Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

މުއިއްޒު ޕާޓީ އިން އަސްމާ އަށް ފިޔަވަޅު އަޅައި މުގައްރިރު ކަމުން ވަކި ކޮށް ދަތުރުތައް ކެންސަލް ކުރީ އަންހެނަކަށް ވީތީ: މީކާއިލް

މައްސަލަ އާ ގުޅިގެން މުއިއްޒު ކޯފާ ވެ އާއްމުންނަށް ފެންނާނެހެން މަޢާފަށް އެދުމަށް އަސްމާ އަށް ވަނީ އަންގަވާފަ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2025 | ހޯމަ 08:03
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ) ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރު ކަމުން ވަކިކޮށް މެންބަރުގެ ދަތުރުތައް ކެންސަލް ކުރީ އެއީ އަންހެނަކަށް ވީތީ ކަމަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ކޯޓުތަކުން މީހުންގެ ހައްގުތަކަށް ރައްކާތެރިވުމުގެ ބަދަލުގައި ފަރުދުންގެ މެދުގައި ގަސްތުގައި ތަފާތު ކުރަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރުގެ ބަހުސް ފަށާފަ އެވެ.

Advertisement - newsAdvertisement

އެ ގަރާރަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ ރާއްޖޭގެ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގައި ހިމެނޭ އެންމެ މުހިއްމު މުއައްސަސާތައް ކަމުގައިވާ ކޯޓުތަކުން ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިވުމުގެ ބަދަލުގައި ފަރުދުންގެ މެދުގައި ގަސްތުގައި ތަފާތު ކުރަމުންދާ ކަމަށެވެ. އަދި ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ކަނޑައެޅިގެން ތަފާތުކޮށް އަމަލު ކުރަމުންދާ ކަން ނުހަނު ބޮޑަށް ފާހަގަވާން ފަށާފައިވާ ކަމަށެވެ.

މީކާއިލް ވިދާޅުވީ އަދުލު އިންސާފު ނެތީ ހަމައެކަނި ކޯޓުގައި އެކަނި ނޫން ކަމަށެވެ. ވެރިކަން ކުރާ ޕާޓީގެ ތެރޭގައި ވެސް، މަޖިލީހުގައި ވެސް އެ އިންސާފުވެރި ކަން ނެތް ކަމަށް މެންބަރު ވިދާޅުވި އެވެ.

އެގޮތުން ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު މާފަންނު މެދު ދާއިރާގެ ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރާ ޖަލްސާގައި ޚިޔާލުފާޅު ކުރަން ބޭނުންވާ މީހުން އެކަން އަންގާ ދިނުމަށް އެދިވަޑައިގެން އަސްމާ ކުރެއްވި މެސެޖާ ގުޅިގެން އޭނާ އަށް ފިޔަވަޅު އެޅިކަން މީކާއިލް ފާހަގަކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ޚިޔާލުފާޅު ކުރަން ބޭނުންވާ މީހުން އަންގަން އެދުމުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވެސް ވަނީ އެދިފަ އެވެ. ނަމަވެސް މުއިއްޒު ޕާޓީ އިން ފިޔަވަޅު އެޅި އަސްމާ އަށް އެކަންޏެވެ. އެކަން ފާހަގަކުރައްވާ މީކާއިލް ވިދާޅުވީ އަސްމާ އަށް ފިޔަވަޅު އެޅީ އެއީ އަންހަނަކަށް ވީތީ ކަމަށެވެ.

ނިކަން ބައްލަވާ މާފަންނު މެދު ދާއިރާގެ މެންބަރާ މެދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕީއެންސީ އިން އަމަލު ކުރެއްވި ގޮތް. ހަމަ އެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރެއް ނޫންތޯ މީގެ ކުރިން، މާލޭގެ ރައްޔިތުންނަށް ލިބިފައިވާ ގޯތިތައް އަތުލައި، އަދި އެ ނޫން ވެސް މިކަހަލަ ވަރަށް ސްކޭންޑެލަސް ވާހަކަ މަޖިލީހުގައާ، އެބޭފުޅުންގެ އަމަލުތަކުން ދައްކަވަމުން ދަނީ. ފިޔަވަޅެއް ނާޅާ، މުގައްރިރުކަމުން ވަކި ނުކުރައްވާ. ދަތުރުތަކެއް ކެންސަލް ނުކުރައްވާ،
މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

އަސްމާގެ އެ މެސެޖާއި ގުޅިގެން ރައީސް ވަނީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާފަ އެވެ.

އަސްމާ ވަނީ ވީހާވެސް ގިނަ ރައްޔިތުންގެ ސުވާލާއި ހިޔާލު ރައީސް އަށް ހުށަހެޅުމަށް ފުރުސަތު ހޯދާ ދިނުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އަސްމާ އާއި މެދު ރައީސް ކޯފާ އިސް ކުރައްވާފައި ވާއިރު އޭނާ އާއި މެދު ބައެއް އެހެން ފިޔަވަޅުތައް މި ދަނޑިވަޅުގައި ވަނީ އަޅާފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން ދުރުކުރުމުގެ އިތުރުން ޔޫކޭ-މޯލްޑިވްސް ފްރެންޑްޝިޕް ގްރޫޕުގެ ޗެއާ ކަމުން ދުރުކުރުން ހިމެނެ އެވެ. ހަމަ އެހެންމެ އަސްމާ ޔޫކޭ އަށް ކުރެއްވުމަށް ހަމަޖެހިފައި އޮތް މަޖިލީހުގެ ދަތުރުވެސް ހަމަ މި ދަނޑިވަޅާއި ދިމާކޮށް ވަނީ ކެންސަލްކޮށްފަ އެވެ. އެހެންކަމުން މިއީ އިއްތިފާގެއް ކަމަށް ގިނަ ބަޔަކު ގަބޫލު ނުކުރެ އެވެ.

މަޖިލިސް މެމްބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕަށް ރައީސް ކުރެއްވި މެސެޖުން އެ މަނިކުފާނު އަސްމާ އާއި މެދު ކޯފާ އިސްކުރެއްވިކަން ހާމަވެ އެވެ. ރައީސް ގެ މެސެޖުގައި އަސްމާގެ ސަބަބުން އެ މަނިކުފާނު ބަދުނާމުވި ކަމަށް ސިފަކުރައްވާ އަސްމާ އާއި މެދު ވަރަށް ބޮޑަށް މާޔޫސްވެވަޑައިގަންނަވާފައިވާ ކަަމަށް ވަނީ ވިދާޅުވެފަ އެވެ.

އެހެންކަމުން އާއްމުންނަށް ފެންނާނެހެން މަޢާފަށް އެދުމަށް އަސްމާ އަށް ވަނީ އަންގަވާފަ އެވެ. އެ އެންގުމާއި އެއްގޮތަށް އަސްމާ ވަނީ މަޢާފަށް އެދިވަޑައިގެން ބަޔާނެއް އާއްމު ކުރައްވާފަ އެވެ.

މީކާއިލް ތަކުރާރު ކޮށް ވިދާޅުވީ މެންބަރު އަސްމާ އަށް ފިޔަވަޅު އެޅީ އެއީ އަންހެނަކަށް ވީތީ ކަމަށެވެ. އަދި ޕީއެންސީގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.

މީކާއިލް އަހުމަދު ނަސީމްރައްޔިތުންގެ މަޖިލިސްޕީއެންސީ ޕާލިމެންޓްރީ ގްރޫޕް

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު