Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން

ރަޝިޔާ އިން ޔޫކްރެއިން ގައި ކުރަމުންދާ ހަނގުރާމަ ކާމިޔާބު ކުރައްވާނެ ކަމަށް ރަޝިޔާގެ ރައީސް ޕުޓިން ވިދާޅުވެއްޖެ

1 ޖެނުއަރީ 2026 | ބުރާސްފަތި 08:57

އާ އަހަރުގެ ޚިޠާބުގައި ރަޝިޔާގެ ރައީސް ޕުޓިން ވިދާޅުވީ ޔޫކްރެއިން ހަނގުރާމަ ރަޝިޔާއިން ކާމިޔާބުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް. ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވީ ގައުމު ނިކަމެތިވާނެ ފަދަ ސުލްހައެއްގައި ސޮއިނުކުރައްވާނެ ކަމަށާއި ސުލްހައިގެ އެއްބަސްވުމުގެ ނުވަދިހަ ޕަސެންޓް ކަންކަން ނިމިފައިވާ ކަމަށް.

ރާއްޖެ އެމްވީ | 1 ޖެނުއަރީ 2026 | ބުރާސްފަތި 08:57
ރަޝިޔާގެ ރައީސް ވުލަޑިމިއާ ޕުޓިން

ރަޝިޔާގެ ރައީސް ވުލަޑިމިއާ ޕުޓިން

ރަޝިޔާ އިން ޔޫކްރެއިން ގައި ކުރަމުންދާ ހަނގުރާމަ ކާމިޔާބު ކުރައްވާނެ ކަމަށް ރަޝިޔާގެ ރައީސް ޕުޓިން ވިދާޅުވެއްޖެ އެވެ.

އާ އަހަރުގެ މުނާސަބަތުގައި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ދެއްވި ޚިޠާބުގައި، ޔޫކްރެއިން ހަނގުރާމަ ރަޝިޔާއިން ކާމިޔާބުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފައިވާއިރު، ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވަނީ ގައުމަށް ގެއްލުންވާނެ ފަދަ އެއްވެސް ސުލްހަކަށް އެއްބަސްނުވާނެ ކަމަށް ވިދާޅުވެފައެވެ.

ޔޫކްރެއިނަށް ރަޝިޔާ އިން އަރައިގަތްތާ ގާތްގަނޑަކަށް ހަތަރު އަހަރު ފުރެން ކައިރިވެފައި ވަނިކޮށް، ބުދަ ދުވަހު ގައުމާ މުޚާޠަބު ކުރައްވަމުން ޕޫޓިން ވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެ ގައުމުގައި ހަނގުރާމަކުރަމުންދާ ރަޝިޔާގެ ސިފައިންނަށް "ހީރޯއިން"ގެ ގޮތުގައި ނިސްބަތްކުރައްވައި، އެމީހުންނަށް އެއްބާރުލުން ދިނުމަށް ރަޝިޔާގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ސުލްހައިގެ މަޝްވަރާތަކާއި ވަރުގަދަ ހަމަލާތައް އެއްވަގުތެއްގައި ކުރިއަށްދާތީ، ހަނގުރާމަ ނިމޭނެ ގޮތެއް އަދިވެސް ކަށަވަރު ނުވާއިރު، ޕުޓިން ވިދާޅުވީ ރަޝިޔާ ގެ ސިފައިންނަށް ފުރިހަމަ އަށް އިތުބާރުކުރާ" ކަމަށެވެ.

ޕުޓިންގެ މި ޚިޠާބު މިއައީ، މީގެ 26 އަހަރު ކުރިން އޭރުގެ ރައީސް ބޮރިސް ޔެލްޓްސިން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވައި، އޭރުގެ ބޮޑުވަޒީރު އަދި ޖާސޫސީ އިދާރާގެ ކުރީގެ އޮފިސަރު ޕޫޓިންއާ ވެރިކަން ހަވާލުކުރެއްވި ތާރީޚީ ދަނޑިވަޅާ ދިމާކޮށްފައެވެ.

ވެރިކަމަށް ވަޑައިގަތުމަށްފަހު، ޕުޓިން ވަނީ ރަޝިޔާގެ ސިޔާސީ އޮނިގަނޑު އޭނާ ބޭނުންފުޅުވާ ގޮތަށް ބަދަލުކުރައްވާފަ އެވެ. އެގޮތުން 1991 ވަނަ އަހަރު ސޯވިއެޓް ޔޫނިއަން ރޫޅިގެން ދިޔުމާ ގުޅިގެން ލިބުނު ހީނަރުކަން ފޫބެއްދުމަށް މަސައްކަތް ކުރައްވާއިރު، ކުރީގެ ޑިކްޓޭޓަރު ޖޯސެފް ސްޓާލިންގެ ވެރިކަމަށް ތައުރީފު ކުރައްވައެވެ.

މީގެ އިތުރުން، ޕުޓިންގެ ޒަޢާމަތުގައި ޗެޗްނިޔާގެ މިނިވަންކަމަށް މަސައްކަތްކުރި ޖަމާއަތްތަކާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދީ، ޖޯޖިއާއަށް އަރައިގަނެ، އަދި ސީރިއާގެ ބައްޝާރުލް އަސަދުގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި އެ ގައުމުގެ އިދިކޮޅު ސަރަހައްދުތަކަށް ބޮންއަޅައި ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ.

ޔޫރަޕްގެ ގައުމުތަކުން ކަންބޮޑުވަނީ، މި ހަނގުރާމަ އަވަހަށް ނުނިމިއްޖެ ނަމަ ޔޫކްރެއިންގެ ބޯޑަރުން ބޭރަށް މި ހަމަނުޖެހުން ފެތުރިގެން ހިނގައިދާނެތީއެވެ.

އާ އަހަރުގެ ޚިޠާބުގައި ޒެލެންސްކީ ވިދާޅުވީ، ޔޫކްރެއިނުން ބޭނުންވަނީ ސުލްހަ ކަމަށާއި، ނަމަވެސް ގައުމު ނިކަމެތިވާނެ ފަދަ އެއްބަސްވުމެއްގައި ސޮއިނުކުރައްވާނެ ކަމަށެވެ. "އަޅުގަނޑުމެން ބޭނުންވަނީ ހަނގުރާމަ ނިމުމަކަށް ގެންނަން، އެކަމަކު އެއީ ޔޫކްރެއިންގެ ނިމުމަކަށް ވެގެން ނުވާނެ،" އޭނާ ވިދާޅުވިއެވެ.

ޒެލެންސްކީ އިތުރަށް ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ވަރަށް ބޮޑަށް ވަރުބަލިވެފައިވީ ނަމަވެސް، އަމާންދީ ބަލި ގަބޫލުކުރަން ތައްޔާރަށް ނެތް ކަމަށެވެ. އެމެރިކާ މެދުވެރިވެގެން ކުރިއަށްދާ މަޝްވަރާތަކުގައި ސުލްހައިގެ އެއްބަސްވުމުގެ %90 ކަންކަން ނިމިފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ސުލްހަ އާއި ޔޫކްރެއިން އަދި ޔޫރަޕްގެ މުސްތަގުބަލު ބިނާވެފައިވަނީ ބާކީ އޮތް 10 ޕަސެންޓް ގެ ކަންކަން ނިމިގެންދާ ގޮތެއްގެ މައްޗަށް ކަމަށެވެ.

ރަޝިޔާ-ޔޫކްރެއިންވްލަޑިމިއަރ ޕުޓިންވޮލޮޑިމިރް ޒެލެންސްކީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

01 ޖެނުއަރީ 2026

ސުލްޙައިގެ އެއްބަސްވުމާ 10 އިންސައްތަ ކައިރިވެފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

01 ޖެނުއަރީ 2026
ސުލްޙައިގެ އެއްބަސްވުމާ 10 އިންސައްތަ ކައިރިވެފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
31 ޑިސެމްބަރު 2025

ޔުކްރެއިން އަށް ތާއީދު ކުރާ ކޯލިޝަން އިން ޖަނަވަރީގައި ބައްދަލު ކުރަނީ

31 ޑިސެމްބަރު 2025
ޔުކްރެއިން އަށް ތާއީދު ކުރާ ކޯލިޝަން އިން ޖަނަވަރީގައި ބައްދަލު ކުރަނީ
29 ޑިސެމްބަރު 2025

ޔޫކްރެއިން އިން ޕޫޓިންގެ ގަނޑުވަރަށް ޑްރޯން ހަމަލާ އެއް ދިން ކަމަށް ރަޝިޔާ އިން ބުނާ ވާހަކަ ޒެލެންސްކީ ދޮގު ކުރައްވައިފި

29 ޑިސެމްބަރު 2025
ޔޫކްރެއިން އިން ޕޫޓިންގެ ގަނޑުވަރަށް ޑްރޯން ހަމަލާ އެއް ދިން ކަމަށް ރަޝިޔާ އިން ބުނާ ވާހަކަ ޒެލެންސްކީ ދޮގު ކުރައްވައިފި
29 ޑިސެމްބަރު 2025

ޓްރަމްޕް އާއި ޒެލެންސްކީ ގެ ބައްދަލުވުން މާ ބޮޑު ކުރިއެރުމެއް ނުލިބި ނިމިއްޖެ

29 ޑިސެމްބަރު 2025
ޓްރަމްޕް އާއި ޒެލެންސްކީ ގެ ބައްދަލުވުން މާ ބޮޑު ކުރިއެރުމެއް ނުލިބި ނިމިއްޖެ
29 ޑިސެމްބަރު 2025

ޔޫކްރެއިންނަށް ފޮނުވާ ޔޫރަޕްގެ ކޮންމެ އަސްކަރީ ފައުޖެއް ވާނީ ރަޝިޔާގެ ހައްގު ޓާގެޓަކަށް: ލަވްރޯވް

29 ޑިސެމްބަރު 2025
ޔޫކްރެއިންނަށް ފޮނުވާ ޔޫރަޕްގެ ކޮންމެ އަސްކަރީ ފައުޖެއް ވާނީ ރަޝިޔާގެ ހައްގު ޓާގެޓަކަށް: ލަވްރޯވް
29 ޑިސެމްބަރު 2025

ޓްރަމްޕް ވިދާޅުވީ ޕުޓިން އާއި ޒެެލެންސްކީ ވެސް ހުންނެވީ ސުލްޙަ އަށް ތައްޔާރަށް ކަމަށް

29 ޑިސެމްބަރު 2025
ޓްރަމްޕް ވިދާޅުވީ ޕުޓިން އާއި ޒެެލެންސްކީ ވެސް ހުންނެވީ ސުލްޙަ އަށް ތައްޔާރަށް ކަމަށް
28 ޑިސެމްބަރު 2025

ރަޝިޔާގެ ހަމަލާ ތަކުގެ ސަބަބުން ޔުކްރެއިންގެ 2600 އަށް ވުރެ ގިނަ އިމާރާތަކަށް ހޫނު ކުރެވޭނެ ގޮތެއް ނެތިފައި

28 ޑިސެމްބަރު 2025
ރަޝިޔާގެ ހަމަލާ ތަކުގެ ސަބަބުން ޔުކްރެއިންގެ 2600 އަށް ވުރެ ގިނަ އިމާރާތަކަށް ހޫނު ކުރެވޭނެ ގޮތެއް ނެތިފައި
27 ޑިސެމްބަރު 2025

ވަރަށް އަވަހަށް ޓްރަމްޕްއާ ބައްދަލު ކުރަން ރާވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

27 ޑިސެމްބަރު 2025
ވަރަށް އަވަހަށް ޓްރަމްޕްއާ ބައްދަލު ކުރަން ރާވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
24 ޑިސެމްބަރު 2025

ސުލްޙައިގެ އެއްބަސްވުމަށް ފަހު އިންތިޚާބު ބާއްވާނަން: ޒެލެންސްކީ

24 ޑިސެމްބަރު 2025
ސުލްޙައިގެ އެއްބަސްވުމަށް ފަހު އިންތިޚާބު ބާއްވާނަން: ޒެލެންސްކީ
24 ޑިސެމްބަރު 2025

ސީރިއާގެ ވަޒީރުން ރަޝިޔާގައި ޕުޓިންއާ ބައްދަލު ކުރައްވައި، އަސްކަރީ ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާ ކޮށްފި

24 ޑިސެމްބަރު 2025
ސީރިއާގެ ވަޒީރުން ރަޝިޔާގައި ޕުޓިންއާ ބައްދަލު ކުރައްވައި، އަސްކަރީ ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް