Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އީރާނަށް ދެވިދާނެ ހަމަލާތަކާ ގުޅޭ މައުލޫމާތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަރުވައިފި

އެމެރިކާ އިން އަސްކަރީ ފިޔަވަޅެއް އަޅާ ނަމަ ބޮޑަށް ބަލާނީ ވައިގެ މަގުން ހަމަލާދިނުމަށް. މީގެ އިތުރުން އީރާނުގެ އަސްކަރީ ކޮމާންޑް ސިސްޓަމްތަކާއި މުވާޞަލާތީ ވިއުގަތަކަށް ބުރޫއަރުވާލުމުގެ ފިޔަވަޅުތަކެއް ވެސް ދަނީ ރޭވެމުން.

ރާއްޖެ އެމްވީ | 13 ޖެނުއަރީ 2026 | އަންގާރަ 09:13
އީރާނުގައި ހިނގަމުންދާ މުޒާހަރާތަކުގައި އުޅަނދެއްގައި ރޯކޮށްލާފައި

އީރާނުގައި ހިނގަމުންދާ މުޒާހަރާތަކުގައި އުޅަނދެއްގައި ރޯކޮށްލާފައި | އޭބީސީ ނިއުސް

އީރާނާ ދެކޮޅަށް ބޭނުން ކުރެވިދާނެ އަސްކަރީ އަދި ސިއްރު އޮޕަރޭޝަންތަކާ ގުޅޭ މަޢުލޫމާތު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަރުވައިފި ކަމަށް އެމެރިކާގެ ދިފާޢީ ވުޒާރާ (ޕެންޓަގަން) ގެ އޮފިޝަލުންނާ ހަވާލާދީ ސީ.ބީ.އެސް ނިއުސް އިން ރިޕޯޓްކޮށްފި އެވެ.

މި މަޢުލޫމާތު ހިއްސާކުރި މަޞްދަރުތަކުން ބުނާގޮތުގައި، އީރާނަށް ހަމަލާދިނުމުގައި ދުރުރާސްތާގެ މިސައިލް ބޭނުންކުރުމުގެ އިތުރުން، ސައިބަރ އޮޕަރޭޝަންތަކާއި ނަފްސާނީ ހަނގުރާމައިގެ އުކުޅުތައް ބޭނުންކުރުމުގެ އިޚްތިޔާރުތައް ވެސް ޕެންޓަގަންގެ އޮފިޝަލުން ވަނީ ރައީސް ޓްރަމްޕަށް ހުށަހަޅާފަ އެވެ.

އީރާނާ އެކު ވިޔަފާރީގެ ގުޅުން ބާއްވާ ޤައުމުތަކުން އެމެރިކާ އަށް އެތެރެކުރާ މުދަލުން 25 އިންސައްތައިގެ ޓެރިފެއް ނަގާނެކަން ޓްރަމްޕް ވަނީ ހޯމަ ދުވަހު އިޢުލާން ކުރައްވާފަ އެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި، އެމެރިކާ އާއެކު މަޝްވަރާކުރުމަށް ތެހެރާން އޮތީ ތައްޔާރަށެވެ. ނަމަވެސް، ކުރިމަތިވެދާނެ ހަނގުރާމައަކަށް ވެސް އީރާނުން އޮތީ ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޓްރަމްޕްގެ ޤައުމީ ސަލާމަތާ ބެހޭ ޓީމުން އަންގާރަ ދުވަހު ވައިޓް ހައުސްގައި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެހެންނަމަވެސް، މި ބައްދަލުވުމުގައި ރައީސް ޓްރަމްޕް ބައިވެރިވެ ވަޑައިގަންނަވާނެ ކަން އަދި ސާފެއް ނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އީރާނުގެ މުޒާހަރާތަކުގައި އިތުރު މީހުން މަރުވާ ނަމަ، އެމެރިކާގެ އަސްކަރިއްޔާ އިން "ވަރުގަދަ ފިޔަވަޅުތަކެއް" އެޅުމަށް ވިސްނަމުންދާ ކަމަށް ރައީސް ޓްރަމްޕް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި އީރާނުގެ ލީޑަރުން މަޝްވަރާ ކުރުމަށް އެދިވަޑައިގެންފައިވާ ކަމަށާއި، ނަމަވެސް ބައްދަލުވުމެއް ބޭއްވުމުގެ ކުރިން ފިޔަވަޅެއް އަޅަން ޖެހިދާނެ ކަމަށްވެސް ޓްރަމްޕް ފާހަގަކުރެއްވި އެވެ.

އީރާނުގެ ފައިސާގެ އަގު އިންތިހާ އަށް ވެއްޓުމާއި، ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަ ތަކުގެ ސަބަބުން ވިޔަފާރިވެރިން ފެށި އިހުތިޖާޖުތައް ފަހުން ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފަ އެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވްިޓް ވިދާޅުވި ގޮތުގައި، އީރާނުގެ އޮފިޝަލަކު ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފްއާ މުޢާމަލާތް ކުރައްވާފައިވެ އެވެ. އަދި އީރާނުން އާންމުކޮށް ދައްކާ ވާހަކަތަކާއި، ސިއްރުން އެމެރިކާ ސަރުކާރަށް ފޮނުވާ މެސެޖުތަކާ ދެމެދު ބޮޑެތި ތަފާތުތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

އެހެންނަމަވެސް، ރައީސް ޓްރަމްޕަށް ފެނިވަޑައިގަންނަވާ ހާލަތެއްގައި އަސްކަރީ ބާރުގެ ބޭނުންކުރުމަށް އެމަނިކުފާނު ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ލީވްިޓް ވަނީ އިންޒާރު ދެއްވާފައެވެ.

މި މައްސަލައިގެ މަޢުލޫމާތު ހުރި އޮފިޝަލުން ބުނާ ގޮތުގައި، އެމެރިކާ އިން އަސްކަރީ ފިޔަވަޅެއް އަޅައިފިނަމަ ބޮޑަށް ބަލާނީ ވައިގެ މަގުން ހަމަލާދިނުމަށެވެ. މީގެ އިތުރުން އީރާނުގެ އަސްކަރީ ކޮމާންޑް ސިސްޓަމްތަކާއި މުވާޞަލާތީ ވިއުގަތަކަށް ބުރޫއަރުވާލުމުގެ ފިޔަވަޅުތަކެއް ވެސް ދަނީ ރޭވެމުންނެވެ.

މީގެ އިތުރުން، އީރާނުގައި ތިބި އެމެރިކާގެ ރައްޔިތުން އެ ޤައުމުން ފޭބުމަށް ނުވަތަ ސަރުކާރުގެ އެހީއަކާ ނުލައި އެ ޤައުމުން ނިކުމެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އެމެރިކާ ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މަސްދަރު: ބީބީސީ

އީރާން-އެމެރިކާރައީސް ޑޮނަލްޑް ޓްރަމްޕްޕެންޓަގަންކެރޮލައިން ލެވިޓްސްޓީވް ވިޓްކޮފް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނާ އެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ކޮންމެ ގައުމަކުން އެމެރިކާ އަށް އެތެރެކުރާ މުދަލުން 25 އިންސައްތައިގެ ޓެކްސް އެއް ނެގުމަށް ޓްރަމްޕް ނިންމަވައިފި

އީރާނާ އެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ކޮންމެ ގައުމަކުން އެމެރިކާ އަށް އެތެރެކުރާ މުދަލުން 25 އިންސައްތައިގެ ޓެކްސް އެއް ނެގުމަށް ޓްރަމްޕް ނިންމަވައިފި

13 ޖެނުއަރީ 2026
ޕުޓިންއާ މަޝްވަރާ ކުރެވޭ މިންވަރަށް ޙާލަތު ނުދޭ: އީޔޫ

ޕުޓިންއާ މަޝްވަރާ ކުރެވޭ މިންވަރަށް ޙާލަތު ނުދޭ: އީޔޫ

13 ޖެނުއަރީ 2026
ބުރާސްފަތި ދުވަހު ޓްރަމްޕް އާއި މަޗާޑޯ ބައްދަލު ކުރައްވަނީ

ބުރާސްފަތި ދުވަހު ޓްރަމްޕް އާއި މަޗާޑޯ ބައްދަލު ކުރައްވަނީ

13 ޖެނުއަރީ 2026
އީރާން އަށް އިންޓަނެޓު ދިނުމާ ގުޅޭ ގޮތުން ޓްރަމްޕް މަސްކާ ވާހަކަ ދައްކަވަނީ

އީރާން އަށް އިންޓަނެޓު ދިނުމާ ގުޅޭ ގޮތުން ޓްރަމްޕް މަސްކާ ވާހަކަ ދައްކަވަނީ

12 ޖެނުއަރީ 2026
އިންޒާރަށް ފަހު، މަޝްވަރާ ކުރަން ބޭނުންވާ ކަމަށް އީރާން އިން ބުނެފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އިންޒާރަށް ފަހު، މަޝްވަރާ ކުރަން ބޭނުންވާ ކަމަށް އީރާން އިން ބުނެފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

12 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު