Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔޫކްރެއިން

ޔޫކްރެއިން އިން ޕޫޓިންގެ ގަނޑުވަރަށް ޑްރޯން ހަމަލާ އެއް ދިން ކަމަށް ރަޝިޔާ އިން ބުނާ ވާހަކަ ޒެލެންސްކީ ދޮގު ކުރައްވައިފި

ރަޝިޔާގެ ފޮރިން މިނިސްޓަރ ލަވްރޯވް ވިދާޅުވީ ޕުޓިންގެ ގަނޑުވަރަކަށް 91 ޑްރޯން ބޭނުން ކޮށްގެން ޔޫކްރެއިން އިން ހަމަލާ ދީފައިވާނަމަވެސް އެހުރިހާ ޑްރޯނެއް ވެސް ވައިގެ ދިފާޢީ ނިޒާމުތަކުން ނައްތާލާފައިވާ ކަމަށް.

ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2025 | ހޯމަ 18:20
ރައީސް ވޮލޮޑިމިރ ޒެލެންސްކީ

ރައީސް ވޮލޮޑިމިރ ޒެލެންސްކީ

ރައީސް ވްލަޑިމިއަރ ޕުޓިންގެ ގަނޑުވަރަކަށް ޔޫކްރެއިން އިން ޑްރޯން ހަމަލާއެއް ދިން ކަމަށް ރަޝިޔާ އިން ކުރާ ތުހުމަތުތައް ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ދޮގުކުރައްވައިފި އެވެ.

ރަޝިޔާގެ ފޮރިން މިނިސްޓަރ ސާގޭ ލަވްރޮވް ވިދާޅުވީ، ރަޝިޔާގެ ހުޅަނގު އުތުރުގެ ނޮވްގޮރޮޑް ސަރަޙައްދުގައި ހުންނަ ޕުޓިންގެ ރަސްމީ ގަނޑުވަރަށް، 91 ޑްރޯން ބޭނުންކޮށްގެން ކީވް އިން ރޭގަނޑު ގަޑީގައި ހަމަލާއެއް ދީފައިވާ ކަމަށެވެ.

މިއާ އެކު ރަޝިޔާ އިން ބުނެފައިވަނީ، ސުލްހައިގެ މަޝްވަރާތަކުގައި އެ ޤައުމުގެ ޕޮސިޝަން މިހާރު މުރާޖަޢާ ކުރާނެ ކަމަށެވެ.

ޒެލެންސްކީ ވަނީ، މިއީ "އާންމުކޮށް ރަޝިޔާ އިން ހަދާފަދަ ދޮގެއް" ކަމަށް ވިދާޅުވެ އެވަހަކާތަކުން ރެކިވަޑައިގެންފަ އެވެ. އަދި އެއީ ޔޫކްރެއިން އަށް ދެމުންދާ ހަމަލާތައް ކުރިއަށް ގެންދިއުމަށް ކްރެމްލިން އިން ބަހަނާ އެއް ދެއްކުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ރަޝިޔާ އިން މީގެކުރިން ކީވް ގައި ހުންނަ ސަރުކާރުގެ އިމާރާތްތަކަށް ހަމަލާ ދީފައިވާ ކަމަށެވެ.

ޒެލެންސްކީ އެކްސް ގައި އިތުރަށް ވިދާޅުވީ، "މިވަގުތު ދުނިޔެ ހިމޭނުން އޮތުމަކީ ބުއްދިވެރިކަމެއް ނޫނެވެ. ދެމި އޮންނަ ސުލްހައެއް ޤާއިމުކުރުމުގެ މަސައްކަތް ހަލާކުކުރުމުގެ ފުރުސަތު ރަޝިޔާ އަށް ދީގެން ނުވާނެއެވެ."

ހޯމަ ދުވަހު ޓެލެގްރާމްގައި ޝާއިޢުކުރި ބަޔާނެއްގައި ލަވްރޮވް ވިދާޅުވީ، ޕުޓިންގެ ގަނޑުވަރަށް ހަމަލާ ދޭން ފޮނުވާލި 91 ޑްރޯން ވެސް ރަޝިޔާގެ ވައިގެ ދިފާޢީ ނިޒާމުތަކުން ހުއްޓުވައި ނައްތާލާފައިވާ ކަމަށެވެ.

އަދި މި ހަމަލާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ނުވަތަ  ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލަވްރޮވް ވިދާޅުވީ، "ކީވް ގެ ޖަރީމާ ސަރުކާރު އެއްކޮށް ނިކަމެތިވެ، ސްޓޭޓް ޓެރަރިޒަމްގެ ސިޔާސަތުތައް ބޭނުން ކުރަން ފަށާފައިވާތީ، ރަޝިޔާގެ މަޝްވަރާގެ ޕޮސިޝަނަށް ބަދަލުތަކެއް ގެނެވޭނެއެވެ."

ނަމަވެސް، އެމެރިކާ އާއެކު ކުރިއަށް ގެންދާ މަޝްވަރާތަކުން ރަޝިޔާ ނުކުންނަން ގަސްތު ނުކުރާ ކަމަށް ރަޝިޔާގެ ނޫސް އެޖެންސީ ޓާސް އިން ރިޕޯޓުކޮށްފައިވެއެވެ.

ވްލަޑިމިއަރ ޕުޓިންވޮލޮޑިމިރް ޒެލެންސްކީރަޝިޔާ-ޔޫކްރެއިންސަރްގޭ ލަވްރޯވްރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕް އާއި ޒެލެންސްކީ ގެ ބައްދަލުވުން މާ ބޮޑު ކުރިއެރުމެއް ނުލިބި ނިމިއްޖެ

ޓްރަމްޕް އާއި ޒެލެންސްކީ ގެ ބައްދަލުވުން މާ ބޮޑު ކުރިއެރުމެއް ނުލިބި ނިމިއްޖެ

29 ޑިސެމްބަރު 2025
ޔޫކްރެއިންނަށް ފޮނުވާ ޔޫރަޕްގެ ކޮންމެ އަސްކަރީ ފައުޖެއް ވާނީ ރަޝިޔާގެ ހައްގު ޓާގެޓަކަށް: ލަވްރޯވް

ޔޫކްރެއިންނަށް ފޮނުވާ ޔޫރަޕްގެ ކޮންމެ އަސްކަރީ ފައުޖެއް ވާނީ ރަޝިޔާގެ ހައްގު ޓާގެޓަކަށް: ލަވްރޯވް

29 ޑިސެމްބަރު 2025
ޓްރަމްޕް ވިދާޅުވީ ޕުޓިން އާއި ޒެެލެންސްކީ ވެސް ހުންނެވީ ސުލްޙަ އަށް ތައްޔާރަށް ކަމަށް

ޓްރަމްޕް ވިދާޅުވީ ޕުޓިން އާއި ޒެެލެންސްކީ ވެސް ހުންނެވީ ސުލްޙަ އަށް ތައްޔާރަށް ކަމަށް

29 ޑިސެމްބަރު 2025
ރަޝިޔާގެ ހަމަލާ ތަކުގެ ސަބަބުން ޔުކްރެއިންގެ 2600 އަށް ވުރެ ގިނަ އިމާރާތަކަށް ހޫނު ކުރެވޭނެ ގޮތެއް ނެތިފައި

ރަޝިޔާގެ ހަމަލާ ތަކުގެ ސަބަބުން ޔުކްރެއިންގެ 2600 އަށް ވުރެ ގިނަ އިމާރާތަކަށް ހޫނު ކުރެވޭނެ ގޮތެއް ނެތިފައި

28 ޑިސެމްބަރު 2025
ވަރަށް އަވަހަށް ޓްރަމްޕްއާ ބައްދަލު ކުރަން ރާވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

ވަރަށް އަވަހަށް ޓްރަމްޕްއާ ބައްދަލު ކުރަން ރާވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

27 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު