Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން

މި އަހަރުގެ މިހާތަނަށް ރަޝިޔާ އިން ޔުކްރެއިނަށް ދިން އެންމެ ވަރުގަދަ ހަމަލާތައް އަންގާރަ ދުވަހުގެ ފަތިހު ދީފި

މި ހަމަލާތަކުގެ ސަބަބުން އިރުއުތުރުގެ ސިޓީ އެއް ކަމަށްވާ ހާކީވް އިން ހަތަރު މީހަކު މަރުވެފައިވާ ކަމަށް މައުލޫމާތު ލިބޭ.

ރާއްޖެ އެމްވީ | 13 ޖެނުއަރީ 2026 | އަންގާރަ 06:45
ޔޫކްރެއިން އިން ބޮން އަޅާފައިވާ އިމާރާތެއްގެ ތެރޭގައި ރަަޝިޔާ ސިފައިން ހަރަކާތްތެރި ވަނީ

ޔޫކްރެއިން އިން ބޮން އަޅާފައިވާ އިމާރާތެއްގެ ތެރޭގައި ރަަޝިޔާ ސިފައިން ހަރަކާތްތެރި ވަނީ | ގެޓީ އިމޭޖަސް

އަންގާރަ ދުވަހުގެ ފަތިހު ރަޝިޔާގެ އަސްކަރިއްޔާ އިން ޔޫކްރެއިންގެ އެންމެ ބޮޑު ދެ ސިޓީއަށް އަމާޒުކޮށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފި އެވެ.

މިއީ މިއަހަރުގެ މިހާތަނަށް ދިން އެންމެ ނުރައްކާތެރި ހަމަލާތައް ކަމަށް ޔޫކްރެއިންގެ އޮފިޝަލުންނާއި މީޑިއާތަކުން ރިޕޯޓްކުރެ އެވެ. މި ހަމަލާތަކުގެ ސަބަބުން އިރުއުތުރުގެ ސިޓީއެއް ކަމަށްވާ ހާކީވް އިން ހަތަރު މީހަކު މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޔޫކްރެއިންގެ ހާލަތު މޮނިޓަރ ކުރާ ޓެލެގްރާމް ޗެނަލްތަކުން ބުނާ ގޮތުގައި، ރޭގަނޑުގެ ވަގުތެއްގައި ގަޑިއެއްހާއިރުގެ ތެރޭގައި ގާތްގަނޑަކަށް 20 ބެލިސްޓިކް މިސައިލް ވަނީ ފޮނުވާލާފަ އެވެ. އެ ފަރާތްތަކުން މި ހަމަލާ ސިފަކޮށްފައި ވަނީ މިއަހަރުގެ މިހާތަނަށް ޔޫކްރޭނަށް ދިން އެންމެ ވަރުގަދަ އަދި މެދުނުކެނޑި ދިން ހަމަލާގެ ގޮތުގަ އެވެ.

ޔޫކްރެއިންގެ ސިފައިން މި ހަމަލާގެ ފުރިހަމަ ތަފްސީލާ ގުޅޭގޮތުން ވަގުތުން އެއްޗެއް ބުނެފައެއް ނުވެއެވެ. މީގެ އިތުރުން، ރަޝިޔާގެ ފަރާތުން ވެސް މި ހަމަލާތަކާ ގުޅިގެން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

ރަޝިޔާގެ ބޯޑަރާ 30 ކިލޯމީޓަރު (18 މޭލު) ކައިރީގައި އޮންނަ އަދި ގިނަގިނައިން ހަމަލާތައް އަމާޒުވާ ހާކީވްގެ ރީޖަނަލް ގަވަރުނަރު ވިދާޅުވީ، ސިޓީގެ ބޭރު ސަރަހައްދަށް ދިން ހަމަލާއެއްގައި ހަތަރު މީހަކު މަރުވެ، ހަ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތީއްސުރެ، އެގައުމުގެ ސިޓީތަކަށް ދަނީ ތަކުރާރުކޮށް މިސައިލާއި ޑްރޯން ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގައި މައިގަނޑު ގޮތެއްގައި ހަކަތަ އުފައްދާ ވަސީލަތްތަކަށް އަމާޒުކުރުމުގެ ސަބަބުން، ފިނި މޫސުމުގެ ދުވަސްވަރު އެތައް މިލިއަން ބަޔަކު ވަނީ ކަރަންޓާއި ހޫނުކުރާ ނިޒާމުތަކުން މަހުރޫމުވެފަ އެވެ. 

މަސްދަރު: ރޮއިޓާސް

ރަޝިޔާ-ޔޫކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2026

ޕުޓިންއާ މަޝްވަރާ ކުރެވޭ މިންވަރަށް ޙާލަތު ނުދޭ: އީޔޫ

13 ޖެނުއަރީ 2026
ޕުޓިންއާ މަޝްވަރާ ކުރެވޭ މިންވަރަށް ޙާލަތު ނުދޭ: އީޔޫ
10 ޖެނުއަރީ 2026

ރަޝިޔާގެ ތެޔޮ ރައްކާކުރާ ތަނަކަށް ޔޫކްރެއިނުން ޑްރޯނު ހަމަލާ އެއްދީ އެތަނުގައި ރޯކޮށްލައިފި

10 ޖެނުއަރީ 2026
ރަޝިޔާގެ ތެޔޮ ރައްކާކުރާ ތަނަކަށް ޔޫކްރެއިނުން ޑްރޯނު ހަމަލާ އެއްދީ އެތަނުގައި ރޯކޮށްލައިފި
10 ޖެނުއަރީ 2026

އދ ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ހޯމަ ދުވަހު

10 ޖެނުއަރީ 2026
އދ ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ހޯމަ ދުވަހު
09 ޖެނުއަރީ 2026

ރަޝިޔާ އިން ޔޫކްރެއިން އަށް ދިން ހަމަލާ އެއްގައި ގަތަރު އެމްބަސީ އަށް ގެއްލުން ވެއްޖެ

09 ޖެނުއަރީ 2026
ރަޝިޔާ އިން ޔޫކްރެއިން އަށް ދިން ހަމަލާ އެއްގައި ގަތަރު އެމްބަސީ އަށް ގެއްލުން ވެއްޖެ
07 ޖެނުއަރީ 2026

ޔޫކްރެއިން އަށް ސަލާމަތީ ޔަޤީންކަން ދިނުމަށް، ޔޫރަޕާއި އެމެރިކާގެ އިއްތިހާދުން އެއްބަސްވެއްޖެ

07 ޖެނުއަރީ 2026
ޔޫކްރެއިން އަށް ސަލާމަތީ ޔަޤީންކަން ދިނުމަށް، ޔޫރަޕާއި އެމެރިކާގެ އިއްތިހާދުން އެއްބަސްވެއްޖެ
01 ޖެނުއަރީ 2026

ރަޝިޔާ އިން ޔޫކްރެއިން ގައި ކުރަމުންދާ ހަނގުރާމަ ކާމިޔާބު ކުރައްވާނެ ކަމަށް ރަޝިޔާގެ ރައީސް ޕުޓިން ވިދާޅުވެއްޖެ

01 ޖެނުއަރީ 2026
ރަޝިޔާ އިން ޔޫކްރެއިން ގައި ކުރަމުންދާ ހަނގުރާމަ ކާމިޔާބު ކުރައްވާނެ ކަމަށް ރަޝިޔާގެ ރައީސް ޕުޓިން ވިދާޅުވެއްޖެ
01 ޖެނުއަރީ 2026

ސުލްޙައިގެ އެއްބަސްވުމާ 10 އިންސައްތަ ކައިރިވެފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

01 ޖެނުއަރީ 2026
ސުލްޙައިގެ އެއްބަސްވުމާ 10 އިންސައްތަ ކައިރިވެފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
31 ޑިސެމްބަރު 2025

ޔުކްރެއިން އަށް ތާއީދު ކުރާ ކޯލިޝަން އިން ޖަނަވަރީގައި ބައްދަލު ކުރަނީ

31 ޑިސެމްބަރު 2025
ޔުކްރެއިން އަށް ތާއީދު ކުރާ ކޯލިޝަން އިން ޖަނަވަރީގައި ބައްދަލު ކުރަނީ
29 ޑިސެމްބަރު 2025

ޔޫކްރެއިން އިން ޕޫޓިންގެ ގަނޑުވަރަށް ޑްރޯން ހަމަލާ އެއް ދިން ކަމަށް ރަޝިޔާ އިން ބުނާ ވާހަކަ ޒެލެންސްކީ ދޮގު ކުރައްވައިފި

29 ޑިސެމްބަރު 2025
ޔޫކްރެއިން އިން ޕޫޓިންގެ ގަނޑުވަރަށް ޑްރޯން ހަމަލާ އެއް ދިން ކަމަށް ރަޝިޔާ އިން ބުނާ ވާހަކަ ޒެލެންސްކީ ދޮގު ކުރައްވައިފި
29 ޑިސެމްބަރު 2025

ޓްރަމްޕް އާއި ޒެލެންސްކީ ގެ ބައްދަލުވުން މާ ބޮޑު ކުރިއެރުމެއް ނުލިބި ނިމިއްޖެ

29 ޑިސެމްބަރު 2025
ޓްރަމްޕް އާއި ޒެލެންސްކީ ގެ ބައްދަލުވުން މާ ބޮޑު ކުރިއެރުމެއް ނުލިބި ނިމިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު