Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން

ކަޅު ކަނޑުގައި ދަތުރުކުރަމުންދިޔަ ތެޔޮ ޓޭންކަރަކަށް ހަމަލާ ދީފި

ކަޅު ކަނޑުގެ އައްސޭރިފަށުން ދަތުރުކުރި ގްރީސްގެ ދެ ތެޔޮ ޓޭންކަރަކަށް ޑްރޯން ހަމަލާތައް އަމާޒުވެފައިވާއިރު، އެއީ ޔޫކްރެއިން އިން ދިން ހަމަލާތަކެއް ކަމަށް ރަޝިޔާ އިން ބުނޭ.

ރާއްޖެ އެމްވީ | 14 ޖެނުއަރީ 2026 | ބުދަ 15:13
ކަޅު ކަނޑުގައި ރަޝިޔާގެ ހިޔަނި ފްލީޓުގެ ދެ އުޅަނދެއް ގޮއްވާލުމުގެ ސަބަބުން އަލިފާނާއި  ބޯ ދުން އަރަނީ - ނޮވެމްބަރ 28, 2025.

ކަޅު ކަނޑުގައި ރަޝިޔާގެ ހިޔަނި ފްލީޓުގެ ދެ އުޅަނދެއް ގޮއްވާލުމުގެ ސަބަބުން އަލިފާނާއި ބޯ ދުން އަރަނީ - ނޮވެމްބަރ 28, 2025. | ރޮއިޓަސް

ކަޅު ކަނޑުގައި ދަތުރުކުރަމުންދިޔަ ގްރީސް ތެޔޮ ޓޭންކަރަކަށް ޔޫކްރެއިނުން ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ބުދަ ދުވަހު ރަޝިޔާ އިން ތުހުމަތުކޮށްފި އެވެ. 

އަންގާރަ ދުވަހު ގްރީސް އިން ހާމަކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ދެ ތެޔޮ ޓޭންކަރެއް ކަމަށްވާ 'މަޓިލްޑާ' އަދި 'ޑެލްޓާ ހާމަނީ' އަށް ވަނީ ޑްރޯން ހަމަލާތަކެއް އަމާޒުވެފަ އެވެ. މީގެ ތެރެއިން އެއް ޓޭންކަރަކީ ރަޝިޔާގެ އައްސޭރިފަށުން ކަޒަކިސްތާނުގެ ތެޔޮ ބަރުކުރުމަށް ހަމަޖެހިފައި އޮތް އުޅަނދެކެވެ.

ރަޝިޔާގެ ދިފާއީ ވުޒާރާއިން ޓެލެގްރާމް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މޯލްޓާގެ ދިދަ ޖަހައިގެން ދަތުރުކުރި 'މަޓިލްޑާ' ޓޭންކަރަށް، ކްރަސްނޯޑާ ސަރަހައްދުގެ އަނަޕާ ސިޓީއާ ގާތްގަނޑަކަށް 100 ކިލޯމީޓަރު ދުރުން ޔޫކްރޭނުގެ ދެ ޑްރޯން ހަމަލާދީފައިވާ ކަމަށެވެ. ނަމަވެސް، 'ޑެލްޓާ ހާމަނީ' އާ ގުޅޭގޮތުން ރަޝިޔާގެ ބަޔާނުގައި އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި މި ތުހުމަތުތަކާ ގުޅިގެން ޔޫކްރޭނުން މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.

ރަޝިޔާ އިން ޔޫކްރެއިނަށް އަރައިގަނެ، ގާތްގަނޑަކަށް ހަތަރު އަހަރަށް ދެމިގެންގޮސްފައިވާ ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ، އޭގެ ބަދަލުހިފުމުގެ ގޮތުން ޔޫކްރެއިނުން ދަނީ ރަޝިޔާގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ޑްރޯން ހަމަލާތައް ދެމުންނެވެ.

މި ހަމަލާތައް ކަޒަކިސްތާނާއި ގްރީސް އިން ވަނީ ބުދަ ދުވަހު ވަކިވަކިން ނެރުނު ބަޔާންތަކެއްގައި ކުށްވެރިކޮށްފަ އެވެ. ކަޒަކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ، ކެސްޕިއަން ޕައިޕްލައިން ކޮންސޯޓިއަމް (ސީ.ޕީ.ސީ) ގެ ޓާމިނަލަށް ދަތުރުކުރި ތިން ޓޭންކަރަކަށް ދިން ހަމަލާތަކާ މެދު ނުހަނު ކަންބޮޑުވާ ކަމަށެވެ. އަދި މިފަދަ ހާދިސާތައް އިތުރުވަމުން ދިއުމަކީ ބައިނަލްއަގުވާމީ ހަކަތައިގެ ވަސީލަތްތަކަށް އޮތް ބޮޑު ނުރައްކަލެއް ކަމަށްވެސް އެ ގައުމުން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން، ގްރީސް އިން ވެސް ވަނީ މި ހަމަލާތައް ކުށްވެރިކޮށް، އެ ގައުމުގެ ފޮރިން މިނިސްޓަރު ވިލާތުގެ އިއްތިހާދުގެ ބައިވެރިންނާއެކު މި މައްސަލައިގައި މަޝްވަރާ ކުރައްވާނެ ކަމަށް ބުނެފަ އެވެ.

ވޭތުވެދިޔަ ހަފުތާތަކުގައި، ޔޫކްރެއިންގެ ދެކުނު އައްސޭރިފަށުގެ އޮޑެއްސާ ސަރަހައްދުން ދަތުރުކުރި މުދާ އުފުލާ ބައެއް އުޅަނދުތަކަށް ރަޝިޔާ އިން ހަމަލާދީފައިވާ ކަމަށް ޔޫކްރެއިނުން ތުހުމަތުކޮށްފައިވެ އެވެ. އަދި ކަޅު ކަނޑުގައި ރަޝިޔާ އާ ގުޅުންހުރި ބައެއް އުޅަނދުތަކަށް ކާމިޔާބު ހަމަލާތަކެއް ދީފައިވާ ކަމަށްވެސް ޔޫކްރެއިން އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

މަސްދަރު: ރޮއިޓާސް

ރަޝިޔާ-ޔޫކްރެއިންކަޅު ކަނޑު (ބްލެކް ސީ)ގްރީސްކަޒަކިސްތާނުކެސްޕިއަން ޕައިޕްލައިން ކޮންސޯޓިއަމްރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2026

މި އަހަރުގެ މިހާތަނަށް ރަޝިޔާ އިން ޔުކްރެއިނަށް ދިން އެންމެ ވަރުގަދަ ހަމަލާތައް އަންގާރަ ދުވަހުގެ ފަތިހު ދީފި

13 ޖެނުއަރީ 2026
މި އަހަރުގެ މިހާތަނަށް ރަޝިޔާ އިން ޔުކްރެއިނަށް ދިން އެންމެ ވަރުގަދަ ހަމަލާތައް އަންގާރަ ދުވަހުގެ ފަތިހު ދީފި
13 ޖެނުއަރީ 2026

ޕުޓިންއާ މަޝްވަރާ ކުރެވޭ މިންވަރަށް ޙާލަތު ނުދޭ: އީޔޫ

13 ޖެނުއަރީ 2026
ޕުޓިންއާ މަޝްވަރާ ކުރެވޭ މިންވަރަށް ޙާލަތު ނުދޭ: އީޔޫ
10 ޖެނުއަރީ 2026

ރަޝިޔާގެ ތެޔޮ ރައްކާކުރާ ތަނަކަށް ޔޫކްރެއިނުން ޑްރޯނު ހަމަލާ އެއްދީ އެތަނުގައި ރޯކޮށްލައިފި

10 ޖެނުއަރީ 2026
ރަޝިޔާގެ ތެޔޮ ރައްކާކުރާ ތަނަކަށް ޔޫކްރެއިނުން ޑްރޯނު ހަމަލާ އެއްދީ އެތަނުގައި ރޯކޮށްލައިފި
10 ޖެނުއަރީ 2026

އދ ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ހޯމަ ދުވަހު

10 ޖެނުއަރީ 2026
އދ ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ހޯމަ ދުވަހު
09 ޖެނުއަރީ 2026

ރަޝިޔާ އިން ޔޫކްރެއިން އަށް ދިން ހަމަލާ އެއްގައި ގަތަރު އެމްބަސީ އަށް ގެއްލުން ވެއްޖެ

09 ޖެނުއަރީ 2026
ރަޝިޔާ އިން ޔޫކްރެއިން އަށް ދިން ހަމަލާ އެއްގައި ގަތަރު އެމްބަސީ އަށް ގެއްލުން ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު