Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެއަރ އިންޑިއާ

އިންޖީނަށް މައްސަލަ ޖެހި އެއާ އިންޑިއާ އެއަރބަސް ޖެޓެއް ގްރައުންޑް ކޮށްފި

15 ޖެނުއަރީ 2026 | ބުރާސްފަތި 10:51

އެއާ އިންޑިއާގެ އޭ350 ބޯޓުގެ އިންޖީނަށް ލިބުނު ގެއްލުމަކާ ގުޅިގެން އެ ބޯޓުގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާއިރު، މި ކަމުގެ ސަބަބުން ދުރު ރާސްތާގެ ދަތުރުތަކަށް ބުރޫއަރާނެ ކަމަށް ބެލޭ.

ރާއްޖެ އެމްވީ | 15 ޖެނުއަރީ 2026 | ބުރާސްފަތި 10:51
އެއަރ އިންޑިއާ ބޮއިންގް 777-300އީއާރު ބޯޓެއް ޗިކާގޯގެ އިލިނޮއީ ވައިގެ ބަނދަރުގައި

އެއަރ އިންޑިއާ ބޮއިންގް 777-300އީއާރު ބޯޓެއް ޗިކާގޯގެ އިލިނޮއީ ވައިގެ ބަނދަރުގައި | ރޮއިޓަސް

އެއާ އިންޑިއާގެ އެއާބަސް އޭ350 މަރުކާގެ ބޯޓެއްގެ އިންޖީނަށް ލިބުނު ގެއްލުމަކާ ގުޅިގެން، އެ ބޯޓުގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފި ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

މިކަމުގެ ސަބަބުން އެ އެއާލައިނުން ކުރަމުންދާ ދުރު ރާސްތާގެ ދަތުރުތަކަށް ބުރޫއަރާފާނެ ކަމަށް ބެލެވެއެވެ.

ޖުމްލަ ހަ އޭ350 ބޯޓު އޮޕަރޭޓްކުރާ އެއާ އިންޑިއާ އިން، މި ބޯޓުތައް އާންމުކޮށް ބޭނުންކުރަނީ ލަންޑަނާއި ނިއުޔޯކް ފަދަ ދުރު މަންޒިލްތަކަށް ކުރާ ދަތުރުތަކުގަ އެވެ. އެ އާލައިނުން ހާމަކުރި ގޮތުގައި، މި ބޯޓުގެ އިންޖީނަށް ގެއްލުންވީ ނިއުދިއްލީގެ ވައިގެ ބަނދަރުގައި ބޯ ދުންފިނީގެ ތެރޭގައި ބޯޓު ދުއްވަނިކޮށް، އެއްޗެއް އިންޖީނުތެރެ އަށް ވަނުމުގެ ސަބަބުންނެވެ.

ދިއްލީން ފުރައިގެން ނިއުޔޯކަށް ދަތުރުކުރި މި ބޯޓަށް، އީރާނުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކުރުމާ ގުޅިގެން، ދަތުރުގެ މިސްރާބު ބަދަލުކޮށް އަނބުރާ ފުރި މަންޒިލަށް އަންނަން މަޖުބޫރުވި އެވެ.

އެމެރިކާ އާއި އީރާނާ ދެމެދު އަސްކަރީ ކުރިމަތިލުމެއް ހިނގާފާނެ ކަމުގެ ބިރު އޮތުމުން، ގާތްގަނޑަކަށް ފަސް ގަޑިއިރަށް އީރާނުގެ ވައިގެ ސަރަހައްދު ބަންދުކުރުމަށްފަހު މިހާރު ވަނީ އަލުން ހުޅުވާލާފަ އެވެ. މި ހާލަތާ ގުޅިގެން ގިނަ އެއާލައިންތަކެއްގެ ދަތުރުތައް ކެންސަލްކުރުމާއި، މަގު ބަދަލުކުރުމާއި، އަދި ދަތުރުތައް ލަސްވުން ފަދަ ގިނަ ދަތިތަކަކާ ވަނީ ކުރިމަތިވެފައެވެ.

މަސްދަރު: ރޮއިޓާސް

އެއަރ އިންޑިއާއެއާބަސް އޭ350

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

06 ޑިސެމްބަރު 2025
މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި
28 ޖެނުއަރީ 2022

ޓާޓާ ކުންފުނިން އެއަރ އިންޑިއާއާއި ހަވާލުވެއްޖެ

28 ޖެނުއަރީ 2022
ޓާޓާ ކުންފުނިން އެއަރ އިންޑިއާއާއި ހަވާލުވެއްޖެ
11 އޮކްޓޯބަރު 2021

ގެއްލުމުގައި ހިންގަމުން އައި އެއަރ އިންޑިޔާ ޓާޓާއިން ގަނެފި

11 އޮކްޓޯބަރު 2021
ގެއްލުމުގައި ހިންގަމުން އައި އެއަރ އިންޑިޔާ ޓާޓާއިން ގަނެފި
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
28 ޖެނުއަރީ 2017

އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

28 ޖެނުއަރީ 2017
އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
26 ޖެނުއަރީ 2017

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

26 ޖެނުއަރީ 2017
އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސްގެ ކާގޯ ފްލައިޓެއް ކިރިގިސްތާނަށް ވެއްޓި މަދުވެގެން 20 މަރު

16 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސްގެ ކާގޯ ފްލައިޓެއް ކިރިގިސްތާނަށް ވެއްޓި މަދުވެގެން 20 މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް