Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޑެޓް ކުރޫޒް އިސްލާމް ދީނަށް ހަޖޫ ޖަހާ އީރާނުގެ ލީޑަރަށް މަރުގެ އިންޒާރު ދީފި

11 ޖެނުއަރީ 2026 | އާދީއްތަ 11:32

ސެނެޓަރ ޓެޑް ކްރޫޒް އަކީ އިސްލާމްދީނާ ދެކޮޅަށް މީގެ ކުރިން ވެސް ގިނަ ބަޔާންތަކެއް ދީފައިވާ ފަރާތެެއްކަން ފާހަގަ ކުރެވޭ.

ރާއްޖެ އެމްވީ | 11 ޖެނުއަރީ 2026 | އާދީއްތަ 11:32
އެމެރިކާގެ ސެނެޓަރ ޓެޑް ކްރޫޒް ވާހަކަ ދައްކަމުން ގެންދާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ ފަހަތުގައި ހުއްޓިގެން

އެމެރިކާގެ ސެނެޓަރ ޓެޑް ކްރޫޒް ވާހަކަ ދައްކަމުން ގެންދާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ ފަހަތުގައި ހުއްޓިގެން | ގެޓީ އިމޭޖަސް

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޑެޓް ކުރޫޒް އިސްލާމް ދީނަށް ހަޖޫ ޖަހާ އީރާނުގެ ލީޑަރަށް މަރުގެ އިންޒާރު ދީފި އެވެ.

އެމެރިކާގެ ސެނެޓް ގައި ޓެކްސަސް ތަމްސީލު ކުރާ މެމްބަރު އީރާނުގެ ލީޑަރު އާޔަތުﷲ އަށް މަރުގެ އިންޒާރު ދިނީ އޭނާ އެކްސް ގައި ކުރި ޕޯސްޓެއްގަ އެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ ޓެޑް ކުރޫޒް ގެ ޕޯސްޓު ގައި އިސްލާމް ދީނަށް ހަޖޫ ޖަހާ މަރުގެ އިންޒާރު ދެމުން ބުނެފައި ވަނީ އީރާނުގެ ރައްޔިތުން އެ ޤައުމުގެ އާޔަތުﷲ ގެ ވެރިކަން ނިމުމަކަށް ގެނެސްފި ނަމަ، އެމެރިކާ އާއި މުޅި ދުނިޔެ އަކީ މިއަށް ވުރެ މާ ބޮޑަށް އަމާން އަދި ރައްކާތެރި ތަނަކަށް ވެގެންދާނެ ކަމަށެވެ. އަދި އެމެރިކާ ނެތިދިއުމަށް ގޮވާލާ މީހުންނަށް، އެމީހުން އެދޭ ފަދަ ނިމުމަކާ މިރޭ ކުރިމަތިލާ އެމީހުންނަށް 72 ބިކުރުވެރިންނާ ބައްދަލުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ޓެޑް ކުރޫޒް މިހެން ބުނެފައިވާއިރު އެމެރިކާގެ ރައީސް ޓުރުތް ސޯޝަލް ގައި ކުރެއްވި ޕޯސްޓެއްގައި ވެސް އީރާނުން މީގެ ކުރިން ދުވަހަކު ވެސް ހޯދަން ނޭދޭ މިންވަރަށް މިނިވަންކަން ހޯދަން ބޭނުންވާ ކަމަށާއި އެމެރިކާ އިން އީރާނުގެ ރައްޔިތުންނަށް އެހީވެދޭން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައިވެ އެވެ.

ސެނެޓަރ ޓެޑް ކްރޫޒް އަކީ އިސްލާމްދީނާ ދެކޮޅަށް މީގެ ކުރިން ވެސް ގިނަ ބަޔާންތަކެއް ދީފައިވާ ފަރާތެެކެވެ. އޭނާ އިސްލާމް ދީނާ ބެހޭ ގޮތުން ދައްކާ ވާހަކަތަކުގެ ސަބަބުން، މަދަނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ސިޔާސީ އިދިކޮޅު ފަރާތްތަކުން އޭނާގެ މައްޗަށް މުސްލިމުންނާ މެދު ތަޢައްޞުބު ގެންގުޅޭ ކަމުގެ ތުހުމަތުތައް ވަނީ އަމާޒުވެފަ އެވެ.

އިސްލާމީ ޝަރީޢަތާ ގުޅޭގޮތުން ކްރޫޒް ކަންބޮޑުވުން ފާޅުކޮށް މީގެ ކުރިން ދައްކާފައިވާ ބައެއް ވާހަކަ ތަކުގައި، އެއީ އިސްލާމީ އަގީދާ ގަބޫލު ނުކުރާ މީހުންގެ މައްޗަށް ބާރުފޯރުވައި، އެ މީހުން ވަކި އުސޫލުތަކެއްގައި ބަނދެލުމަށް އޮތް ނިޒާމެއް ކަމަށް ބުނެފައިވެ އެވެ. އަދި މިއީ އެމެރިކާގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ދީނީ މިނިވަންކަމާ ފުށުއަރާ، އެމެރިކާގެ ގާނޫނުއަސާސީ އާ އެއްގޮތް ނުކުރެވޭނެ ކަމެއްގެ ގޮތުގައި އޭނާ ވަނީ އިސްލާމީ ޝަރީއަތް ސިފަކޮށްފަ އެވެ.

ޓެޑް ކުރޫޒްއެމެރިކާ-އީރާން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2026

އެމެރިކާ އިން އެހެން ޤައުމުތަކާ ދެކޮޅަށް ބޭނުންކުރާ އުކުޅުތައް އީރާނުގައި ވެސް ކާމިޔާބުވާނެ ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ކުށްހީ އެއް: އީރާނުގެ ރައީސް

11 ޖެނުއަރީ 2026
އެމެރިކާ އިން އެހެން ޤައުމުތަކާ ދެކޮޅަށް ބޭނުންކުރާ އުކުޅުތައް އީރާނުގައި ވެސް ކާމިޔާބުވާނެ ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ކުށްހީ އެއް: އީރާނުގެ ރައީސް
10 ޖެނުއަރީ 2026

އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ހިތްވަރު ދެއްވައިފި

10 ޖެނުއަރީ 2026
އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ހިތްވަރު ދެއްވައިފި
22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް