Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވެނެޒުއޭލާ

ވެނެޒުއޭލާގައި ތެޔޮ ނެގުމަށް އެމެރިކާގެ ބޮޑެތި ކުންފުނިތަކުގެ ޝައުގު ހޯދުމަށް ޓްރަމްޕް ބޭއްވެވި ބައްދަލުވުމުގައި ކުންފުނިތަކުން މާ ބޮޑު ޝައުގުވެރިކަމެއް ނުދެއްކި

ވެނެޒުއޭލާގެ ތެޔޮ އުފެއްދުން ހަރުދަނާކުރުމަށް 100 ބިލިއަން ޑޮލަރުގެ އާ އިންވެސްޓްމަންޓްތައް ވަރަށް އަވަހަށް ލިބޭނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އެ އަމާޒަށް ވާސިލުވުމަށް އަދި މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވޭ.

ރާއްޖެ އެމްވީ | 10 ޖެނުއަރީ 2026 | ހޮނިހިރު 11:56
ރައީސް ޓްރަމްޕް ވައިޓް ހައުސްގައި ތެލުގެ އެގްޒެކެޓިވުންނާ ބައްދަލުކުރައްވައި ވެނެޒުއެލާގެ ތެލުގެ ސިނާއަތް އަލުން ބިނާކުރުމުގައި އެމެރިކާގެ ކުންފުނިތަކަށް އެހީތެރިވެދެވޭނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވަނީ

ރައީސް ޓްރަމްޕް ވައިޓް ހައުސްގައި ތެލުގެ އެގްޒެކެޓިވުންނާ ބައްދަލުކުރައްވައި ވެނެޒުއެލާގެ ތެލުގެ ސިނާއަތް އަލުން ބިނާކުރުމުގައި އެމެރިކާގެ ކުންފުނިތަކަށް އެހީތެރިވެދެވޭނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވަނީ | އެކްސް

ވެނެޒުއޭލާ ގައި ތެޔޮ ނެގުމުގެ ފުޅާ މަޝްރޫޢުތަކެއް ފެށުމަށް ބާރުއަޅުއްވައި، ތެޔޮ އުފައްދާ އެމެރިކާގެ ބޮޑެތި ކުންފުނިތަކުގެ އިސްވެރިންގެ ޝައުގުވެރިކަން ހޯއްދެވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ކުރެއްވި މަސައްކަތުން މާ ބޮޑު ކާމިޔާބެއް ނުފެނުނެވެ.

ބައްދަލުވުމުގައި ބައިވެރިވި ކުންފުނިތަކުން މިވަގުތަށް އެކަމަށް މާބޮޑު ތަރުހީބެއް ދީފައެއް ނުވެ އެވެ.

ވެނެޒުއޭލާގެ މަސްރަޙަށް ދިގު މުއްދަތަކަށް ހަމަ ޖެހުން ގެނައުމަށް އެމެރިކާ ސަރުކާރުން ގެންގުޅޭ ރޭވުންތަކަށް ކުންފުނިތަކުން ބޮޑެތި ޝައްކުތަކެއް އުފައްދާ، ވައިޓް ހައުސް ގައި ބޭއްވުނު ދިގު ބައްދަލުވުން ނިމުނު އިރު، އެ ޤައުމުގައި ބިލިއަނުން ޑޮލަރު އިންވެސްޓްކުރުމުގެ އެއްވެސް ޔަޤީން ކަމެއް ކުންފުނިތަކުން ދީފައެއް ނުވެއެވެ.

"އެއީ އިންވެސްޓް ކުރަން އެކަށީގެންވާ ފަދަ މާޙައުލެއް އޮތް ތަނެއް ނޫން،" ވެނެޒުއޭލާ ގައި ވިޔަފާރިކުރުމަށް ހުރި ހުރަސްތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން އެކްސޯން މޮބިލްގެ ސީއީއޯ ޑަރެން ވުޑްސް ވިދާޅުވި އެވެ. "އިންވެސްޓްމަންޓުން ލިބޭނެ ފައިދާ އެއް އެނގުމުގެ ކުރިން ވެސް، ޤާނޫނީ އަދި ވިޔަފާރީގެ ގިނަ އޮނިގަނޑުތަކެއް އެކުލަވާލަން ޖެހޭ."

މި ބައްދަލުވުމުގައި ބައިވެރިވި އެހެން ބައެއް އިސްވެރިން ވެސް ވަނީ އެކަމަށް ޖެހިލުންވާކަން ފާޅުކޮށްފަ އެވެ. އަދި އަހަރުތަކަކަށް ދެމިގެންދާ ތެޔޮ އުފެއްދުމުގެ މަސައްކަތް ފެށުމުގެ ކުރިން، ސަލާމަތީ އަދި މާލީ ގޮތުން ފުޅާ ދާއިރާއެއްގައި ޔަޤީންކަން ބޭނުންވާނެ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

ޓްރަމްޕަށް ބޮޑެތި އެހީތައް ދެއްވާ، ތެޔޮ އިންވެސްޓަރެއް ކަމަށްވާ ހެރަލްޑް ހޭމް ވެސް ވަނީ، ސަރުކާރުގެ މި ރޭވުމަށް ތާއީދުކުރުމުގެ ކުރިން އިތުރު ޔަޤީންކަން ބޭނުންވާނެ ކަމަށް އިޝާރާތް ކުރައްވާފަ އެވެ. ވެނެޒުއޭލާގެ ޙާލަތާ ބެހޭގޮތުން އޭނާ ވިދާޅުވީ، "އެތަނުގައި ގޮންޖެހުންތަކެއް އެބަހުރި" ކަމަށެވެ. އަދި "ބޮޑު އިންވެސްޓްމަންޓެއް ކުރަންޖެހޭ ކަމަށް އަޅުގަނޑުމެން އެންމެން ގަބޫލު ކުރަން، އެހެންނަމަވެސް އެކަން ކާމިޔާބު ކުރުމަށް ވަގުތު ބޭނުންވޭ."

ތެޔޮ ކުންފުނިތަކުގެ ވެރިންގެ ފަރާތުން ލިބުނު ފިނި ތަރުހީބުގެ ސަބަބުން، ވެނެޒުއޭލާގެ ސިޔާސީ ލީޑަރޝިޕާއި ތެލަށް ބުރަވެފައިވާ އިޤްތިޞާދު ކޮޅަށް ޖެހުމަށް ޓްރަމްޕް ކުރައްވާ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމުގެ ހުއްދަ ދެއްވި ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވީ އެމެރިކާގެ ކުންފުނިތައް އަނބުރާ އެ ޤައުމަށް ގެންދިއުމަށް ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް އެހީތެރިވެދޭނެ ކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ ބައިވެރިއެއްހެން ހީވަނީ، އަދި ކުރިއަށް އޮތް ތަނުގައި ވެސް އެގޮތުގައި ދެމިއޮންނާނެ ކަމަށް ބެލެވޭ،" ޓްރަމްޕް ވިދާޅުވިއެވެ.

ވެނެޒުއޭލާ އަކީ ވަރަށް އަވަހަށް ދިގު މުއްދަތުގެ އިންވެސްޓްމަންޓްތައް ކުރެވޭ ފަދަ ހަމަޖެހޭ ތަނަކަށް ވާނެ ކަމަށް ޓްރަމްޕް ލަފާކުރެއްވި އެވެ. އަދި އެ ޤައުމުގައި ހުރި ބޮޑެތި ތެލުގެ ރިޒާވްތަކުގެ ވާހަކަ ދައްކަވައި، މި ފުރުޞަތުގެ ބޭނުން ހިފުމަށް ކުންފުނިތަކަށް ބާރުއެޅުއްވި އެވެ.

ޓްރަމްޕް ވިދާޅުވީ، ބައްދަލުވުމަށް އައި ކުންފުނިތަކުން އެތަނަށް ދާން ބޭނުން ނުވާ ކަމަށް ވަންޏާ އެކަން އަންގާލުމުން، އެތަނަށް ދާން ބޭނުންވާ އަދި ބައްދަލުވުމަށް ހާޒިރު ނުވާ 25 ކުންފުނި އެބަ އޮތް ކަމަށެވެ.

އެގްޒެކެޓިވުން ސަލާމަތީ ޔަގީން ކަމަށް އެދުނު

ވެނެޒުއޭލާ އަލުން އާރާސްތުކުރުމަށް އެމެރިކާ އިން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަށް ހަކަތައާ ބެހޭ ކުންފުނިތަކުން ފަހަކަށް އައިސް ޝައުގުވެރިކަން ފާޅުކޮށްފައިވީ ނަމަވެސް، އެ ގައުމުގައި އާ އިންވެސްޓްމަންޓްތަކެއް ކުރުމަކީ މާލީ ގޮތުން ފައިދާހުރި ކަމަކަށް ވާނީ އަދި އެތައް އަހަރެއް ފަހުން ކަމަށް އެ ކުންފުނިތަކުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އަދި މިކަން ބިނާވެފައި ވަނީ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ކުރިމަތިވެދާނެ ނުތަނަވަސްކަމާއި ބަދަލުތައް ސަރުކާރުން މެނޭޖްކުރާ ގޮތެއްގެ މައްޗަށެވެ.

ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ގިނަ އެގްޒެކެޓިވުންތަކެއް ވަނީ، ވެނެޒުއޭލާގެ ސިޔާސީ މަސްރަހު އޮތް ގޮތުންނާއި، އެ ގައުމުގައި މަސައްކަތްކުރާނެ މުވައްޒަފުންނާއި މެޝިނަރީތަކުގެ ރައްކާތެރިކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، ސަލާމަތީ ކަށަވަރުކަން ބޭނުންވާކަމަށް އިޝާރާތްކޮށްފަ އެވެ. މީގެ އިތުރުން، ޓްރަމްޕްގެ ރިޔާސީ ދައުރު ހަމަވުމަށް ފަހު ނުވަތަ ވެނެޒުއޭލާގެ ވެރިކަމަށް ބަދަލެއް އައުމަށްފަހު ވެސް، މިހާރު ހެދޭ އެއްބަސްވުންތައް ދެމިއޮންނާނެކަމުގެ ޔަގީންކަން ދެވިދާނެތޯއާ މެދުވެސް ސިނާޢީ ދާއިރާގެ އިސްވެރިންގެ މެދުގައި ސުވާލު އުފެދިފައިވެ އެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން ޓްރަމްޕް ވިދާޅުވީ، އެ ބޭފުޅުންނަށް "ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން" ލިބޭނެ ކަމަށެވެ. ނަމަވެސް، އެކަން ކުރާނެ ގޮތުގެ ތަފްސީލެއް ނުވަތަ އެކަމަށް ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރާނެ ގޮތެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

ބައްދަލުވުމަށްފަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން، އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ އަމާޒަކީ "ވެނެޒުއޭލާ ސަރުކާރުގެ އަމަލުތައް ހުރި ގޮތް ބަދަލުކުރުން" ކަމަށެވެ.

ޓްރަމްޕްގެ 100 ބިލިއަން ޑޮލަރުގެ އަމާޒު

ވެނެޒުއޭލާގެ ހަކަތައިގެ ދާއިރާ އަށް އޮތް ބޮޑު ޝައުގުވެރިކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ރައިޓް ވިދާޅުވީ، ކުރިއަށް އޮތް 18 މަހާއި 24 މަހާ ދެމެދު، އެ ގައުމުގައި މިހާރު އުފައްދާ މިންވަރު 50 އިންސައްތަ އަށް އިތުރުކުރެވިދާނެ ކަމަށް ޝެވްރޯން ކުންފުނިން ބުނެފައިވާ ކަމަށެވެ. މިވަގުތު ވެނެޒުއޭލާ ގައި މަސައްކަތްކުރާ އެމެރިކާގެ ހަމައެކަނި ތެޔޮ ކުންފުނި ކަމަށްވާ ޝެވްރޯން އިން ބުނެފައިވަނީ، އުފެއްދުންތެރިކަން އިތުރުކުރެވޭނީ ސަރުކާރުގެ ފަރާތުން ބައެއް "ހުއްދަތައް" ލިބިގެން ކަމަށެވެ.

ވެނެޒުއޭލާގެ ތެޔޮ އުފެއްދުން ހަރުދަނާކުރުމަށް 100 ބިލިއަން ޑޮލަރުގެ އާ އިންވެސްޓްމަންޓްތައް ވަރަށް އަވަހަށް ލިބޭނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އެ އަމާޒަށް ވާސިލުވުމަށް އަދި މާބޮޑު ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް ރައިޓް އެއްބަސްވެވަޑައިގަތެވެ.

"އަޅުގަނޑު ދެކޭގޮތުގައި އެއީ ވަރަށް އެކަށީގެންވާ އަދަދެއް،" އޭނާ ވިދާޅުވި އެވެ. ނަމަވެސް ގައުމު އަލުން އާރާސްތުކުރުމަކީ "ހަގީގަތުގައިވެސް ވަގުތު ނަގާނެ ކަމެއް" ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އެއީ އަންނަ ހަފުތާއަކު ނޫން، ނުވަތަ އަންނަ މަހަކުވެސް ނޫން. އެކަމަކު އެއީ އަޅުގަނޑުމެން މިހާރު މިސްރާބު ހިފާފައިވާ އަމާޒު،" ރައިޓް ވިދާޅުވިއެވެ.

ވެނެޒުއޭލާރައީސް ޑޮނަލްޑް ޓްރަމްޕްނިކޮލަސް މަދޫރޯޑެލްސީ ރޮޑްރިގޭޒްއެމެރިކާ-ވެނެޒުއެލާ

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްތުވާތަކެއްޗާ ދެކޮޅަށް ކަނޑުމަތީގައި ދިން ހަމަލާތަކަށް ފަހު އެއްގަމު މަގުން ހަމަލާތައް ދޭން އެމެރިކާ އިން ތައްޔާރު ވެއްޖެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

މަސްތުވާތަކެއްޗާ ދެކޮޅަށް ކަނޑުމަތީގައި ދިން ހަމަލާތަކަށް ފަހު އެއްގަމު މަގުން ހަމަލާތައް ދޭން އެމެރިކާ އިން ތައްޔާރު ވެއްޖެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

10 ޖެނުއަރީ 2026
ޔޫރަޕުގެ ސިޔާސީ ނިޒާމު އޮތީ ނުރައްކަލެއްގެ ތެރޭގައި: ފްރާންސްގެ ފޮރިން މިނިސްޓަރު

ޔޫރަޕުގެ ސިޔާސީ ނިޒާމު އޮތީ ނުރައްކަލެއްގެ ތެރޭގައި: ފްރާންސްގެ ފޮރިން މިނިސްޓަރު

10 ޖެނުއަރީ 2026
ބާރުގެ ބޭނުން ކޮށްގެން ވިޔަސް ގްރީންލޭންޑް ހިފާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ބާރުގެ ބޭނުން ކޮށްގެން ވިޔަސް ގްރީންލޭންޑް ހިފާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

10 ޖެނުއަރީ 2026
އީރާން އޮތީ "މުސީބާތެއްގެ" ތެރޭގައި: ޓްރަމްޕް

އީރާން އޮތީ "މުސީބާތެއްގެ" ތެރޭގައި: ޓްރަމްޕް

10 ޖެނުއަރީ 2026
ތަޖުރިބާކާރުން ވިދާޅުވަނީ ގްރީންލޭންޑް ޓްރަމްޕް ހޯއްދަވާނެ ކަމަށާއި، ނެޓޯ ގެ ނިމުމަށް ވިލާތުން ތައްޔާރުވާން ޖެހޭ ކަމަށް

ތަޖުރިބާކާރުން ވިދާޅުވަނީ ގްރީންލޭންޑް ޓްރަމްޕް ހޯއްދަވާނެ ކަމަށާއި، ނެޓޯ ގެ ނިމުމަށް ވިލާތުން ތައްޔާރުވާން ޖެހޭ ކަމަށް

09 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު