Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

ސާޖަރީ ކަންތަކުގައި އެފްއޭއެމް އިން ހާއްޕެ އަށް އޮޅުވާލި ކަމުގެ ތުހުމަތު

އެކި އެކި މަސްދަރު ތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ހާއްޕެގެ ސާޖަރީ އޭނާ ބޭނުންވާ ޤައުމަކުން ކުރެވޭނެ ކަމަށް އެފްއޭއެމް އިން އޮތީ އަންގައިފަ އެވެ. މިޔަންގާއި ޓީމު ތިބިއިރު، އެ ޤައުމުން ފުރުމުގެ ކުރިން ހާއްޕެ އަށް އެކަން އެންގީ ޤައުމީ ޓީމުގެ މެނޭޖަރު އެވެ. އެކަން ހާއްޕެ އަށް އެންގީ ޤައުމީ ފުޓްސަލް ޓީމުގެ ހުރިހާ ކުޅުންތެރިންގެ ޙާޟިރުގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2025 | އާދީއްތަ 08:20
ޤައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިޔާ އަލީ ހާފިޒް (ހާއްޕެ)

ޤައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިޔާ އަލީ ހާފިޒް (ހާއްޕެ)

ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުގެ ތަރި އަލީ ހާފިޒް (ހާއްޕެ) ސާޖަރީގެ ކަންތަކުގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރެވިއްޖެ އެވެ.

ހާއްޕެ އަށް އަނިޔާވީ އޭޝިއަން ކަޕް ކޮލިފައިން ގައި މިޔަންމާ އަތުން ރާއްޖެ 3-7 ގެ ނަތީޖާ އަކުން ބަލިވި މެޗުގަ އެވެ. އެ މެޗުގެ ފުރަތަމަ ހާފުގެ ފަހު ކޮޅު ލިބުނު އަނިޔާއާ އެކު ހާއްޕެ ދަނޑުން ބޭލީ އަށި ގަނޑުގެ އެހީގަ އެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިޔަންމާ އިން ހާއްޕެ އަށް ފަރުވާ ދިން ޑޮކްޓަރު ވަނީ އަވަހަށް ސާޖަރީ ކުރުމަށް ލަފާ ދީފަ އެވެ. އެކަމަކު، ހާއްޕެ ރާއްޖެ އައިތާ 13 ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ވެސް، ހާއްޕެގެ ސާޖަރީ ކުރެވިފައި ނުވެ އެވެ.

އެކި އެކި މަސްދަރު ތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ހާއްޕެގެ ސާޖަރީ އޭނާ ބޭނުންވާ ޤައުމަކުން ކުރެވޭނެ ކަމަށް އެފްއޭއެމް އިން އޮތީ އަންގައިފަ އެވެ. މިޔަންގާއި ޓީމު ތިބިއިރު، އެ ޤައުމުން ފުރުމުގެ ކުރިން ހާއްޕެ އަށް އެކަން އެންގީ ޤައުމީ ޓީމުގެ މެނޭޖަރު އެވެ. އެކަން ހާއްޕެ އަށް އެންގީ ޤައުމީ ފުޓްސަލް ޓީމުގެ ހުރިހާ ކުޅުންތެރިންގެ ޙާޟިރުގަ އެވެ.

އޭގެ ފަހުން ހާއްޕެ ރާއްޖެ އައިސް ސާޖަރީ ކުރުމުގެ ކަންކަން އަވަސް ކުރުމަށް މަސައްކަތް ކުރި އެވެ. އެގޮތުން އެތައް ބައެއްގެ މަޝްވަރާ އާއި ޚިޔާލަށް ފަހު ހާއްޕެ ނިންމީ ތައިލެންޑުން ސާޖަރީ ކުރުމަށެވެ. އަދި މެޑިކަލް ޓީމާ މަޝްވަރާ ކުރުމަށް ފަހު، ތައިލެންޑުން ސާޖަރީ ކުރަން ބޭނުންވާ ކަމަށް ހާއްޕެ ވަނީ ޤައުމީ ޓީމުގެ މެނޭޖަރަށް ވެސް އަންފައިފަ އެވެ.

ނަމަވެސް، ޤައުމީ ޓީމާ އެފްއޭއެމް އިން ބައްދަލު ކުރި ދުވަހު، ތައިލެންޑުން ސާޖަރީ ކުރެވޭނެ އިންތިޒާމު ހަމަޖައްސަވައި ދެވެން ނެތް ކަަމަށް ޓޮމް ވަނީ ހާއްޕެ އަށް އަންގައިފަ އެވެ. އޭގެ ބަދަލުގައި އިންޑިއާ އިން ކުރާ ނަަމަ، ހާއްޕެގެ ހުރިހާ ޚަރަދެއް ހަމަޖެއްސިދާނެ ކަމަށް ވަނީ އަންގައިފަ އެވެ.

އެކަމާ ގުޅިގެން އެެތައް ބައެއްގެ ފާޑު ކިޔުން އެފްއޭއެމް އަދި ސަރުކާރަށް ވެސް ވަނީ އަމާޒުވެފަ އެވެ. ޚާއްސަކޮށް ޤައުމު ތަމްސީލު ކުރަމުން ދަނިކޮށް، ހާއްޕެ އަށް އަނިޔާވެ ކުރަން ޖެހުނު ސާޖަރީގެ ކަންކަން ހަމަ ނުޖެހި ލަސްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.

އެތައް ބައެއްގެ ފާޑު ކިޔުން އަމާޒުވަމުން ދަނިކޮށް، އާދިއްތަ ދުވަހު އެފްްއޭއެމްގެ ރައީސް ޓޮމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އިންޑިއާ އިން ހާއްޕެގެ އޮޕަރޭޝަން ކުރަން އެއްބަސްވީ ބުރާސް‏ފަތި ދުވަހު މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އަދި އޮޕަރޭޝަނަށް ދާނެ ޚަރަދާއި، ކުޅުންތެރިޔާ އާއި ދެ އެހީތެރިންގެ ޓިކެޓާއި އަދި ތިބުމާއި ކެއުމުގެ ޚަރަދު ކުރާނީ އެފްއޭއެމް އަދި ސަރުކާރުގެ އެންސްޕާގެ އެހީތެރިކަމާ އެކު ކަމަށް ޓޮމް ވިދާޅުވި އެވެ.

ހާއްޕެއާ ގާތް ފަރާތަކުން މި ނޫހާ ވާހަކަ ދައްކަމުން ބުނީ މާލެ އައިސް އަވަހަށް ސާޖަރީ ކުރުމަށް ފުރުމަށް ހާއްޕެ އެކި ގޮތް ގޮތުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން އަމިއްލަ ގޮތުން އާސަންދަ އަދި އެ ނޫން ވެސް އެހީތެރިކަން ހޯދުމަށް ހާއްޕެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

“އަސްލު ގައުމަށްޓަކައި ގުރުބާން ވަނިކޮށް އަނިޔާ އެވީ. މިހާރު 13 ދުވަސް މިވަނީ އޭނަ (ހާއްޕެ) އަތުން ހިނގާތާ. ރަނގަޅު ދަނޑިގަނޑެއްގެ އެހީގައި ދޯ އެހިނގަނީ އެކަމަކު އެއީ ހަމަ އަތުން އެ ހިނގަނީ. އެކޮޅުން ބެލި ޑޮކްޓަރު ވެސް ވަނީ އަވަހަށް ސާޖަރީ ކުރަން ބުނެފައި.” ހާއްޕެގެ ގާތް މީހަކު ބުނެފައިވެ އެވެ.

ހާއްޕެގެ ފައިގެ ކުޑަ ހުޅުގެ ސާޖަރީ އަށް 10,000 އެމެރިކާ ޑޮލަރު އަރައެވެ. ސާޖަރީ ހެދުމަށް ބޭނުންވާ ފައިސާ ހޯދަން ހާއްޕެގެ އެކުވެރިން އަންނަނީ ސޯޝަލް މީޑިއާގައި ކެމްޕެއިން ވެސް ކުރަމުންނެވެ.

މީގެ ކުރިން ފުރަތަމަ ޑިވިޝަންގެ ޓީސީ ސްޕޯޓްސް ކުލަބަށް ވެސް ކުޅުނު ހާއްޕެ ފަހުން ފުޓުބޯޅަ ދޫކޮށް ފުޓްސަލް އަށް މުޅިން ހުސްވެ، ގިނަ މުބާރާތް ތަކެއް ވަނީ ކުޅެފަ އެވެ. އަދި އޭނާ ކުޅުނު ގިނަ މުބާރާތް ތަކުގައި މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ވަނީ ހޯދައިފަ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ޤައުމީ ފުޓްސަލް ޓީމުއަލީ ހާފިޒް (ހާއްޕެ)

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު