Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝަރުއީ ދާއިރާ

ރައީސް މުއިއްޒު ކޯޓަކަށް އަތެއް ނުބާނާ، ބޭނީ ހަތަރެސްފައި: މީކާއިލް

މީކާއިލް ވިދާޅުވީ ރައީސް ވަނީ ސުޕްރީމް ކޯޓު ވެސް ފުނޑާލުމަށްފަހު މިހާރު ހައި ކޯޓަށް ނުފޫޒު ފޯރުވުމުގެ މަސައްކަތް ފައްޓަވާފައި ކަމަށް. 

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 6 ޖެނުއަރީ 2026 | އަންގާރަ 11:05
މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙުމަދު ނަސީމް ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙުމަދު ނަސީމް ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ކޯޓުތަކަށް އަތް ނުބާނާ ކަމަށާ ބާނަނީ ހަތަރެސްފައި ކަމަަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީ ގެ ފަލަސުރުޚީ ޕްރޮގްރާމް ގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ ކޯޓުތަކަށް އަތް ނުބާނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އިރު އެމަނިކުފާނު ގެންވަނީ ހުރިހާ ކޯޓަކަށް ހަތަރެސްފައި ބާނަމުން ކަމަށެވެ.  

މީކާއިލް ވިދާޅުވީ ރައީސް ވަނީ ސުޕްރީމް ކޯޓު ވެސް ފުނޑާލުމަށްފަހު މިހާރު ހައި ކޯޓަށް ނުފޫޒު ފޯރުވުމުގެ މަސައްކަތް ފައްޓަވާފައި ކަމަށެވެ. 

ސުޕްރީމް ކޯޓު ފުނޑާލައިފި. ހައި ކޯޓު ފުނޑާލަން މިހާރު އެ އުޅެނީ. ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހު އިންތިޚާބަށް އަދި އެހެންވެސް އިންތިޚާބުގަ ވާދަކުރައްވާފަ ތިބި ބޭފުޅުން މެޖިސްޓްރޭޓް ކޯޓާ ހައި ކޯޓާ ސިވިލް ކޯޓާ އެތަން މިތަނަށް ލައްވަފި. އެހެން ނަމަވެސް ފަނޑިޔާރު ގެއަކާ ވެސް ނުބެހޭނަމޭ. ފަނޑިޔާރު ގެއަކަށް އަތެއް ވެސް ނުބާނާނަމޭ. ތެދެއް. ފަނޑިޔާރު ގެއަކަށް އަތެއް ނުބާނާ. މުޅި ހަތަރެސްފައި ބޭނީ. މުޅި މީހާ ބާނައިގެން އެއޮތީ އެއަށް. 
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު މެންބަރު މީކާއިލް ނަސީމް 

މީކާއިލް ވިދާޅުވީ ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހު އިންތިޚާބަށް އަދި އެހެންވެސް އިންތިޚާބުގަ ވާދަކުރައްވާފަ ތިބި ބޭފުޅުން މެޖިސްޓްރޭޓް ކޯޓާ ހައި ކޯޓާ ސިވިލް ކޯޓު ފަދަ ތަންތަނަށް އައްޔަނު ކުރައްވަނީ ސީދާ ރައީސް މުއިއްޒު ކަމަށެވެ. އެހެން ނަމަވެސް ތަކުރާރުކޮށް ވިދާޅުވަނީ ފަނޑިޔާރު ގެއަށް ނުފޫޒު ނުފޯރުވާނެ ވާހަކަ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ. 

މީކާއިލް ވިދާޅުވީ ރައީސް އެހެން ވިދާޅުވި ނަމަވެސް މިއަދު ރައްޔިތުންނަށް ހަގީގަތް ފެންނަ ކަމަށެވެ. 

ޝަރުއީ ދާއިރާ އަށް ނުފޫޒު ނުފޯރުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވާ ރައީސް މުއިއްޒު ވަނީ މިފަހުން ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ އެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި ވާނުވާ ބަންދުގައި ގިނަ ދުވަސް ވަންދެން ތިބި މީހުންގެ ޝަރީއަތް ނިމޭނެ ތާރީޚު ވެސް ދެއްވާފަ އެވެ. 

ރައީސް މުއިއްޒު ވިދާޅުވީ، އެއް އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ވާނުވާ ބަންދުގައި ތިބި މީހުންގެ ކޯޓު މަރުހަލާތައް އަންނަ މާޗް މަސް ނިމުމުގެ ކުރިން ނިމޭނެ ކަމަށެވެ.

މީކާއިލް އަހުމަދު ނަސީމްރާއްޖޭގެ ޝަރުއީ ނިޒާމު

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

މުއިއްޒު ޕާޓީ އިން އަސްމާ އަށް ފިޔަވަޅު އަޅައި މުގައްރިރު ކަމުން ވަކި ކޮށް ދަތުރުތައް ކެންސަލް ކުރީ އަންހެނަކަށް ވީތީ: މީކާއިލް

01 ޑިސެމްބަރު 2025
މުއިއްޒު ޕާޓީ އިން އަސްމާ އަށް ފިޔަވަޅު އަޅައި މުގައްރިރު ކަމުން ވަކި ކޮށް ދަތުރުތައް ކެންސަލް ކުރީ އަންހެނަކަށް ވީތީ: މީކާއިލް
04 ނޮވެމްބަރު 2025

ސަރުކާރަށް ދެ އަހަރު ވަނީ ވާނުވާ ބަންދުގެ މައްސަލައިގައި ހަމަ ފެންހިފޭ އެއްކަމެއް ވެސް ނުކޮށް: މީކާއިލް

04 ނޮވެމްބަރު 2025
ސަރުކާރަށް ދެ އަހަރު ވަނީ ވާނުވާ ބަންދުގެ މައްސަލައިގައި ހަމަ ފެންހިފޭ އެއްކަމެއް ވެސް ނުކޮށް: މީކާއިލް
03 ނޮވެމްބަރު 2025

ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ ގާނޫނު އުވާލަން ހުށަހަޅައިފި

03 ނޮވެމްބަރު 2025
ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ ގާނޫނު އުވާލަން ހުށަހަޅައިފި
29 އޮކްޓޯބަރު 2025

ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް

29 އޮކްޓޯބަރު 2025
ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް
16 ސެޕްޓެމްބަރު 2025

ކައުންސިލް ޖެނެރަލް ދެއްވި ލަފަޔާއި އެކު ކިޔާލުމުގެ ފުރުސަތު ނުދީ ބިލް ކޮމިޓީން ފާސްކޮށްފި

16 ސެޕްޓެމްބަރު 2025
ކައުންސިލް ޖެނެރަލް ދެއްވި ލަފަޔާއި އެކު ކިޔާލުމުގެ ފުރުސަތު ނުދީ ބިލް ކޮމިޓީން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު