Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ފުޓްސަލްް ޗެމްޕިއަންޝިޕް

ދެ ވަނަ މެޗުގައި ރާއްޖެ އިން ބަންގްލަދޭޝް ވެސް ބަލިކޮށްފި

މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާ އެކު ރާއްޖެ އޮތީ ލީގު ތާވަލްގެ އެއް ވަނަ މަގާމުގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖެނުއަރީ 2026 | ހޮނިހިރު 04:13
މެޗުގައި ލަނޑު ޖެހުމަށް ފަހު ރާއްޖޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ރާއްޖޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ސާފް

މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގައި ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުން ކުޅުނު ދެ ވަނަ މެޗުގައި ބަންގްލަދޭޝް ބަލިކޮށް، ރަނގަޅު ފޯމު ދަމަހައްޓައިފި އެވެ.

ތައިލެންޑުގައި ކުރިއަށްދާ މި މުބާރާތުގައި ހުކުރު ދުވަހުގެ ރޭ ރާއްޖެ އިން ބަންގްލަދޭޝްއާ ދެކޮޅަށް ނިކުތްއިރު، އެ މެޗު ރާއްޖެ އިން ކާމިޔާބު ކޮށްފައި ވަނީ 6-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެ އިން ހަތަރު ލަނޑު ޖެހިއިރު، ބަންގްލަދޭޝް އިން ވެސް ލަނޑެއް ޖެހި އެވެ. ރާއްޖޭގެ އަނެއް ދެ ލަނޑު ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗުގައި ރާއްޖޭގެ ފުރަތަމަ ލަނޑު ޖެހީ ކެޕްޓަން މުޙައްމަދު އިމްރާމް އެވެ. އޭގެ ފަހުން ރާއްޖޭގެ ދެ ވަނަ ލަނޑު ޖެހީ އިޝާން އިބްރާހީމް އެވެ. ރާއްޖެ އިން މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިއިރު، ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްދިނީ އަޙުމަދު ރާހިލް ރަޝީދު އެވެ. އަދި ރާއްޖެ އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ހަތަރު ވަނަ ލަނޑު ޖެހީ އަލީ ޝިޔާހު އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަންގްލަދޭޝް އިން ވަނީ އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިފަ އެވެ. އެއީ އެ ޓީމުގެ ކާޒީ އިބްރާހީމް ޖެހި ލަނޑެވެ. ދެ ވަނަ ހާފުގައި ރާއްޖޭގެ ފަސް ވަނަ ލަނޑު ޖެހީ ރާހިލް އެވެ. އަދި މެޗުގައި ރާއްޖޭގެ ފަހު ލަނޑު ޖެހީ ޢަބްދުﷲ ޝާފިއު އެވެ. މެޗުގައި ބަންގްލަދޭޝް އިން ލަނޑު ޖަހަން ގިނަ ފުރުސަތު ތަކެއް ތަނަވަސް ކުރި ނަމަވެސް، ރާއްޖެ އިން ވަނީ އެ ޓީމުގެ ހަމަލާތައް ހުއްޓުވައިފަ އެވެ. 

ދެ ވަނަ މެޗުގައި ރާއްޖެ އިން ބަންގްލަދޭޝް ބަލިކުރިއިރު، މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި ވަނީ ތަފާތު ބޮޑު ނަތީޖާ އަކުން ޕާކިސްތާން ވެސް ބަލިކޮށްފަ އެވެ. އެ މެޗު ރާއްޖެ އިން ކާމިޔާބު ކޮށްފައި ވަނީ 7-1 އިންނެވެ. ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާ އެކު ރާއްޖެ އޮތީ ލީގު ތާވަލްގެ އެއް ވަނަ މަގާމުގަ އެވެ. ރާއްޖޭގެ ފަހަތުން ދެ ވަނައިގައި އޮތް ނޭޕާލް އާއި ތިން ވަނައިގައި އޮތް ޕާކިސްތާން އަށް ލިބެނީ ތިން ޕޮއިންޓެވެ. 

 މުބާރާތުގައި ހޯމަ ދުވަހު ރާއްޖެ އިން ނިކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްޤައުމީ ފުޓްސަލް ޓީމު

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2025

ސާޖަރީ ކަންތަކުގައި އެފްއޭއެމް އިން ހާއްޕެ އަށް އޮޅުވާލި ކަމުގެ ތުހުމަތު

05 އޮކްޓޯބަރު 2025
ސާޖަރީ ކަންތަކުގައި އެފްއޭއެމް އިން ހާއްޕެ އަށް އޮޅުވާލި ކަމުގެ ތުހުމަތު
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު