Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން

ރަޝިޔާގެ ތެޔޮ ރައްކާކުރާ ތަނަކަށް ޔޫކްރެއިނުން ޑްރޯނު ހަމަލާ އެއްދީ އެތަނުގައި ރޯކޮށްލައިފި

ފާއިތުވި މަސްތަކުގައި ޔޫކްރެއިނުން ދަނީ ރަޝިޔާގެ ހަކަތައާ ބެހޭ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާތައް ދެމުން.

ރާއްޖެ އެމްވީ | 10 ޖެނުއަރީ 2026 | ހޮނިހިރު 15:31
ޔޫކްރޭންގެ ޑްރޯން ހަމަލާއަކަށް ފަހު ރަޝިޔާގެ ތެޔޮ ރައްކާކުރާ ތަނެއްގައި ރޯވެފައި

ޔޫކްރޭންގެ ޑްރޯން ހަމަލާއަކަށް ފަހު ރަޝިޔާގެ ތެޔޮ ރައްކާކުރާ ތަނެއްގައި ރޯވެފައި | އޭޕީ ފޮޓޯ

ރަޝިޔާގެ ދެކުނުގެ ވޮލްގޯގްރޭޑް ސަރަޙައްދުގެ އޮކްޓިއަބްރްސްކީ ޑިސްޓްރިކްޓުގައި ހުރި ތެޔޮ ގުދަނަކަށް ޔޫކްރެއިނުން ދިން ޑްރޯން ހަމަލާއެއްގެ ސަބަބުން އެތަނުގައި އަލިފާން ރޯވެފައިވާ ކަމަށް އެ ސަރަޙައްދުގެ ކަމާބެހޭ ފަރާތްތަކުން ހޮނިހިރު ދުވަހު ބުނެފި އެވެ.

ގަވަރުނަރު އަންދްރޭ ބޮޗަރޯވްގެ ރަސްމީ ޓެލެގްރާމް ޗެނަލްގައި ޝާއިޢުކޮށްފައިވާ ޚަބަރެއްގައިވާ ގޮތުން، މިހާތަނަށް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް، އެ ސަރަޙައްދާ ކައިރީގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހިދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޔޫކްރެއިންގެ އަސްކަރިއްޔާއިން ހޮނިހިރު ދުވަހު ބުނި ގޮތުގައި، ރޭގަނޑުގެ ވަގުތެއްގައި އެގައުމުން ވަނީ 'ޒޫޓޯވްސްކާޔާ' ތެޔޮ ގުދަނަށް ހަމަލާދީފަ އެވެ.

ރަޝިޔާ އިން ކީވް އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމަށް ހުރަސްއެޅުމުގެ މަގުސަދުގައި، ފާއިތުވި މަސްތަކުގައި ޔޫކްރެއިނުން ދަނީ ރަޝިޔާގެ ހަކަތައާ ބެހޭ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.

ރަޝިޔާގެ ދިފާއީ ވުޒާރާއިން ހޮނިހިރު ދުވަހު ބުނި ގޮތުގައި، އެ ދުވަހު އެގައުމުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ޔޫކްރެއިންގެ 67 ޑްރޯން ވައްޓާލާފައެވެ.

ރަޝިޔާ-ޔޫކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2026

އދ ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ހޯމަ ދުވަހު

10 ޖެނުއަރީ 2026
އދ ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ހޯމަ ދުވަހު
09 ޖެނުއަރީ 2026

ރަޝިޔާ އިން ޔޫކްރެއިން އަށް ދިން ހަމަލާ އެއްގައި ގަތަރު އެމްބަސީ އަށް ގެއްލުން ވެއްޖެ

09 ޖެނުއަރީ 2026
ރަޝިޔާ އިން ޔޫކްރެއިން އަށް ދިން ހަމަލާ އެއްގައި ގަތަރު އެމްބަސީ އަށް ގެއްލުން ވެއްޖެ
07 ޖެނުއަރީ 2026

ޔޫކްރެއިން އަށް ސަލާމަތީ ޔަޤީންކަން ދިނުމަށް، ޔޫރަޕާއި އެމެރިކާގެ އިއްތިހާދުން އެއްބަސްވެއްޖެ

07 ޖެނުއަރީ 2026
ޔޫކްރެއިން އަށް ސަލާމަތީ ޔަޤީންކަން ދިނުމަށް، ޔޫރަޕާއި އެމެރިކާގެ އިއްތިހާދުން އެއްބަސްވެއްޖެ
01 ޖެނުއަރީ 2026

ރަޝިޔާ އިން ޔޫކްރެއިން ގައި ކުރަމުންދާ ހަނގުރާމަ ކާމިޔާބު ކުރައްވާނެ ކަމަށް ރަޝިޔާގެ ރައީސް ޕުޓިން ވިދާޅުވެއްޖެ

01 ޖެނުއަރީ 2026
ރަޝިޔާ އިން ޔޫކްރެއިން ގައި ކުރަމުންދާ ހަނގުރާމަ ކާމިޔާބު ކުރައްވާނެ ކަމަށް ރަޝިޔާގެ ރައީސް ޕުޓިން ވިދާޅުވެއްޖެ
01 ޖެނުއަރީ 2026

ސުލްޙައިގެ އެއްބަސްވުމާ 10 އިންސައްތަ ކައިރިވެފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

01 ޖެނުއަރީ 2026
ސުލްޙައިގެ އެއްބަސްވުމާ 10 އިންސައްތަ ކައިރިވެފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު