އިންޑިއާގެ މައްޗަށް ވެސް ކުރި ހޯދައި، ރަނގަޅު ފޯމާ އެކު ކުރިއަށް ޖެހިލައިފި އެވެ.

ތައިލެންޑުގައި ކުރިއަށްދާ މުބާރާތުގައި އަންގާރަ ދުވަހު އިންޑިއާއާ ދެކޮޅަށް ރާއްޖެ އިން ނިކުތްއިރު، އެ މެޗު ރާއްޖެ އިން ކާމިޔާބު ކުރީ 5-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެ އިން އެއް ލަނޑު ޖެހިއިރު، އަނެއް ހަތަރު ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން އިންޑިއާ އިން ރަނގަޅަށް ކުޅެމުން ދިޔަ ނަމަވެސް، ރާއްޖެ އިން ހިތްވަރުކޮށް ލީޑު ނެގި އެވެ. ފުރަތަމަ ހާފުގައި ރާއްޖެ އަށް ލީޑު ނަގައިދިނީ މުޙައްމަދު އިމްރާން އެވެ. އޭގެ ފަހުން ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ރާއްޖެ އިން އިތުރު ދެ ލަނޑު ވެސް ޖެހި އެވެ. އެގޮތުން ރާއްޖޭގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ޢަބްދުﷲ ޝާފިއު އެވެ.

އޭގެ ފަހުން ރާއްޖޭގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްދިނީ އަލީ ޝަމާލް ޢަބްދުﷲ އެވެ. މެޗުގައި ރާއްޖޭގެ ހަތަރު ވަނަ ލަނޑު ވެސް ޖެހީ އިމްރާން އެވެ. އަދި މެޗުގައި ރާއްޖޭގެ ފަސް ވަނަ ލަނޑު ޖަހައި، އިންޑިއާ އަތުން ފުރިހަމަ މޮޅެއް ހޯދައިދިނީ އަޙުމަދު ޙަލީމް އެވެ.

މޮޅާ އެކު ރާއްޖެ އިން އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާ އެކު އެވެ. މީގެ ކުރިން ރާއްޖެ އިން ވަނީ ޕާކިސްތާާން އަދި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވެފަ އެވެ. ދެ ވަނައިގައި ބަންގްލަދޭޝް އޮތީ ރާއްޖެ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ހަތް ޕޮއިންޓާ އެކު އެވެ. 

މުބާރާތުގައި ރާއްޖެ އަށް ދެން އޮތީ ބުރާސްފަތި ދުވަހު ނޭޕާލްއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ފަހުން ހޮނިހިރު ދުވަހު ރާއްޖެ ނިކުންނާނީ ބޫޓާންއާ ދެކޮޅަށެވެ. އަދި މުބާރާތުގައި ފަހު މެޗުގައި ސްރީ ލަންކާއާ ދެކޮޅަށް ނިކުންނާނީ ހޯމަ ދުވަހު އެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026ޤައުމީ ފުޓްސަލް ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ ވަނަ މެޗުގައި ރާއްޖެ އިން ބަންގްލަދޭޝް ވެސް ބަލިކޮށްފި

ދެ ވަނަ މެޗުގައި ރާއްޖެ އިން ބަންގްލަދޭޝް ވެސް ބަލިކޮށްފި

17 ޖެނުއަރީ 2026
އަންނަ ޖެނުއަރީ މަހު ފަށާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ ފުރަތަމަ މެޗު ޕާކިސްތާނާ ދެކޮޅަށް

އަންނަ ޖެނުއަރީ މަހު ފަށާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ ފުރަތަމަ މެޗު ޕާކިސްތާނާ ދެކޮޅަށް

20 ނޮވެމްބަރު 2025
ސާޖަރީ ކަންތަކުގައި އެފްއޭއެމް އިން ހާއްޕެ އަށް އޮޅުވާލި ކަމުގެ ތުހުމަތު

ސާޖަރީ ކަންތަކުގައި އެފްއޭއެމް އިން ހާއްޕެ އަށް އޮޅުވާލި ކަމުގެ ތުހުމަތު

05 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު