Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޑިއުކޭޝަން މިނިސްޓްރީ

ސަރުކާރު ސްކޫލު ތަކުގެ ޔުނިފޯމުގެ ކުލަތައް 4 ކުލައަކަށް ބަދަލު ކުރަން އެޑިއުކޭޝަނުން ނިންމާފައިވާ ކަން ހާމަވެއްޖެ

ގަމީސް ހުންނަން ޖެހޭނީ ހުދު، ސްކައި ބްލޫ، ޓީ ގްރީން އަދި ލައިޓް ރެޑް ކުލަތަކުގެ ތެރެއިން އެއް ކުލައެއްގައި ކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2025 | ހުކުރު 14:33
ތާޖުއްދީން ސްކޫލް

ތާޖުއްދީން ސްކޫލް

ސަރުކާރު ސްކޫލުތަކުގެ ޔުނީފޯމުގެ ކުލަތައް 4 ކުލައަކަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީ އިން ނިންމާފައިވާ ކަން ހާމަވެއްޖެ އެވެ.

ސަރުކާރު ސްކޫލުތަކުގެ ދަރިވަރުންގެ ޔުނިފޯމު އުސޫލަށް ބަދަލު ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ނިންމާފައިވާ ކަން ދެ ސްކޫލަކުން ވަނީ ރާއްޖެއެމްވީ އަށް ކަށަވަރު ކޮށްދީފަ އެވެ.

Advertisement - newsAdvertisement

އެގޮތުން ނަން ހާމަ ނުކުރުމަށް ޝަރުތު ކޮށް ރާއްޖެއެމްވީ އަށް މި މައުލޫމާތު ހިއްސާ ކުރި މީހުން ވަނީ އެޑިއުކޭޝަނުގެ މި ނިންމުން ތަންފީޒު ކުރުމަށް ނިންމާފައިވާ ގޮތުގެ ތަފްސީލު ވެސް ކިޔާދީފަ އެވެ.

އެގޮތުން އެޑިއުކޭޝަނުން ސްކޫލުތަކުގެ ޕްރިންސިޕަލުންނާ ބައްދަލު ކޮށް، އިޚުތިޔާރު ތަކެއް ދީފައިވާ ކަން ވެސް ވަނީ ހާމަވެފަ އެވެ. އެޑިއުކޭޝަނުން ބުނެފައި ވަނީ ސްކޫލުތަކުގައި ބޭނުންކުރާ ޔުނިފޯމުތަކުގެ މަތި (ޓޮޕް) ހުންނަންވާނީ އެ މިނިސްޓްރީ އިން ކަނޑައަޅާ 4 ކުލައިގެ ތެރެއިން އެ ސްކޫލަކުން ކަނޑައަޅާ ކޮންމެވެސް އެއް ކުލައެއްގައި ކަމަށެވެ.

އެ ހަތަރު ކުލަ އަކީ ހުދު، ސްކައި ބްލޫ، ޓީ ގްރީން އަދި ލައިޓް ރެޑް އެވެ.

އޭގެ އިތުރުން ސްކޫލް ތަކުގައި ބޭނުންކުރާ ޔުނިފޯމުތަކުގެ ތިރި (ފަޓްލޫން/ސްކަރޓް/ސޯޓު) ހުންނަން ވާނީ މިިނިސްޓްރީ އިން ކަނޑައަޅާ 2 ކުލައިގެ ތެރެއިން އެ ސްކޫލަކުން ކަނޑައަޅާ ކޮންމެ ވެސް އެއް ކުލައެއް ގައި ކަމަށް އެޑިއުކޭޝަނުން ވަނީ ސްކޫލުތަކަށް އަންގާފަ އެވެ.

އެ ދެ ކުލައަކީ ކަޅު ކުލަ އާއި ނޭވީ ބްލޫ ކުލަ އެވެ.

މިނިސްޓްރީ އިން އަންގާފައި ވަނީ ފިރިހެން އަދި އަންހެން ދަރިވަރުންގެ ރަސްމީ ޔުނިފޯމް އަކީ އަތް ކުރު ނުވަތަ އަތް ދިގު ގަމީސް ކަމަށެވެ.

ފައުންޑޭޝަން އަދި ކީ ސްޓޭޖް 1 ގެ ފިރިހެން ދަރިވަރުން ރަސްމީ ޔުނިފޯމާއެކު ބޭނުން ކުރާނީ ސޯޓު ނުވަތަ ފަޓުލޫނު ކަމަށް ވެސް އެޑިއުކޭޝަނުން ވަނީ ނިންމާފަ އެވެ. އަދި އެ އުމުރުފުރާގެ އަންހެން ދަރިވަރުން ރަސްމީ ޔުނިފޯމާއެކު ބޭނުން ކުރާނީ ސްކަރޓް ނުވަތަ ފަޓުލޫނު ކަމަށާ ސްކަރޓް އާއެކު ހަރުވާޅު ބޭނުން ކުރެވޭނެ ކަމަށް ވެސް އެޑިއުކޭޝަނުން ނިންމާފައި ވެއެވެ.

ކީ ސްޓޭޖް 2، 3، 4 އަދި 5 ގެ ފިރިހެން ދަރިވަރުން ރަސްމީ ޔުނިފޯމާއެކު ބޭނުން ކުރަން ޖެހޭނީ ފަޓްލޫނެވެ. މި ކީ ސްޓޭޖްގެ އަންހެން ދަރިވަރުން ރަސްމީ ޔުނިފޯމާއެކު ލާންޖެހެނީ ފަޓްލޫން އެވެ. ދަރިވަރުން ބޭނުން ނަމަ ރަސްމީ ޔުނިފޯމާއެކު ސްކަރޓް ލެވޭނެ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ހިއްސާ ކުރި މީހުން ބުނީ އެޑިއުކޭޝަނުން މިކަން ނިންމާ ސްކޫލުތަކުގެ ޕްރިންސިޕަލުން ނަށް އަންގާފައިވާ ކަމަށެވެ. އަދި މިކަން ރަސްމީ ކޮށް އިއުލާނު ކުރަން ނިންމި ތާރީޚަކީ މި މަހުގެ 26 ވަނަ ދުވަސް ކަމަށެވެ. އެ ތާރީޚު ފަހަނައަޅާ ދިޔައިރު ވެސް އެކަން އިއުލާނު ނުކުރީ ކީއްވެ ކަން ނޭނގޭ ކަމަށް އެ މީހުން ބުންޏެވެ.

އޭގެ އިތުރުން މިކަމާ ގުޅިގެން ސްކޫލުތަކުން ޕްރޮމޯޝަނަލް ވީޑިއޯތައް ވެސް ހެދުމަށް އަންގާފައިވާ ކަމަށާ ބައެއް ސްކޫލުތަކުން އެކަން ކޮށް ނިންމާފައިވާ ކަމަށް ވެސް މައުލޫމާތު ހާމަ ކުރި މީހުން ވަނީ ބުނެފަ އެވެ.

މިކަމާ ގުޅިގެން ރާއްޖެއެމްވީ އިން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އަށް ގުޅުމުން ވިދާޅުވީ އެކަހަލަ ނިންމުމެއް ނިންމާފައި ނުވާނެ ކަމަށާ، ސްކޫލު ތަކަށް އެއްވެސް އެންގުމެއް ވެސް އަންގާފައި ނުވާނެ ކަމަށެވެ. ނަމަވެސް ޔުނިފޯމު ބަދަލު ކުރުމަށް ޕްރިންސިޕަލުންނާއެކު މަޝްވަރާ ކޮށްފައިވާ ކަމަށާ މިހާރު ވެސް މަޝްވަރާ ކުރިއަށް ދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީސަރުކާރު ސްކޫލްތައްޔުނިފޯމްޑރ. އިސްމާއިލް ޝަފީއު ދަރިވަރުން

ކޮމެންޓް

އިތުރަށް ކިޔާލަން

މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

10 ޑިސެމްބަރު 2025
ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

07 ޑިސެމްބަރު 2025
ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

07 ޑިސެމްބަރު 2025
ޔުނިފޯމް އަށް ގެންނަ ބަދަލު ގެ ސަބަބުން ބެލެނިވެރިން އަތުން 80 މިލިއަން ރުފިޔާ ހަރަދު ވާނެ: ރައީސް ނަޝީދު

ޔުނިފޯމް އަށް ގެންނަ ބަދަލު ގެ ސަބަބުން ބެލެނިވެރިން އަތުން 80 މިލިއަން ރުފިޔާ ހަރަދު ވާނެ: ރައީސް ނަޝީދު

06 ޑިސެމްބަރު 2025
ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު