Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޓާޓާ ކުންފުނިން އެއަރ އިންޑިއާ އާއި ހަވާލުވުން

ޓާޓާ ކުންފުނިން އެއަރ އިންޑިއާއާއި ހަވާލުވެއްޖެ

ޓާޓާއިން ބިޑް ކާމިޔާބުކުރީ 2.4 ބިލިއަން ޑޮލަރު ހުށަހަޅައިގެން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2022 | ހުކުރު 02:04
އެއަރ އިންޑިއާގެ މަތިންދާ ބޯޓެއް

އެއަރ އިންޑިއާގެ މަތިންދާ ބޯޓެއް

އިންޑިއާގެ ސަރުކާރުން ހިންގަމުން އައި އެއާރ އިންޑިއާ އާއި ޓާޓާ ކުންފުނިން ހަވާލުވެއްޖެއެވެ.

ގެއްލުމުގައި އެތައް އަހަރުތަކެއް ވަންދެން ހިންގަމުން އައި އެއަރ އިންޑިއާ ގަތުމަށް އެންމެ ބޮޑު ބިޑެއް ހުށަހަޅައިގެން ޓާޓާއިން އެއަރ އިންޑިއާ އެއަރލައިން ގަނެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުއެވެ. ޓާޓާ ކުންފުނިން އެއަރ އިންޑިއާ އާއި ހަވާލުވެފައިވަނީ ބުރާސްފަތި ދުވަހުއެވެ.

Advertisement - businessAdvertisement

އެއާ އިންޑިއާގެ ހޮލްޑިން ކުންފުނި "ޓެލެސް"ގެ ބިޑެއް ކާމިޔާބުކޮށް، އެ އެއާލައިންގެ 100 އިންސައްތަ ހިއްސާ ޓާޓާ ގްރޫޕުން ވަނީ ގަނެފައެވެ. އަދި ގްރައުންޑް ސާރވިސްގެ 50 އިންސައްތަ ހިއްސާވެސް ޓާޓާއިން ވަނީ ގަނެފައެވެ. ޓާޓާއިން މިބިޑް ކާމިޔާބުކުރީ 2.4 ބިލިއަން ޑޮލަރު ހުށަހަޅައިގެންނެވެ.

ޓާޓާ ކުންފުނިން އެއަރ އިންޑިޔާ އާއި ހަވާލުވިކަން ހާމަކޮށް އިންޑިޔާގެ ފިނޭންސް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިކިޔުޓީގެ ގޮތުގައި ސަރުކާރަށް 360 މިލިއަން ޑޮލަރު ޓާޓާ ކުންފުނީގެ ފަރާތުން ލިބިފައިވާކަމަށެވެ.

އިންޑިއާ ސަރުކާރުން އެއަރ އިންޑިއާ ވިއްކާލީ އެ އެއާލައިން މުޅިން ބަނގުރޫޓްވެ، މާލީގޮތުން އިނދަޖެހިފައި ވަނިކޮށެވެ. އެ ކުންފުނި ވިއްކާލަން އިންޑިއާ ސަރުކާރުން އުޅޭތާ އަހަރުތަކެއް ވެއްޖެއެވެ. އެގޮތުން ފާއިތުވި ހަތަރު އަހަރު އިންޑިއާ ސަރުކަރުން ވަނީ އެއަރ އިންޑިއާ ގަންނާނެ ބަޔަކު ހޯދުމަށް މަސައްކަތްކޮށްފައެވެ. އެކަމަށް އެންމެ ފަހުން މަސައްކަތްފެށީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.

ފާއިތުވި 10 އަހަރު އިންޑިއާ ސަރުކާރުން ވަނީ އެއަރ އިންޑިއާއަށް 15 ބިލިއަން ޑޮލަރު ހޭދަކޮށްފައެވެ.

އެއާރ އިންޑިއާގެ އެސެޓްތަކުގެ ތެރޭގައި ލަންޑަނުގެ ހީތުރޯ އެއާޕޯޓުގެ ސްލޮޓްތަކާއި 130 މަތިންދާބޯޓުގެ ފްލީޓެއް ހިމެނެއެވެ. އޭގެ އިތުރުން ތަމްރީނުކޮށްފައިވާ އެތައް ހާސް ޕައިލެޓުންނާއި ކްރޫން ހިމެނެއެވެ.

އެއާރ އިންޑިއާ 2007 ވަނަ އަހަރު މާރޖްކުރި ފަހުން ޤައުމީ އެއަރލައިނަށް ދިޔައީ ގެއްލުން ވަމުންނެވެ. އެއާރލައިން ހިންގުމަށް ސަރުކާރުން ދިޔައީ ބޮޑު ހޭދައެއްވެސް ކުރަމުންނެވެ. ސަރުކާރުން ބުނީ އެއާލައިން ހިންގަމުން ދިޔައީ ދުވާލަކު 2.6 މިލިއަން ޑޮލަރުގެ ގެއްލުމަކާ އެކު ކަމަށެވެ.

ގެއްލުމުގެ ސަބަބެއް ކަމަށް އެއާލައިނުން ބުނަމުން ދިޔައީ އޭވިއޭޝަން ފިއުލްގެ އަގުބޮޑުވުމާއި އެއާޕޯޓް ޗާޖްތައް ބޮޑުވުމާއި ބަޖެޓް އެއާލައިންތަކުގެ ވާދަވެރިކަން ބޮޑުވުމާއި އަދި ރުޕީސްގެ އަގު ވެއްޓުމުގެ ސަބަބުން ކަމަށެވެ.

އެއާ އިންޑިއާ ކުންފުނީގައި ކުދި ބޯޓުތަކާއި ބޮޑު އަދި މެދު ސައިޒްގެ ބޯޓުތައް ހިމެނޭގޮތަށް 130 މަތިންދާބޯޓު އޮވެއެވެ. ނަމަވެސް މީގެތެރެއިން ގިނަ ބޯޓުތަކަކީ ބައު ބޯޓުތަކެވެ.

ޓާޓާއަކީ އެންމެ ފުރަތަމަ އެއަރ އިންޑިއާ އުފެއްދި ކުންފުންޏެވެ. އެއީ 1932 ވަނަ އަހަރުއެވެ. އެއަރ އިންޑިޔާއަކީ އިންޑިއާގެ ޤައުމީ އެއަރލައިން ކަމުގައި ހަމަޖެހިގެން ދިޔައީ 1953 ވަނަ އަހަރުއެވެ.

އެއަރ އިންޑިއާގެ ޖުމްލަ ދަރަނި 8.2 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. އޭގެތެރެއިން ޓާޓާއިން ވަނީ 2 ބިލިއަން ޑޮލަރާ ހަވާލުވެފައެވެ.

ޓާޓާއިން މިހާރުވެސް ދެ އެއަރ ލައިނެއް ހިންގައެވެ. އެއީ ވިސްތާރާ އާއި އެއަރ އޭޝިޔާ އިންޑިއާއެވެ. އެއަރ އިންޑިއާ ހިންގަން ފެށުމާއެކު ޓާޓާއަށް އިންޑިއާގެ ޑޮމެސްޓިކް އޭވިއޭޝަންގެ 27 އިންސައްތަ ޝެއަރ ލިބިގެންދާނެއެވެ.

އެއަރ އިންޑިއާއިންޑިއާ

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

06 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު