Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އިރާނުން އިޒްރޭލާއި އެމެރިކާ ބޭސްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފި

11 ޖެނުއަރީ 2026 | އާދީއްތަ 09:19

އިރާން އަށް ހަމަލާދިނުމުގެ ހާލަތެއްގައި، ހިސޯރުކޮށްފައިވާ ސަރަހައްދުތަކާއި (އިޒްރޭލް) އަދި އެމެރިކާގެ ހުރިހާ ބޭސްތަކާއި އަސްކަރީ މަނަވަރުތަކަށް އީރާނުން ހަމަލާ ދޭނެ ކަމަށް އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވިދާޅުވި.

ރާއްޖެ އެމްވީ | 11 ޖެނުއަރީ 2026 | އާދީއްތަ 09:19
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގަލިބާފް

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގަލިބާފް | ގެޓީ އިމޭޖަސް

އިރާން އަށް އެމެރިކާ އިން ހަމަލާދީފި ނަމަ އެމެރިކާ އާއި އިޒްރޭލުގެ އަސްކަރީ ބޭސްތަކަށް ހަމަލާ ދޭނެ ކަމަށް ބުނެ އީރާނުން އިންޒާރު ދީފި އެވެ.

އިޒްރޭލުގެ މަސްދަރުތަކުން ބުނެފައިވާ ގޮތުގައި އެމެރިކާ އިން އީރާނަށް ހަމަލާ އެއް ދީފާނެ ކަމަށް އިޒްރޭލު މިހާރު އޮތީ "ހައި އެލަޓް" ގަ އެވެ.

އިރާނުގެ ސަރުކާރަށް 2022 ވަނަ އަހަރުގެ ފަހުން މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ސަރުކާރާ ދެކޮޅު މުޒާހަރާތަކާ ކުރިމަތިލާން ޖެހިފައިވާ އިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ދިޔަ ދެތިން ދުވަހު އެތައް ފަހަރަކު އީރާނަށް ބިރުދައްކައި، މުޒާހަރާކުރާ މީހުންނާ ދެކޮޅަށް ބާރުގެ ބޭނުން ނުކުރުމަށް އިރާނުގެ ލީޑަރުންނަށް އިންޒާރު ދީފައިވެ އެވެ. ހޮނިހިރު ދުވަހު ޓްރަމްޕް ވިދާޅުވީ މުޒާހަރާ ކުރާ މީހުނަށް  "އެހީތެރިވުމަށް ތައްޔާރަށް" އެމެރިކާ އޮތް ކަމަށެވެ.

އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގަލިބާފް، އާދީއްތަ ދުވަހު ޕާލަމެންޓުގައި ވާހަކަދައްކަވަމުން، "ގޯސް ކޮށް ހިސާބު ނުޖެހުމަށް" ވިދާޅުވެ އެމެރިކާ އަށް އިންޒާރު ދެއްވި އެވެ.

"ވަރަށް ސާފުކޮށް ބުނަމާ ހިނގާށެވެ: އިރާން އަށް ހަމަލާދިނުމުގެ ހާލަތެއްގައި، ހިސޯރުކޮށްފައިވާ ސަރަހައްދުތަކަށާއި (އިޒްރޭލް) އަދި އެމެރިކާގެ ހުރިހާ ބޭސްތަކާއި އަސްކަރީ މަނަވަރުތައް އަޅުގަނޑުމެންގެ ގާނޫނީ ޓާގެޓަކަށް ވާނެއެވެ،" އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ކުރީގެ ކޮމާންޑަރެއް ކަމަށްވާ ގަލިބާފް ވިދާޅުވި އެވެ.

އާދީއްތަ ދުވަހު އީރާނުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ގަލިބާފް އިތުރަށް ވިދާޅުވީ، އީރާނުން މިހާރު އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް އިގްތިސާދީ، ފިކުރީ، އަސްކަރީ އަދި ޓެރަރިޒަމާ ދެކޮޅު ހަނގުރާމައެއްގައި އެއްފަހަރާ ކުރިމަތިލަމުންދާ ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އީރާނާ ދެކޮޅަށް ކުރިއަށްގެންދާ އިގްތިސާދީ، ފިކުރީ އަދި ނަފްސާނީ ހަނގުރާމަ އަކީ ދިގު މުއްދަތަކަށް ދެމިގެންގޮސްފައިވާ، އަދި ދުވަހުން ދުވަހަށް ނުތަނަވަސްކަން އިތުރުވަމުންދާ ކަމެކެވެ. އަދި އެމެރިކާ އާއި އިޒްރޭލުގެ އުދުވާނުތަކާ ގުޅިގެން 2025 ވަނަ އަހަރުގެ ޖޫން މަހު އަސްކަރީ ކުރިމަތިލުންތައް ފެށިފައިވާ ކަމަށްވެސް ވިދާޅު ވިއެވެ.

އީރާނާ ދެކޮޅަށް ކުރި އަސްކަރީ ހަނގުރާމައިގައި ދުޝްމަނުން ނާކާމިޔާބުވުމުން، އެމެރިކާ އިން ވަނީ ގައުމުގެ ހަމަޖެހުން ނަގާލުމަށާއި، ރައްޔިތުންގެ ހައްގުތަކުގެ ނިވާފަތްގަނޑުގައި ތިބެ ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް މަސައްކަތްކޮށްފައި ކަމަށް ގަލިބާފް ވިދާޅުވިއެވެ. އީރާނާ ދެކޮޅަށް ކުރިއަށްގެންދާ މިފަދަ "ޓެރަރިސްޓް ހަނގުރާމައިގެ" މައިގަނޑު މަގްސަދަކީ އީރާނުގެ ރައްޔިތުންގެ ފުރާނަ އަށް ގެއްލުންދިނުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އިންޒާރު ދެއްވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ދެމުންދާ އިންޒާރުތަކަށް ރައްދު ދެއްވަމުން ގަލިބާފް ވިދާޅުވީ، ހަތިޔާރު އެޅި ޓެރަރިސްޓުންނާ ދެކޮޅަށް ތެދުވެ، އެމީހުންގެ ވަސް މި ބިމުން ފޮހެލުމަށް އީރާނުގެ ރައްޔިތުން ވަނީ ގަދަ އަޒުމެއް ކަނޑައަޅާފައި ކަމަށެވެ.

މިކަމާ ގުޅޭގޮތުން ޖެނުއަރީ 9 ވަނަ ދުވަހު ދެއްވި ބަޔާނެއްގައި އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ ވިދާޅުވީ، އެމެރިކާގެ ރައީސް އުފާކޮށްދިނުމަށްޓަކައި ބައެއް މީހުން ވަނީ ތެހެރާން އާއި އެހެނިހެން ސިޓީތަކުގައި ހުރި އަމިއްލަ ގައުމުގެ އިމާރާތްތަކަށް ގެއްލުން ދީފައި ކަމަށެވެ.

"އެމެރިކާގެ ރައީސްގެ އަތްޕުޅު ވަނީ 1,000 އަށްވުރެ ގިނަ އީރާނު ރައްޔިތުންގެ ލެއިން ތަޣައްޔަރުވެފައި،" ޚާމަނާއީ ވިދާޅުވި އެވެ. އަދި 2025 ވަނަ އަހަރުގެ ޖޫން މަހު ހިނގި 12 ދުވަހުގެ ހަނގުރާމައިގައި އީރާނުގެ 1,000 އަށް ވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލުމަށް އަމުރުކުރީ ޓްރަމްޕް ކަމަށް އޭނާ އަމިއްލައަށް އިއުތިރާފުވެފައިވާ ކަމަށާއި، އޭގެ ތެރޭގައި އަސްކަރީ ކޮމާންޑަރުންނާއި، ސައިންސްވެރިންނާއި އަދި އާންމު ރައްޔިތުން ހިމެނޭ ކަމަށްވެސް ލީޑަރު ވިދާޅުވި އެވެ.

އެމެރިކާގެ ރައީސްގެ މަޅީގައި ޖެހި، އޭނާ ރުއްސުމަށްޓަކައި މަގުމަތީގައި ހުރި ކުނިވަށިތަކުގައި ރޯކޮށް ހަމަނުޖެހުން ހިންގި މީހުންނަށް އީރާނުގެ ލީޑަރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އާޔަތުﷲ ޚާމަނާއީ ސާފުކޮށްދެއްވި ގޮތުގައި، އެތައް ސަތޭކަ ހާސް ބައެއްގެ ގުރުބާނީއާ އެކު އުފެދިފައިވާ އިސްލާމީ ޖުމްހޫރިއްޔާ އިން ދުޝްމަނުންގެ ކުރިމަތީގައި ދުވަހަކުވެސް ފަހަތަކަށް ނުޖެހޭނެ އެވެ. އަދި ބޭރުގެ ނުފޫޒުތަކަށް ވާގިވެރިވާ މީހުންނަށް އެ ގައުމުގައި ޖާގައެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮންމެ މީހަކުވެސް ބޭރުގެ ބާރުތަކުގެ ގޮނޑިކޮއްކޮ އަކަށް ވެއްޖެނަމަ، އެމީހަކީ އިސްލާމީ އުންމަތާއި ދައުލަތުން ބަލައިގަންނާނެ މީހެއް ނޫން ކަމަށް ލީޑަރު ވިދާޅުވި އެވެ. މީގެ އިތުރުން އީރާނުގެ ޒުވާނުންނަށް ގޮވާލެއްވީ އަބަދުވެސް ތައްޔާރީ ހާލަތުގައި ތިބުމަށާއި، އެއްބައިވަންތަކަން އިސްކުރުމަށެވެ. އަދި އެއްބައިވަންތަ ގައުމަކަށް ހުރިހާ ދުޝްމަނުންގެ މައްޗަށް ކުރިހޯދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

އީރާން-އިޒްރޭލްއީރާން-އެމެރިކާމުހައްމަދު ބާގިރު ގަލިބާފްއައިއާރުޖީސީހޫނު ހަބަރު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2026

އީރާނުގެ މުޒާހަރާ ކުރާ މީހުން ތެހެރާނުގައި 25 މިސްކިތް، އިސްފަހާންގައި 10 މިސްކިތް އަންދާލައިފި، މީގެ ތެރޭގައި ތާރީޚީ މިސްކިތެއް ކަމަށްވާ މަސްޖިދު އަބޫޒަރު ހިމެނޭ

11 ޖެނުއަރީ 2026
އީރާނުގެ މުޒާހަރާ ކުރާ މީހުން ތެހެރާނުގައި 25 މިސްކިތް، އިސްފަހާންގައި 10 މިސްކިތް އަންދާލައިފި، މީގެ ތެރޭގައި ތާރީޚީ މިސްކިތެއް ކަމަށްވާ މަސްޖިދު އަބޫޒަރު ހިމެނޭ
11 ޖެނުއަރީ 2026

އީރާނަށް އެެމެރިކާ އިން ހަމަލާ އެއް ދީފާނެ ކަމަށް އިޒްރޭލް ހައި އެލާޓް ގައި

11 ޖެނުއަރީ 2026
އީރާނަށް އެެމެރިކާ އިން ހަމަލާ އެއް ދީފާނެ ކަމަށް އިޒްރޭލް ހައި އެލާޓް ގައި
10 ޖެނުއަރީ 2026

ހަމަ ނުޖެހުންތަކަށް ފަހު އީރާނުގެ ސިޓީތަކަށް ހަމަޖެހުން އައިސްފި ކަމަށް ފުލުހުންގެ ތަރުޖަމާނު ހާމަ ކޮށްފި

10 ޖެނުއަރީ 2026
ހަމަ ނުޖެހުންތަކަށް ފަހު އީރާނުގެ ސިޓީތަކަށް ހަމަޖެހުން އައިސްފި ކަމަށް ފުލުހުންގެ ތަރުޖަމާނު ހާމަ ކޮށްފި
10 ޖެނުއަރީ 2026

ބޭރު ގައުމުތަކުގެ އެހީއާ އެކު އީރާނުގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ދެކޮޅަށް އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ބޮޑެތި އެއްވުންތަކެއް ބާއްވައިފި؛ ހަތިޔާރު އެޅި ޓެރަރިސްޓުންތަކެއް މަރާލާފައިވާ ކަމަށް ފުލުހުން ބުނެފި

10 ޖެނުއަރީ 2026
ބޭރު ގައުމުތަކުގެ އެހީއާ އެކު އީރާނުގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ދެކޮޅަށް އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ބޮޑެތި އެއްވުންތަކެއް ބާއްވައިފި؛ ހަތިޔާރު އެޅި ޓެރަރިސްޓުންތަކެއް މަރާލާފައިވާ ކަމަށް ފުލުހުން ބުނެފި
10 ޖެނުއަރީ 2026

ބޭރުގެ ފަރާތްތަކާ ގުޅިގެން ގައުމަށް ގެއްލުންދެމުންދާ ހަތިޔާރު އެޅި ފަރާތްތަކަށް ހަރުކަށި ރައްދު ދިނުމަށް އީރާނު އޮތީ ތައްޔާރަށް ކަމަށް އެ ގައުމުގެ އިސް ސެކިއުރިޓީ އޮފިޝަލަކު ވިދާޅުވެއްޖެ

10 ޖެނުއަރީ 2026
ބޭރުގެ ފަރާތްތަކާ ގުޅިގެން ގައުމަށް ގެއްލުންދެމުންދާ ހަތިޔާރު އެޅި ފަރާތްތަކަށް ހަރުކަށި ރައްދު ދިނުމަށް އީރާނު އޮތީ ތައްޔާރަށް ކަމަށް އެ ގައުމުގެ އިސް ސެކިއުރިޓީ އޮފިޝަލަކު ވިދާޅުވެއްޖެ
09 ޖެނުއަރީ 2026

މުޒާހަރާތަކާއި އެމެރިކާ އާއި އިޒްރޭލުގެ ރޭވުންތަކުން އީރާނުގެ ވެރިކަން ވެއްޓިދާނެތަ؟

09 ޖެނުއަރީ 2026
މުޒާހަރާތަކާއި އެމެރިކާ އާއި އިޒްރޭލުގެ ރޭވުންތަކުން އީރާނުގެ ވެރިކަން ވެއްޓިދާނެތަ؟
09 ޖެނުއަރީ 2026

އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް ޚާމަނާއީ ވަރުގަދަ އިންޒާރުތަކެއް ދެއްވައިފި

09 ޖެނުއަރީ 2026
އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް ޚާމަނާއީ ވަރުގަދަ އިންޒާރުތަކެއް ދެއްވައިފި
08 ޖެނުއަރީ 2026

ޓްރަމްޕްގެ ޕާޓީގެ މެމްބަރުންގެ ވޯޓާ އެކު ކޮންގްރެސްގެ ހުއްދަ ނެތި ވެނެޒުއޭލާގައި އިތުރު އަސްކަރީ ހަރަކާތްތައް ހިންގުން ރައީސް ޓްރަމްޕަށް މަނާ ކުރުމުގެ ގަރާރު ކުރިއަށް ގެންދަން ފާސް ކޮށްފި

08 ޖެނުއަރީ 2026
ޓްރަމްޕްގެ ޕާޓީގެ މެމްބަރުންގެ ވޯޓާ އެކު ކޮންގްރެސްގެ ހުއްދަ ނެތި ވެނެޒުއޭލާގައި އިތުރު އަސްކަރީ ހަރަކާތްތައް ހިންގުން ރައީސް ޓްރަމްޕަށް މަނާ ކުރުމުގެ ގަރާރު ކުރިއަށް ގެންދަން ފާސް ކޮށްފި
08 ޖެނުއަރީ 2026

އީރާނުން ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫން، އެކަމަކު ހަމަލާ ދީފި ނަމަ ރައްދު ދޭން އޮތީ ތައްޔާރަށް: ޚާރިޖީ ވަޒީރު

08 ޖެނުއަރީ 2026
އީރާނުން ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫން، އެކަމަކު ހަމަލާ ދީފި ނަމަ ރައްދު ދޭން އޮތީ ތައްޔާރަށް: ޚާރިޖީ ވަޒީރު
07 ޖެނުއަރީ 2026

ބިލްތަކަށް ފައިސާ ނުދެއްކި ލަންކާ ހޮސްޕިޓަލުން އާސަންދަ ކަނޑާލައިފި

07 ޖެނުއަރީ 2026
ބިލްތަކަށް ފައިސާ ނުދެއްކި ލަންކާ ހޮސްޕިޓަލުން އާސަންދަ ކަނޑާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް