Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-އީރާން

އީރާން އަށް އިންޓަނެޓު ދިނުމާ ގުޅޭ ގޮތުން ޓްރަމްޕް މަސްކާ ވާހަކަ ދައްކަވަނީ

މަސްކުގެ ސްޕޭސް އެކްސް ކުންފުނީގެ ސެޓެލައިޓް އިންޓަނެޓު ޚިދުމަތް ސްޓާލިންކް އީރާންގައި ބޭނުން ކޮށްފައިވާތީ، އެ ކުންފުންޏާ ވާހަކަ ދެއްކުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، މަސްކަކީ އެފަދަ ކަންކަމަށް ވަރަށް މޮޅު މީހެއް ކަމަށް. އަދި އޭނާ އަކީ ހުނަރުވެރި މީހެއް ކަމަށާއި، އެ ކުންފުންޏަކީ ވަރަށް ރަނގަޅު ކުންފުންޏެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2026 | ހޯމަ 07:40
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އީލޮން މަސްކު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އީލޮން މަސްކު | ގެޓީ އިމޭޖަސް

އީރާން އަށް އަލުން އިންޓަނެޓުގެ ޚިދުމަތް ޤާއިމު ކުރުމުގެ މަސައްކަތުގައި އެހީތެރިވުމަށް، ބިލިއަނަރު އީލޮން މަސްކާ ވާހަކަ ދައްކަވާނެ ކަމަށް އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ، އީރާންގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގައި ކުރަމުން އަންނަ މުޒާހަރާ ތަކާ ގުޅިގެން އެ ޤައުމުގެ ބާރު ތަކުން އިންޓަނެޓުގެ ޚިދުމަތް ބަންދު ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. 

މަސްކުގެ ސްޕޭސް އެކްސް ކުންފުނީގެ ސެޓެލައިޓް އިންޓަނެޓު ޚިދުމަތް ސްޓާލިންކް އީރާންގައި ބޭނުން ކޮށްފައިވާތީ، އެ ކުންފުންޏާ ވާހަކަ ދެއްކުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، މަސްކަކީ އެފަދަ ކަންކަމަށް ވަރަށް މޮޅު މީހެއް ކަމަށެވެ. އަދި އޭނާ އަކީ ހުނަރުވެރި މީހެއް ކަމަށާއި، އެ ކުންފުންޏަކީ ވަރަށް ރަނގަޅު ކުންފުންޏެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އީރާންގައި އިންޓަނެޓުގެ ޚިދުމަތް ބަންދު ކޮށްފައިވާތީ، އެ ޤައުމުން މައުލޫމާތު ލިބުމަށް ބޮޑެތި ހުރަސްތައް ކުރިމަތިވެފައިވެ އެވެ. މިހާރު އީރާންގައި ކުރިއަށް ދަމުން އަންނަ މުޒާހަރާ ތަކަކީ، 2022 ވަނަ އަހަރުގެ ފަހުން އެ ޤައުމުގައި ހިނގަމުން އަންނަ އެންމެ ބޮޑު މުޒާހަރާ އެވެ. 

މަސްކާ ވާހަކަ ދައްކަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާއިރު، މަސްކާއި ޓްރަމްޕް އަކީ މީގެ ކުރިން ވަރަށް ގާތް ގުޅުމެއް އޮތް ދެ ބޭފުޅުންނެވެ. އެގޮތުން 2024 ވަނަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕްގެ ކެމްޕެއިން އަށް މަސްކު ފައިސާ ޚަރަދު ކޮށްފައިވާއިރު، މަސްކު ވަނީ ޓްރަމްޕްގެ ކެމްޕެއިންގައި އަމަލީ ގޮތުން ވެސް ބައިވެރިވެފަ އެވެ. ޓްރަމްޕް ވެރި ކަަމަށް ވަޑައިގެންނެވުމާ އެކު، ފެޑަރަލް ސަރުކާރުގެ ޚަރަދުތައް ކުޑަ ކުރުމުގެ މަސައްކަތުގައި ވެސް މަސްކު ވަނީ ބައިވެރިވެފަ އެވެ. 

ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ހުށަހެޅި ޓެކްސްގެ ބިލާ މެދު ހިތްހަމަ ނުޖެހި މަސްކު ވަނީ ސަރުކާރުން ދުރަށް ދާން ނިންމައިފަ އެވެ. އެއާ އެކު މަސްކާއި ޓްރަމްޕްއާ ދެމެދު އޮތް ގުޅުން ބޮޑު ހީނަރު ކަމެއް އައިސްފައިވާއިރު، ދެ ބޭފުޅުން ވަނީ އެކަކު އަނެކަކަށް ބަހުގެ ހަމަލާތަކެއް ވެސް ދީފަ އެވެ. ނަމަވެސް، އަނެއްކާ ވެސް އެ ގުޅުން ރަނގަޅު ވަމުން އަންނަ މަންޒަރު ފެންނަ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. 

ޓްރަމްޕްގެ ލަގްޒަރީ ރިސޯޓު، މާ އަ ލާގޯ ގައި މަަސްކާއި ޓްރަމްޕް ބައްދަލު ކުރައްވާފައިވާ މަންޒަރު ފެނިފައިވާއިރު، ދެ ބޭފުޅުން އެކުގައި ފަރިއްކުޅުއްވާ މަންޒަރުތައް ވެސް ސޯޝަލް މީޑިއާ ގައި ވަނީ ދައުރުވެފަ އެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތު، ޓެކްސަސްގައި ހުންނަ ސްޕޭސް އެކްސް އިމާރާތައް ޒިޔާރާތް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. 

މީގެ ކުރިން ވެސް އީރާން އަށް އިންޓަނެޓު ފޯރުކޮށްދިނުމުގެ މަސައްކަތުގައި މަސްކު ޝައުޤުވެރިކަން ފާޅު ކޮށްފައިވެ އެވެ. އެގޮތުން 2022 ވަނަ އަހަރު މުޒާހާރަތައް ކުރިއަށް ދިޔައިރު ވެސް، މަސްކު ވަނީ އެފަދަ އެހީތެރި ކަމެއް ދެއްވަން ތައްޔާރަށް ހުންނެވިކަން ހާމަ ކޮށްފަ އެވެ. އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ވެރި ކަމުގައި ވެސް އީރާން އަށް ސްޓާލިންކުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސްކު ވަނީ ވާހަކަ ދައްކައިފަ އެވެ. 

އީލޮން މަސްކްރައީސް ޑޮނަލްޑް ޓްރަމްޕްސްޓާލިންކްސްޕޭސްއެކްސްއެމެރިކާ-އީރާންއީރާން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިންޒާރަށް ފަހު، މަޝްވަރާ ކުރަން ބޭނުންވާ ކަމަށް އީރާން އިން ބުނެފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އިންޒާރަށް ފަހު، މަޝްވަރާ ކުރަން ބޭނުންވާ ކަމަށް އީރާން އިން ބުނެފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

12 ޖެނުއަރީ 2026
ވެނެޒުއެލާގެ ވަގުތީ ރައީސް އަކީ އޭނާ ކަމަށް ހާމަ ކުރައްވައިފި

ވެނެޒުއެލާގެ ވަގުތީ ރައީސް އަކީ އޭނާ ކަމަށް ހާމަ ކުރައްވައިފި

12 ޖެނުއަރީ 2026
ޓްރަމްޕް ގެ އިންޒާރު ކިއުބާ އަށް: "ވަގުތު ފާއިތު ނުވަނީސް ޑީލު ހަދާ"

ޓްރަމްޕް ގެ އިންޒާރު ކިއުބާ އަށް: "ވަގުތު ފާއިތު ނުވަނީސް ޑީލު ހަދާ"

11 ޖެނުއަރީ 2026
އީރާނަށް އެެމެރިކާ އިން ހަމަލާ އެއް ދީފާނެ ކަމަށް އިޒްރޭލް ހައި އެލާޓް ގައި

އީރާނަށް އެެމެރިކާ އިން ހަމަލާ އެއް ދީފާނެ ކަމަށް އިޒްރޭލް ހައި އެލާޓް ގައި

11 ޖެނުއަރީ 2026
މަދޫރޯ ހުންނެވީ ގަދަކޮށް: ދަރިކަލުން

މަދޫރޯ ހުންނެވީ ގަދަކޮށް: ދަރިކަލުން

11 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

23 ފެބުރުއަރީ
ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން
20233 އަހަރު ކުރިން
ރިޕޯޓު

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
20224 އަހަރު ކުރިން
ރިޕޯޓު

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން
20197 އަހަރު ކުރިން
ރިޕޯޓު

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު