Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ސުލްޙައިގެ އެއްބަސްވުމާ 10 އިންސައްތަ ކައިރިވެފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

ސުލްޙައިގެ އެއްބަސްވުމުގެ 90 އިންސަައްތަ މިހާރު ނިމިފައިވާ ކަމަށާއި، ބާކީ އޮތީ 10 އިންސައްތަ ކަމަށް އޭނާ ވިދާޅުވި. ނަމަވެސް، އެއީ ނަންބަރު ތަކަކަށް ވުރެ ބޮޑު ކަމެއްގެ ގޮތުގައި ޒެލެންސްކީ ސިފަ ކުރެއްވި. ބާކީ އޮތް 10 އިންސައްތަ އަަށް އިޝާރާތް ކުރައްވައި ޒެލެންސްކީ ވިދާޅުވީ، އެއީ ސުލްޙައިގެ ވާހަކަތައް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2026 | ބުރާސްފަތި 08:22
ޔޫކްރެއިންގެ ރައީސް ޒެލެންސްކީ

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ

ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނެސް، ސުލްޙައިގެ އެއްބަސްވުމެއް ޤާއިމު ކުރުން 10 އިންސައްތަ އަށް ކައިރިވެފައިވާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހު ޒެލެންސްކީ ވިދާޅުވެފައި ވަނީ ހަނގުރާމަ ނިންމުމަށް ރަޝިޔާއާ އެކު އެއްބަސްވުމަކަަށް ދިޔުމަށް ޔޫކްރެއިން އިން އޮތީ ތައްޔާރަށް ކަމަށާއި، އެއްބަސްވުމަކާ ހަމައަށް ދިޔުން 10 އިންސައްތަ އަށް ކައިރިވެފައިވާ ކަމަށެވެ. ނަމަވެސް، އެންމެ މުހިންމު ކަމަށް ފާހަގަވެފައިވާ މައްސަލަތައް ހައްލު ނުވާ ކަމަށާއި، ރަޝިޔާ އަށް "އިނާމެއް" ލިބުމަކީ ވިސްނަން ޖެހޭ ކަމެއް ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. 

ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ އަކީ، ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ޔޫރަޕުގައި ހިނގަމުން އަންނަ އެންމެ ބޮޑު ހަނގުރާމަ އެވެ. މި ހަނގުރާމަ ނިންމުމަށް އެމެރިކާގެ އިސްނެގުމުގެ ދަށުން ޤައުމު ތަކުން މަސައްކަތް ކުރަމުން އަންނައިރު، ފާއިތުވި ހަފުތާގެ ތެރޭގައި ވަނީ ގިނަ މަސައްކަތް ތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ރަޝިޔާ އާއި ޔޫކްރެއިންގެ އޮފިޝަލުންނާ އެކު ވެސް އެމެރިކާ އިން ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ. 

ރަޝިޔާ އިން މިހާރު ވެސް ވަނީ ގާތް ގަނޑަކަށް ޔޫކްރެއިންގެ ސަރަހައްދުގެ 20 އިންސައްތަ ކޮންޓްރޯލް ކޮށްފަ އެވެ. އަދި ރަޝިޔާ އިން ބާރު އަޅަމުން އަންނަނީ ޔޫކްރެއިން އިން އެ ޤައުމުގެ ބިމުގެ ސަރަހައްދުން ބައި ތަކެއް ދޫކޮށްލުމަށެވެ. ޔޫކްރެއިން އިން ބުނެފައި ވަނީ، ރަޝިޔާ އިން ޑިމާންޑު ކުރާ ސަރަހައްދުތައް އެ ޤައުމުން ދޫކޮށްލައިފި ނަމަ، ރަޝިޔާ އަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށެވެ. 

އައު އަހަރާ ދިމާކޮަށް ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ، ޔޫކްރެއިން އިން އޮތީ ހަނގުރާމަ ނިންމުމަށް ބޭނުން ވެގެން ކަމަށެވެ. ނަމަވެސް، އެކަން ކުރުމަށް އެއްވެސް އަގެއް ދައްކަން ނުޖެހޭނެ ކަމަށާއި، އެކަމުން ރަޝިޔާ އަށް އިނާމެއް ވެސް ލިބިގެން ނުވާނެ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، ރަޝިޔާ އިން ހަމަލާ ދިނުން މުޅިން ހުއްޓާލާނެ ކަމުގެ ޔަގީންކަމުގެ އިތުރުން، ޔޫކްރެއިން އަށް ސަލާމަތީ ޔަގީންކަން ވެސް ބޭނުން ވާނެ ކަމަށެވެ. 

އެގޮތުން ސުލްޙައިގެ އެއްބަސްވުމުގެ 90 އިންސަައްތަ މިހާރު ނިމިފައިވާ ކަމަށާއި، ބާކީ އޮތީ 10 އިންސައްތަ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އެއީ ނަންބަރު ތަކަކަށް ވުރެ ބޮޑު ކަމެއްގެ ގޮތުގައި ޒެލެންސްކީ ސިފަ ކުރެއްވި އެވެ. ބާކީ އޮތް 10 އިންސައްތަ އަަށް އިޝާރާތް ކުރައްވައި ޒެލެންސްކީ ވިދާޅުވީ، އެއީ ސުލްޙައިގެ ވާހަކަތައް ކަމަށެވެ. އެއީ ޔޫކްރެއިން އާއި ރަޝިޔާގެ ވާހަތައް ކަނޑައަޅާ 10 އިންސައްތަ ކަމަށްް އޭނާ ވިދާޅުވި އެވެ. 

އައު އަހަރާ ބައްދަލު ކުރުމަށް ވާހަކަ ދައްކަވަމުން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވެފައި ވަނީ، ޔޫކްރެއިންގައި ކާމިޔާބު ހޯދާނެ ކަމުގެ ޔަގީންކަން އެ ޤައުމުގެ ރައްޔިތުންނަށް އަރުވާ ކަމަށެވެ. 2022 ވަނަ އަހަރު ފެށި ހަނގުރާމަ އަށް ހަތަރު އަހަރުވާން ކައިރިވެފައިވާއިރު، ޕުޓިން ވިދާޅުވަމުން ގެންދަވަނީ ރަޝިޔާ އިން ކަނޑައަޅާފައި ލަނޑު ދަނޑިތައް އެ ޤައުމުން ޙާސިލު ކުރާނެ ކަމަށެވެ. 

އެގޮތުން މިހާރު ކުރިއަށް ގެންދަމުން އަންނަ މަޝްވަރާތައް ނާކާމިޔާބު ވެއްޖެ ނަމަ، ބާރުގެ ބޭނުން ކޮށްގެން ވިޔަސް ޔޫކްރެއިންގެ ބިންތައް ހިފުމަށް ރަޝިޔާގެ ސިފައިން ނިންމާފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. ސިފައިންނާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވީ އެ ޤައުމުގެ ސިފައިންނާއި، އެ މީހުން ހޯދާ ކާމިޔާބަށް އިތުބާރު ކުރާ ކަމަށެވެ. 

މިދިޔަ ހަފުތާގެ ތެރޭގައި ރަޝިޔާ އިން ވަނީ އެ ޤައުމުގެ ހުޅަނގު އުތުރުގެ ނޮވްގޮރޮޑް ސަރަޙައްދުގައި ހުންނަ ޕުޓިންގެ ރަސްމީ ގަނޑުވަރަށް ޔޫކްރެއިން އިން ހަމަލާ ދީފައިވާ ކަމަށް ތުހުމަތު ކޮށްފަ އެވެ. އެކަން ޒެެލެންސްކީ ދޮގު ކުރައްވާފައި ވީ ނަމަވެސް، ރަޝިޔާ އިން ބުނެފައި ވަނީ އެކަމާ ގުޅިގެން އެ ޤައުމުގެ ސްޓޭންޑު ބަދަލު ކުރަން ޖެހިދާނެ ކަމަށެވެ. އަދި އެ މީހުންގެ ޕޮޒިޝަން އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ. 

މަސްދަރު: އޭއެފްޕީ

ރަޝިޔާ-ޔޫކްރެއިންވޮލޮޑިމިރް ޒެލެންސްކީވްލަޑިމިއަރ ޕުޓިންސުލްޙައިގެ އެއްބަސްވުންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުކްރެއިން އަށް ތާއީދު ކުރާ ކޯލިޝަން އިން ޖަނަވަރީގައި ބައްދަލު ކުރަނީ

ޔުކްރެއިން އަށް ތާއީދު ކުރާ ކޯލިޝަން އިން ޖަނަވަރީގައި ބައްދަލު ކުރަނީ

31 ޑިސެމްބަރު 2025
ޔޫކްރެއިން އިން ޕޫޓިންގެ ގަނޑުވަރަށް ޑްރޯން ހަމަލާ އެއް ދިން ކަމަށް ރަޝިޔާ އިން ބުނާ ވާހަކަ ޒެލެންސްކީ ދޮގު ކުރައްވައިފި

ޔޫކްރެއިން އިން ޕޫޓިންގެ ގަނޑުވަރަށް ޑްރޯން ހަމަލާ އެއް ދިން ކަމަށް ރަޝިޔާ އިން ބުނާ ވާހަކަ ޒެލެންސްކީ ދޮގު ކުރައްވައިފި

29 ޑިސެމްބަރު 2025
ޓްރަމްޕް އާއި ޒެލެންސްކީ ގެ ބައްދަލުވުން މާ ބޮޑު ކުރިއެރުމެއް ނުލިބި ނިމިއްޖެ

ޓްރަމްޕް އާއި ޒެލެންސްކީ ގެ ބައްދަލުވުން މާ ބޮޑު ކުރިއެރުމެއް ނުލިބި ނިމިއްޖެ

29 ޑިސެމްބަރު 2025
ޔޫކްރެއިންނަށް ފޮނުވާ ޔޫރަޕްގެ ކޮންމެ އަސްކަރީ ފައުޖެއް ވާނީ ރަޝިޔާގެ ހައްގު ޓާގެޓަކަށް: ލަވްރޯވް

ޔޫކްރެއިންނަށް ފޮނުވާ ޔޫރަޕްގެ ކޮންމެ އަސްކަރީ ފައުޖެއް ވާނީ ރަޝިޔާގެ ހައްގު ޓާގެޓަކަށް: ލަވްރޯވް

29 ޑިސެމްބަރު 2025
ޓްރަމްޕް ވިދާޅުވީ ޕުޓިން އާއި ޒެެލެންސްކީ ވެސް ހުންނެވީ ސުލްޙަ އަށް ތައްޔާރަށް ކަމަށް

ޓްރަމްޕް ވިދާޅުވީ ޕުޓިން އާއި ޒެެލެންސްކީ ވެސް ހުންނެވީ ސުލްޙަ އަށް ތައްޔާރަށް ކަމަށް

29 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު