Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން

ރަޝިޔާ އިން ޔޫކްރެއިން އަށް ދިން ހަމަލާ އެއްގައި ގަތަރު އެމްބަސީ އަށް ގެއްލުން ވެއްޖެ

ޒެލެންސްކީ ވިދާޅުވީ، ހަނގުރާމައިގެ އަސީރުން ބަދަލުކުރުމަށް ރަޝިޔާއާއެކު ކުރެވޭ މަޝްވަރާތަކުގައި ޤަތަރުން މެދުވެރިއެއްގެ ގޮތުން މުހިންމު ދައުރެއް އަދާކުރަމުންދާ ކަމަށް.

ރާއްޖެ އެމްވީ | 9 ޖެނުއަރީ 2026 | ހުކުރު 09:04
ޔޫކްރެއިން އަށް ރަޝިޔާ އިން ދިން ހަމަލާ އެއް ގައި ގެއްލުން ވެފައިވާ އެޕާޓްމަންޓް އިމާރާތެއް - ޖެނުއަރީ 9، 2026

ޔޫކްރެއިން އަށް ރަޝިޔާ އިން ދިން ހަމަލާ އެއް ގައި ގެއްލުން ވެފައިވާ އެޕާޓްމަންޓް އިމާރާތެއް - ޖެނުއަރީ 9، 2026 | ރޮއިޓަސް

ރަޝިޔާ އިން ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ޔޫކްރެއިނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި، ވެރިރަށް ކީވް އާއި އެ ސިޓީގެ ރަށްބޭރުގައި ހުރި އާންމުން ދިރިއުޅޭ 20 އިމާރާތަކަށާއި، ޤަތަރުގެ އެމްބަސީ އަށް ގެއްލުން ލިބިފައިވާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ.

ޒެލެންސްކީ ވިދާޅުވި ގޮތުގައި، ހަމައެކަނި އާންމުން ދިރިއުޅޭ އިމާރާތްތަކުގެ ތެރެއިން 20 ތަނަކަށް ވަނީ ގެއްލުން ލިބިފައެވެ. އަދި ކީވް އިން ހަތަރު މީހަކު މި ހަމަލާތަކުގައި މަރުވެފައިވާ ކަމަށާއި، ރަޝިޔާގެ ޑްރޯން ހަމަލާއެއް ގައި ޤަތަރު އެމްބަސީގެ އިމާރާތަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ޓެލެގްރާމް މެދުވެރިކޮށް ޒެލެންސްކީ ވިދާޅުވީ، ހަނގުރާމައިގެ އަސީރުން ބަދަލުކުރުމަށް ރަޝިޔާއާއެކު ކުރެވޭ މަޝްވަރާތަކުގައި ޤަތަރުން މެދުވެރިއެއްގެ ގޮތުން މުހިންމު ދައުރެއް އަދާކުރަމުންދާ ކަމަށެވެ.

ރަޝިޔާ-ޔޫކްރެއިންވޮލޮޑިމިރް ޒެލެންސްކީކީވްގަތަރު

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2026

ޔޫކްރެއިން އަށް ސަލާމަތީ ޔަޤީންކަން ދިނުމަށް، ޔޫރަޕާއި އެމެރިކާގެ އިއްތިހާދުން އެއްބަސްވެއްޖެ

07 ޖެނުއަރީ 2026
ޔޫކްރެއިން އަށް ސަލާމަތީ ޔަޤީންކަން ދިނުމަށް، ޔޫރަޕާއި އެމެރިކާގެ އިއްތިހާދުން އެއްބަސްވެއްޖެ
03 ޖެނުއަރީ 2026

ޔުކްރެއިންގެ ޑިފެންސް މިނިސްޓަރު ބަދަލު ކުރަން ޒެލެންސްކީ ނިންމަވައިފި

03 ޖެނުއަރީ 2026
ޔުކްރެއިންގެ ޑިފެންސް މިނިސްޓަރު ބަދަލު ކުރަން ޒެލެންސްކީ ނިންމަވައިފި
01 ޖެނުއަރީ 2026

ރަޝިޔާ އިން ޔޫކްރެއިން ގައި ކުރަމުންދާ ހަނގުރާމަ ކާމިޔާބު ކުރައްވާނެ ކަމަށް ރަޝިޔާގެ ރައީސް ޕުޓިން ވިދާޅުވެއްޖެ

01 ޖެނުއަރީ 2026
ރަޝިޔާ އިން ޔޫކްރެއިން ގައި ކުރަމުންދާ ހަނގުރާމަ ކާމިޔާބު ކުރައްވާނެ ކަމަށް ރަޝިޔާގެ ރައީސް ޕުޓިން ވިދާޅުވެއްޖެ
01 ޖެނުއަރީ 2026

ސުލްޙައިގެ އެއްބަސްވުމާ 10 އިންސައްތަ ކައިރިވެފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

01 ޖެނުއަރީ 2026
ސުލްޙައިގެ އެއްބަސްވުމާ 10 އިންސައްތަ ކައިރިވެފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
31 ޑިސެމްބަރު 2025

ޔުކްރެއިން އަށް ތާއީދު ކުރާ ކޯލިޝަން އިން ޖަނަވަރީގައި ބައްދަލު ކުރަނީ

31 ޑިސެމްބަރު 2025
ޔުކްރެއިން އަށް ތާއީދު ކުރާ ކޯލިޝަން އިން ޖަނަވަރީގައި ބައްދަލު ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު