Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީކާއިލް އަހުމަދު ނަސީމް

ޕީއެންސީގެ ޕީޖީގެ އިރުޝާދާއި ލަފާގެ މަތިން ފާސްކުރެވޭ ކޮމިޝަނަކަށް ނޫސްވެރިން ތަބާވާކަށް ނުޖެހޭ - މީކާއިލް

މީޑިއާ ކޮމިޝަނަކީ އުފެދުމުގައިވެސް ބާތިލު އެއްޗެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 ސެޕްޓެމްބަރު 2025 | ހުކުރު 08:17
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

މީޑިއާތައް ކޮންޓްރޯލް ކުރާ ބިލުން އުފެދޭ މީޑިއާ ކޮމިޝަނަކީ އުފެދުމުގައިވެސް ބާތިލުވާނެ އެއްޗެއް ކަމަށާއި، ނޫސްވެރިން އެ ކޮމިޝަނަށް ތަބާވާން ނުޖެހޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޓީވީޓޯކްގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވި ގޮތުގައި މި ކޮމިޝަން އުފެދުމުގައި ބާތިލުވާ މައިގަނޑު ދެ ސަބަބެއް އެބައޮތެވެ. އޭގެ ތެރޭގައި ކޮމިޝަން އުފެއްދުމުގެ ނިޔަތަކީ ނޫސްވެރިންގެ އަނގައިގައި ތަޅުއެޅުވުން ކަމަށާއި، ކޮމިޝަނާ ބެހޭ ބިލު ހުށަހެޅި މެންބަރު މިހާރު މަޖިލީހުގައި ނެތުން ހިމެނެއެވެ.

"ރައްޔިތުންގެ މަޖިލީހަށް މިހާރު ނެތްކަން ރައްޔިތުންނަށް ވަރަށް ސާފު. މަޖިލީހަށް މި ހުށަހަޅުއްވަނީ ވެސް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވީމާ، ހަމަ އެމަނިކުފާނުގެ ފުލް ކޮންޓްރޯލް އޮންނަ ޕާލަމެންޓްރީ ގްރޫޕަކުން،" މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ފާހަގަކުރެއްވި ގޮތުގައި މި ކޮމިޝަނަށް ނޫސްވެރިންގެ ޚިޔާލު ހޯދުމަށް ހުޅުވާލި ފުރުސަތަކީވެސް މުޅި ކަން ލެޖިޓިމައިޒް ކުރުމަށް ކުރެވޭ މަސައްކަތެކެވެ. މިކަން އިތުރަށް ސާބިތުކޮށްދިނުމަށް އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެހެން ބިލަކަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ދިން ވަގުތަކީ އެންމެ ބައި ގަޑިއިރު ކަމަށެވެ.

"މީޑިއާއިން ހަތަރު ދުވަހު މި ދައްކަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެ މެންބަރުންނާ ގުޅުންހުރި އެކިއެކި މަޞްލަޙަތުތަކުގެ ވާހަކަ. އެހެންވީމާ، އެ މެންބަރުންގެ އަތްމަތީގައި އޮވެގެން ނުވާނެ މި ބޭފުޅުން ރެގިއުލޭޓްކުރުމުގެ ބާރު،" މީކާއިލް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ދިވެހިރާއްޖޭގެ މިނިވަން ނޫސްވެރިކަމަކީ މިހާރުގެ މަޖިލިސް ރައީސްގެ ދައުރުގައި ތަޢާރަފުވި އެއްޗެއް ނޫނެވެ. މިއީ އެތައް ބައެއްގެ ބުރަ މަސައްކަތާއި ގުރުބާނީގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިފައިވާ ޙައްޤެކެވެ.

މީކާއިލް އަހުމަދު ނަސީމްމީޑިއާ ކޮމިޝަންނޫސްވެރިކަންމަޖިލީސްގަލޮޅު ދެކުނު ދާއިރާ

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް
01 ޑިސެމްބަރު 2025

މުއިއްޒު ޕާޓީ އިން އަސްމާ އަށް ފިޔަވަޅު އަޅައި މުގައްރިރު ކަމުން ވަކި ކޮށް ދަތުރުތައް ކެންސަލް ކުރީ އަންހެނަކަށް ވީތީ: މީކާއިލް

01 ޑިސެމްބަރު 2025
މުއިއްޒު ޕާޓީ އިން އަސްމާ އަށް ފިޔަވަޅު އަޅައި މުގައްރިރު ކަމުން ވަކި ކޮށް ދަތުރުތައް ކެންސަލް ކުރީ އަންހެނަކަށް ވީތީ: މީކާއިލް
27 ނޮވެމްބަރު 2025

މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ

27 ނޮވެމްބަރު 2025
މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ
19 ނޮވެމްބަރު 2025

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި
04 ނޮވެމްބަރު 2025

ސަރުކާރަށް ދެ އަހަރު ވަނީ ވާނުވާ ބަންދުގެ މައްސަލައިގައި ހަމަ ފެންހިފޭ އެއްކަމެއް ވެސް ނުކޮށް: މީކާއިލް

04 ނޮވެމްބަރު 2025
ސަރުކާރަށް ދެ އަހަރު ވަނީ ވާނުވާ ބަންދުގެ މައްސަލައިގައި ހަމަ ފެންހިފޭ އެއްކަމެއް ވެސް ނުކޮށް: މީކާއިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު