Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އިންޒާރަށް ފަހު، މަޝްވަރާ ކުރަން ބޭނުންވާ ކަމަށް އީރާން އިން ބުނެފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

12 ޖެނުއަރީ 2026 | ހޯމަ 06:53

އީރާންގެ އިސްވެރިން ގުޅި ކަމަށް ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، ބައްދަލުވުމެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ހާމަ ކޮށްފައިވާ ކަމަށް. އަދި އީރާން އިން މަޝްވަރާ ކުރަން ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޖެނުއަރީ 2026 | ހޯމަ 06:53
އެއާ ފޯސް ވަންގައި ހުންނަވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

އެއާ ފޯސް ވަންގައި ހުންނަވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ | ރޮއިޓަސް

އީރާންއާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވާފައިވާއިރު، އެ އިންޒާރުގެ ފަހުން މަޝްވަރާ ކުރަން ބޭނުންވާ ކަމަށް އީރާން އިން އަންގާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އީރާންގައި އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް އެތައް ބަޔަކު އަންނަނީ މުޒާހަރާ ކުރަމުންނެވެ. އީރާން ފައިސާގެ އަގު ވެއްޓުމާއި، ތަކެތީގެ އަގު މައްޗަށް ދިޔުން އަދި އިޤްތިސާދީ ދަތި ތަކުގެ ސަބަބުން ފެށުނު މުޒާހަރާ ވަރުގަދަ ވަމުން އަންނަ ކަމަށް ރިޕޯޓު ތަކުގައި ވަނީ ބުނެފަ އެވެ. އީރާންގެ ސަރުކާރުން ބުނެފައި ވަނީ، އެ ޤައުމާ ދެކޮޅު ބަޔަކު އަޑީގައި ތިބެގެން އެހެން މަޤުސަދެއްގައި ހިންގަމުން އަންނަ ކަމެއް ކަމަށެވެ.

މުޒާހަރާތަކާ ގުޅިގެން އެތައް ފަހަރަކު ޓްރަމްޕް ވާހަކަ ދައްކަވާފައިވާއިރު، މުޒާހަރާގެ އެއްވެސް ބައިވެރިޔަކަށް އަނިޔާ ނުކުރުމަށް، އަދި އެއްވެސް މީހަކު ނުމެރުމަށް ޓްރަމްޕް އިންޒާރު ދެއްވާފައިވެ އެވެ. އެފަދަ ކަމެއް ދިމާ ވެއްޖެ ނަމަ، އެ ބަޔަކާ ދެކޮޅަށް އެމެރިކާ އިން ހަމަލާ ދޭނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ދެއްވާފައިވެ އެވެ. 

އީރާންގައި ކުރަމުން އަންނަ މުޒާހަރާ އާއި އެ ޤައުމުގެ ޙާލަތު އެމެރިކާ އިން ވަރަށް ކައިރިން ބަލަމުން އަންނާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. އޭގެ ފަހުން އެއާ ފޯސް ވަންގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އާދީއްތަ ދުވަހު އީރާންގެ އިސްވެރިން އޭނާ އަށް ގުޅުއްވި ކަމަށެވެ. 

އީރާންގެ އިސްވެރިން ގުޅި ކަމަށް ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، ބައްދަލުވުމެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ހާމަ ކޮށްފައިވާ ކަމަށެވެ. އަދި އީރާން އިން މަޝްވަރާ ކުރަން ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. ނަމަވެސް، އެފަދަ ބައްދަލުވުމެއްގެ ކުރިން ވެސް އިތުރު ފިޔަވަޅު ތަކެއް އަޅަން ޖެހިދާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. 

އެމެރިކާގައި ހުންނަ ސެންޓަ ފޯ ހިއުމަން ރައިޓްސް އިން އީރާން (ސީއެޗްއާރުއައި) އިން ވަނީ، އީރާންގައި އިންޓަނެޓު ބަންދު ކޮށްފައިވާ ދުވަސްވަރު ކުރަމުން އަންނަ މުޒާހަރާގައި ސަތޭކައެއްހާ މީހުން މަރުވެފައިވާ ކަމަށް ފާހަގަ ކޮށްފަ އެވެ. އަދި އެއީ އެކަމުގެ މައުލޫމާތު ހިމެނޭ ހަގީގީ ރިޕޯޓެއް ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ. އަދި އީރާންގައި މަރުގެ ހަމަލާ ތަކެއް ދެމުން އަންނަ ކަމަށް ެވސް އެ ޖަމިއްޔާ އިން ވަނީ ފާހަގަ ކޮށްފަ އެވެ. 

ނޯވޭގައި ހުންނަ އީރާން ހިއުމަން ރައިޓްސް (އައިއެޗްއާރު) އިން ބުނެފައި ވަނީ މުޒާހަރާތަކާާ ގުޅިގެން މަދުވެގެން 192 މީހުން މަރުވެފައިވާކަން ކަށަވަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ އަދަދު އެއަށް ވުރެ އިތުރު ވުމުގެ ފުރުސަތު ވެސް ވަރަށް ބޮޑު ކަމަށް ފާހަގަ ކޮށްފައިވެ އެވެ. އިތުރަށް އެ ޖަމިއްޔާ އިން ފާހަގަ ކޮށްފައި ވަނީ، 2000 މީހުން މަރުވެފައިވާ ކަމަށް، ބައެއް މަސްދަރު ތަކުން ބުނެފައިވާ ކަމަށެވެެ.

އީރާންގައި ކުރަމުން އަންނަ މުޒާހަރާތަކާ ގުޅިގެން އެ ޤައުމުގެ ސަރުކާރުން ބުނެފައި ވަނީ، ޤައުމީ ސަލާމަތަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ. އަދި އަސާސީ ކަންކަމުގައި މުޒާހަރާ ކުރުމުގެ ފުރިހަމަ އިޚުތިޔާރު ރައްޔިތުންނަށް އޮންނާނެ ކަމަށާއި، ނަމަވެސް ޤައުމަށް ގެއްލުން ދިނުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. 

އީރާން-އެމެރިކާރައީސް ޑޮނަލްޑް ޓްރަމްޕްއީރާން ހިއުމަން ރައިޓްސްއީރާން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2026

ވެނެޒުއެލާގެ ވަގުތީ ރައީސް އަކީ އޭނާ ކަމަށް ހާމަ ކުރައްވައިފި

12 ޖެނުއަރީ 2026
ވެނެޒުއެލާގެ ވަގުތީ ރައީސް އަކީ އޭނާ ކަމަށް ހާމަ ކުރައްވައިފި
11 ޖެނުއަރީ 2026

ޓްރަމްޕް ގެ އިންޒާރު ކިއުބާ އަށް: "ވަގުތު ފާއިތު ނުވަނީސް ޑީލު ހަދާ"

11 ޖެނުއަރީ 2026
ޓްރަމްޕް ގެ އިންޒާރު ކިއުބާ އަށް: "ވަގުތު ފާއިތު ނުވަނީސް ޑީލު ހަދާ"
11 ޖެނުއަރީ 2026

އީރާނުގެ މުޒާހަރާ ކުރާ މީހުން ތެހެރާނުގައި 25 މިސްކިތް، އިސްފަހާންގައި 10 މިސްކިތް އަންދާލައިފި، މީގެ ތެރޭގައި ތާރީޚީ މިސްކިތެއް ކަމަށްވާ މަސްޖިދު އަބޫޒަރު ހިމެނޭ

11 ޖެނުއަރީ 2026
އީރާނުގެ މުޒާހަރާ ކުރާ މީހުން ތެހެރާނުގައި 25 މިސްކިތް، އިސްފަހާންގައި 10 މިސްކިތް އަންދާލައިފި، މީގެ ތެރޭގައި ތާރީޚީ މިސްކިތެއް ކަމަށްވާ މަސްޖިދު އަބޫޒަރު ހިމެނޭ
11 ޖެނުއަރީ 2026

އިރާނުން އިޒްރޭލާއި އެމެރިކާ ބޭސްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފި

11 ޖެނުއަރީ 2026
އިރާނުން އިޒްރޭލާއި އެމެރިކާ ބޭސްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފި
11 ޖެނުއަރީ 2026

އީރާނަށް އެެމެރިކާ އިން ހަމަލާ އެއް ދީފާނެ ކަމަށް އިޒްރޭލް ހައި އެލާޓް ގައި

11 ޖެނުއަރީ 2026
އީރާނަށް އެެމެރިކާ އިން ހަމަލާ އެއް ދީފާނެ ކަމަށް އިޒްރޭލް ހައި އެލާޓް ގައި
11 ޖެނުއަރީ 2026

މަދޫރޯ ހުންނެވީ ގަދަކޮށް: ދަރިކަލުން

11 ޖެނުއަރީ 2026
މަދޫރޯ ހުންނެވީ ގަދަކޮށް: ދަރިކަލުން
11 ޖެނުއަރީ 2026

ވެނެޒުއެލާގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން އެ ޤައުމުން ފޭބުމަށް އަންގައިފި

11 ޖެނުއަރީ 2026
ވެނެޒުއެލާގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން އެ ޤައުމުން ފޭބުމަށް އަންގައިފި
11 ޖެނުއަރީ 2026

އީރާން އިން ދަނީ މިނިވަން ކަމަށް މަސައްކަތް ކުރަމުން، މިތިބީ އެހީވާން ތައްޔާރަށް: ޓްރަމްޕް

11 ޖެނުއަރީ 2026
އީރާން އިން ދަނީ މިނިވަން ކަމަށް މަސައްކަތް ކުރަމުން، މިތިބީ އެހީވާން ތައްޔާރަށް: ޓްރަމްޕް
10 ޖެނުއަރީ 2026

އެމެރިކާ ގައި ހުރި ވެނެޒުއޭލާގެ ތެލުގެ އާމްދަނީ ފައިސާ އަތުނުލެވޭނެ ގޮތަށް ގަރާރެއްގައި ޓްރަމްޕް ސޮއިކުރައްވައިފި

10 ޖެނުއަރީ 2026
އެމެރިކާ ގައި ހުރި ވެނެޒުއޭލާގެ ތެލުގެ އާމްދަނީ ފައިސާ އަތުނުލެވޭނެ ގޮތަށް ގަރާރެއްގައި ޓްރަމްޕް ސޮއިކުރައްވައިފި
10 ޖެނުއަރީ 2026

ހަމަ ނުޖެހުންތަކަށް ފަހު އީރާނުގެ ސިޓީތަކަށް ހަމަޖެހުން އައިސްފި ކަމަށް ފުލުހުންގެ ތަރުޖަމާނު ހާމަ ކޮށްފި

10 ޖެނުއަރީ 2026
ހަމަ ނުޖެހުންތަކަށް ފަހު އީރާނުގެ ސިޓީތަކަށް ހަމަޖެހުން އައިސްފި ކަމަށް ފުލުހުންގެ ތަރުޖަމާނު ހާމަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް