Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގްރޮކް

'ގްރޮކް' އޭއައި ބޭނުންކޮށްގެން މީހުންގެ ފޮޓޯތަކުން ހެދުން ވަކިކޮށް، ބަރަހަނާކުރާ މައްސަލަ ބޮޑުވެއްޖެ

2 ޖެނުއަރީ 2026 | ހުކުރު 16:45

އިނގިރޭސިވިލާތުން މިފަދަ ޓެކްނޮލޮޖީ މަނާކުރުމަށް ގާނޫނެއް ހަދަމުންދާއިރު، އޮފްކޮމް އިން ބުނީ ޕްލެޓްފޯމްތަކުން އެފަދަ ޣައިރު ގާނޫނީ ތަކެތި ހުއްޓުވަން އެކަށީގެންވާ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް. ގްރޮކްގެ އުސޫލުތަކުން މިފަދަ ބަރަހަނާ މަންޒަރުތައް އުފެއްދުން މަނާކުރި ނަމަވެސް ހުއްޓުވުމަށް ފިޔަވަޅު އަޅާފައެއް ނުވޭ.

ރާއްޖެ އެމްވީ | 2 ޖެނުއަރީ 2026 | ހުކުރު 16:45
މޯބައިލް ފޯނަކުން މީހަކު ގްރޮކް އެކްސް އޭއައި އެޕް ބޭނުން ކުރަނީ

މޯބައިލް ފޯނަކުން މީހަކު ގްރޮކް އެކްސް އޭއައި އެޕް ބޭނުން ކުރަނީ

އީލޮން މަސްކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ހިމެނޭ 'ގްރޮކް' އޭއައި ޗެޓްބޮޓް ބޭނުންކޮށްގެން، މީހުން ހެދުން އަޅައިގެން ނަގާފައި ހުންނަ ރަނގަޅު ފޮޓޯތަކުން ހެދުން ވަކިކޮށް މީހުން ބަރަހަނާ ކުރަމުންދާ މައްސަލައިގައި ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން އެ ކުންފުންޏަށް އަމާޒުވެއްޖެ އެވެ.

އެކްސް ގައި މި ފަންކްޝަން ހިމެނުމާއެކު އެކްސް ބޭނުން ކުރާ ފަރާތްތަކުން ގެންދަނީ ފުޅާ ދާއިރާ އެއްގައި މީހުންގެ ފޮޓޯ ތައް ގްރޮކް ބޭނުން ކޮށްގެން ބަދަލު ކޮށް ބަރަހަނާ ކުރަމުންނެވެ.

ފޮޓޯތަކުގައި ތިބޭ އަސްލު މީހުންނަށް އެނގުމެއްނެތި ފޮޓޯތައް ބަދަލު ކޮށް ބިކިނީ ފަދަ ތަކެތި ލައްވައިގެންނާއި، ޖިންސީ މަންޒަރުތައް ސިފަވާ ގޮތަށް ފޮޓޯތައް ވަނީ އުފައްދާފައެވެ.

ގްރޮކް އުފެއްދި އެކްސްއޭއައި ކުންފުނިން މި މައްސަލަ އާ ގުޅޭގޮތުން ބީބީސީން ކުރި ސުވާލުތަކަށް ސީދާ ޖަވާބެއް ދީފައެއް ނުވާ ކަމަށް ބީބީސީ އިން ރިޕޯޓު ކޮށްފައިވެ އެވެ. 

ދުނިޔޭ އެކި ކަންކޮޅުތަކުގައި މި މައްސަލަ ބޮޑުވެފައިވާ އިރު، އިނގިރޭސިވިލާތުގެ ހޯމް އޮފީހުގެ ތަރުޖަމާނަކާ ހަވާލާދީ ބީބީސީ އިން ބުނެފައި ވަނީ، ފޮޓޯތައް ބަރަހަނާ ކުރުމަށް ބޭނުން ކުރާ ވަސީލަތްތައް (ނިއުޑިފިކޭޝަން ޓޫލްސް) އިނގިރޭސިވިލާތުގައި މަނާ ކުރުމަށް ގާނޫނެއް ހަދަމުންދާ ކަމަށެވެ. އަދި ޖިނާއީ ކުށެއްގެ ގޮތުގައި މިކަން ކަނޑައަޅައި، މިފަދަ ޓެކްނޮލޮޖީ ފޯރުކޮށްދޭ ކޮންމެ މީހަކަށް ޖަލު ހުކުމެއް ނުވަތަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގައި މުވާސަލާތީ ކަންކަން ރެގިއުލޭޓްކުރާ އިދާރާ، އޮފްކޮމް އިން ބުނި ގޮތުގައި، ޓެކްނޮލޮޖީ ކުންފުނިތަކުން އެމީހުންގެ ޕްލެޓްފޯމްތަކުގައި ދައުރު ކުރާ ޣައިރު ގާނޫނީ މަންޒަރުތައް މީހުންނަށް ފެނުމުގެ ނުރައްކާ އޮތް މިންވަރު ދެނެގަންނަން ޖެހެއެވެ. ނަމަވެސް، އެކްސް ނުވަތަ ގްރޮކް އާ ގުޅޭގޮތުން އެފަދަ ތަހުގީގެއް ކުރަމުންދާކަން އެ އިދާރާ އިން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ގްރޮކް އަކީ ހިލޭ ބޭނުން ކުރެވޭ އޭއައި އެސިސްޓެންޓެކެވެ. މީގެ ބައެއް ހާއްސަ ފީޗާތަކަށް ފައިސާ ދައްކަން ޖެހޭ ނަމަވެސް، މީގެ އިމޭޖް އެޑިޓިން ފީޗާ ހިލޭ ބޭނުންކޮށްގެން އަޕްލޯޑް ކޮށްފައި ހުންނަ ފޮޓޯތަކަށް ބަދަލު ގެނައުމުގެ ފުރުސަތު އެކްސް ބޭނުން ކުރާ ފަރާތްތަކަށް އޮވެއެވެ.

ބަރަހަނާ މަންޒަރުތަކާއި ޖިންސީ ކަންކަމަށް ހިތްވަރުދޭ ފޮޓޯ އަދި ވީޑިއޯ އުފެއްދުމުގެ ފުރުސަތު ދޭތީ ގްރޮކް އަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. މީގެ ކުރިން މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސުވިފްޓްގެ ޖިންސީ މަންޒަރުތައް ހިމެނޭ ފޭކް ވީޑިއޯއެއް އުފެއްދި މައްސަލައިގައި ވެސް މި ޓެކްނޮލޮޖީ އަށް ތުހުމަތުތަކެއް ކުރެވުނެވެ.

ޑާރހަމް ޔުނިވަރސިޓީގެ ލޯ ޕްރޮފެސަރެއް ކަމަށްވާ ކްލެއާ މެކްގްލިން އާ ހަވާލާދީ ބީބީސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެކްސް ނުވަތަ ގްރޮކް އިން ބޭނުން ނަމަ މިފަދަ ނޭދެވޭ އަމަލުތައް ހުއްޓުވިދާނެ ކަމަށާއި، ނަމަވެސް އެ ފަރާތްތަކުން އެއްވެސް ޖެހިލުމެއް ނެތި މިކަންކަމަށް ފުރުސަތު ދެމުންދާ ކަމަށެވެ. "މި ފޮޓޯތައް އުފެއްދުމާއި ފެތުރުމުގެ ފުރުސަތު އެ ޕްލެޓްފޯމުން ދޭތާ އެތައް މަހެއް ވެއްޖެ. އަދި މިހާތަނަށް ރެގިއުލޭޓަރީ އިދާރާއަކުން މިކަމަށް ފިޔަވަޅެއް އަޅާފައެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.

އެކްސް އޭއައި ބޭނުން ކުރުމުގެ އުސޫލުތައް ބުނާގޮތުން، މީހުންގެ ސިފަ ބޭނުންކޮށްގެން ބަރަހަނާ މަންޒަރުތައް އުފެއްދުމަކީ މަނާކަމެކެވެ.

އޮފްކޮމް އިން ބީބީސީ އަށް ދިން ބަޔާނެއް ގައި ބުނެފައި ވަނީ، އިނގިރޭސިވިލާތުގައި މީހެއްގެ ނުރުހުމުގައި އެމީހެއްގެ ޖިންސީ ފޮޓޯތައް ނުވަތަ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ހިމެނޭ ތަކެތި އުފެއްދުމާއި ހިއްސާ ކުރުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށެވެ. އަދި މީގެ ތެރޭގައި އޭއައި ބޭނުންކޮށްގެން އުފައްދާ 'ސެކްޝުއަލް ޑީޕްފޭކްސް' ވެސް ހިމެނޭނެ ކަމަށް އެ އިދާރާ އިން ބީބީސީ އަށް ކަށަވަރުކޮށްދިނެވެ.

އެކްސް ފަދަ ޕްލެޓްފޯމްތަކުން އެމީހުންގެ ސައިޓްތަކުގައި މިފަދަ ޣައިރު ގާނޫނީ ތަކެތި ދައުރުވުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށާއި، އެފަދަ އެއްޗެއް ފާހަގަވުމާއެކު ވަގުތުން ނައްތާލަން ޖެހޭނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

އީލޮން މަސްކްގްރޮކްޑީޕްފޭކްސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2025

ކޯޅުންތަކަށް ފަހު، ޗާލީގެ ހަނދާނުގައި ބޭއްވި އިވެންޓުގައި ޓްރަމްޕް އާއި މަސްކު އަތާ އަތް ޖޯޑު ކޮށްގެން

22 ސެޕްޓެމްބަރު 2025
ކޯޅުންތަކަށް ފަހު، ޗާލީގެ ހަނދާނުގައި ބޭއްވި އިވެންޓުގައި ޓްރަމްޕް އާއި މަސްކު އަތާ އަތް ޖޯޑު ކޮށްގެން
06 ޖޫން 2025

ޓްރަމްޕް އާއި އީލޮން މަސްކް ގެ ގުޅުން ގޯސްވެ ބޮޑު ހަނގުރާމަ އެއް ފެށިއްޖެ

06 ޖޫން 2025
ޓްރަމްޕް އާއި އީލޮން މަސްކް ގެ ގުޅުން ގޯސްވެ ބޮޑު ހަނގުރާމަ އެއް ފެށިއްޖެ
04 ޖޫން 2025

ޓްރަމްޕްގެ ޚަރަދުގެ ބިލަކީ "ނުބައި އަނިޔާވެރި" ބިލެއް ކަމަށް މަސްކް ވިދާޅުވެއްޖެ

04 ޖޫން 2025
ޓްރަމްޕްގެ ޚަރަދުގެ ބިލަކީ "ނުބައި އަނިޔާވެރި" ބިލެއް ކަމަށް މަސްކް ވިދާޅުވެއްޖެ
26 ފެބުރުއަރީ 2025

އީލޯން މަސްކްގެ ކެނެޑާގެ ރައްޔިތުކަން ބާތިލުކުރުމަށް ސަރުކާރަށް ގޮވާލާ ހުޅުވާލި ޕެޓިޝަނެއްގައި އެތައް ހާސް މީހުން ސޮއިކޮށްފި

26 ފެބުރުއަރީ 2025
އީލޯން މަސްކްގެ ކެނެޑާގެ ރައްޔިތުކަން ބާތިލުކުރުމަށް ސަރުކާރަށް ގޮވާލާ ހުޅުވާލި ޕެޓިޝަނެއްގައި އެތައް ހާސް މީހުން ސޮއިކޮށްފި
03 ފެބުރުއަރީ 2025

ޔޫއެސްއެއިޑްގެ އިސް އޮފިޝަލުން ޗުއްޓީ އަށް ފޮނުވާލުމަށް ފަހު މަސްކް ވިދާޅުވަނީ އެ އޭޖެންސީ "މަރުވުމުގެ" ވަގުތު ޖެހިއްޖެ ކަމަށް

03 ފެބުރުއަރީ 2025
ޔޫއެސްއެއިޑްގެ އިސް އޮފިޝަލުން ޗުއްޓީ އަށް ފޮނުވާލުމަށް ފަހު މަސްކް ވިދާޅުވަނީ އެ އޭޖެންސީ "މަރުވުމުގެ" ވަގުތު ޖެހިއްޖެ ކަމަށް
31 އޯގަސްޓު 2024

ކޯޓު އަމުރަކަށް ބްރެޒިލްގައި އެކްސް މަނާ ކޮށްފި

31 އޯގަސްޓު 2024
ކޯޓު އަމުރަކަށް ބްރެޒިލްގައި އެކްސް މަނާ ކޮށްފި
30 ނޮވެމްބަރު 2023

ހަމާސްގެ ދައުވަތަށް އީލޮން މަސްކް ރައްދު ދެއްވައިފި

30 ނޮވެމްބަރު 2023
ހަމާސްގެ ދައުވަތަށް އީލޮން މަސްކް ރައްދު ދެއްވައިފި
21 ޑިސެމްބަރު 2022

ރިޕްލޭސްމަންޓެއް ލިބޭއިރަށް ޓްވިޓަރގެ ސީއީއޯގެ މަޤާމުން އިސްތިއުފާ ދޭނެކަމަށް މަސްކް ބުނެފި

21 ޑިސެމްބަރު 2022
ރިޕްލޭސްމަންޓެއް ލިބޭއިރަށް ޓްވިޓަރގެ ސީއީއޯގެ މަޤާމުން އިސްތިއުފާ ދޭނެކަމަށް މަސްކް ބުނެފި
20 ނޮވެމްބަރު 2022

ޑޮނަލްޑް ޓްރަމްޕްގެ ޓްވިޓަރ އެކައުންޓު އަނބުރާ ދޭން މަސްކް ނިންމައިފި

20 ނޮވެމްބަރު 2022
ޑޮނަލްޑް ޓްރަމްޕްގެ ޓްވިޓަރ އެކައުންޓު އަނބުރާ ދޭން މަސްކް ނިންމައިފި
07 ނޮވެމްބަރު 2022

އޮޅުވާލައިގެން އެހެން މީހަކަށް ހެދިގެން އުޅޭނަމަ ޓްވިޓަރއިން ކުރިއަށް އޮތްތަނުގައި "ބޭން"ކުރާނެ

07 ނޮވެމްބަރު 2022
އޮޅުވާލައިގެން އެހެން މީހަކަށް ހެދިގެން އުޅޭނަމަ ޓްވިޓަރއިން ކުރިއަށް އޮތްތަނުގައި "ބޭން"ކުރާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް