Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-މެކްސިކޯ

މަސްތުވާތަކެއްޗާ ދެކޮޅަށް ކަނޑުމަތީގައި ދިން ހަމަލާތަކަށް ފަހު އެއްގަމު މަގުން ހަމަލާތައް ދޭން އެމެރިކާ އިން ތައްޔާރު ވެއްޖެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެނެޒުއޭލާ އަށް އަމާޒު ކޮށް ހިންގި އަސްކަރީ ހަމަލާތަކުގައި 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު މެކްސިކޯގެ ކަންކަން ކޮންޓްރޯލް ކުރަނީ ކާޓެލްތަކުން ކަމަށް ޓްރަމްޕް ވިދާޅުވެ އެއްގަމު މަގުން ހަމާލާތައް ދިނުމަށް މެކްސިކޯގެ ރައީސްގެ ކިބައިން އެދިފައިވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އިރު މެކްސިކޯގެ ރައީސް ވިދާޅުވީ އެމެރިކާ ބައްރަކީ އެއްވެސް ބާރެއްގެ މިލްކެއް ނޫން ކަމަށާއި ސިފައިން ފޮނުވުމަށް ހުއްދައެއް ނުދެއްވާނެ ކަމަށް.

ރާއްޖެ އެމްވީ | 10 ޖެނުއަރީ 2026 | ހޮނިހިރު 08:26
މެކްސިކޯގެ ނޭޝަނަލް ގާޑް އޮފިސަރުން އެމެރިކާ-މެކްސިކޯ ބޯޑަރުގެ ކައިރީގައި ހިންގާ އޮޕަރޭޝަނެއް ގައި ހަރަކާތްތެރިވަނީ (ފައިލް)

މެކްސިކޯގެ ނޭޝަނަލް ގާޑް އޮފިސަރުން އެމެރިކާ-މެކްސިކޯ ބޯޑަރުގެ ކައިރީގައި ހިންގާ އޮޕަރޭޝަނެއް ގައި ހަރަކާތްތެރިވަނީ (ފައިލް) | ގެޓީ އިމޭޖަސް

މަސްތުވާތަކެއްޗާ ދެކޮޅަށް އެމެރިކާ ސިފައިން ކަނޑުމަތީގައި ދިން ހަމަލާތަކަށް ފަހު އެއްގަމު މަގުން ހަމަލާތައް ދޭން އެމެރިކާ އިން ތައްޔާރު ވެއްޖެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ވިދާޅުވީ، އިރުމަތީ ޕެސިފިކް ކަނޑާއި ކެރީބިއަން ކަނޑުގައި ހިންގި ކަނޑުމަތީގެ ހަމަލާތަކަށްފަހު، މަސްތުވާތަކެތި އުފައްދާ ޖަމާއަތްތަކަށް (ކާޓެލްތަކަށް) އަމާޒުކޮށް އެއްގަމު މަގުން ހަމަލާތައް ދިނުމަށް ތައްޔާރުވަމުންދާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ.

ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، "އަހަރެމެން މިހާރު މިދަނީ އެއްގަމު މަގުން ކާޓެލްތަކަށް ހަމަލާދޭން ފަށަން. މެކްސިކޯގެ ކަންކަން ކޮންޓްރޯލް ކުރަމުންދަނީ މި ކާޓެލްތަކުން،" ކަމަށެވެ.

ޓްރަމްޕް މިހެން ވިދާޅުވީ، އެމެރިކާ އިން ކުރިމަތި ކުރަމުން ގެންދިޔަ އަސްކަރީ އަދި އިގްތިސާދީ ފިއްތުންތަކަށްފަހު، ވެނެޒުއޭލާގެ ލީޑަރު ނިކޮލަސް މަދޫރޯ މިދިޔަ ހަފުތާ ބަންދުގައި ކުއްލި ގޮތަކަށް އެމެރިކާ ސިފައިން ހައްޔަރު ކޮށްފައިވަނިކޮށްނެވެ.

މި ހަރަކާތުގެ ދަށުން، މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކުރެވޭ ބޯޓުތަކަށް ދިން ހަމަލާތަކުގައި 100 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި ވެނެޒުއޭލާގައި މިފަދަ އުޅަނދުފަހަރު ބަނދަރުކުރާ ސަރަހައްދަކަށް އެމެރިކާގެ ފައުޖުތަކުން އެއްގަމު މަގުން ހަމަލާދީފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

ނަމަވެސް، މެކްސިކޯގެ ކާޓެލްތަކަށް އެއްގަމު މަގުން ހަމަލާދިނުމަކީ އެމެރިކާގެ އަސްކަރީ ހަރަކާތްތައް ވަރަށް ބޮޑަށް ފުޅާވެގެންދާނެ ކަމެކެވެ.

ވެނެޒުއޭލާގެ ވަގުތީ ސަރުކާރުން ވަނީ އެމެރިކާ އިން އެގައުމަށް ދޭ ހަމަލާތަކަކީ ސަރަހައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ.

މަދޫރޯ ހައްޔަރުކުރުމަށްފަހު، އެ ސަރަހައްދުގެ މައްޗަށް އެމެރިކާގެ ބާރު އޮތްކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބައުމް ހޯމަ ދުވަހު ވިދާޅުވީ އެމެރިކާ ބައްރަކީ އެއްވެސް ބާރެއްގެ މިލްކެއް ނޫން ކަމަށެވެ.

މީގެއިތުރުން، މެކްސިކޯގެ ކާޓެލްތައް ނައްތާލުމަށް އެމެރިކާގެ ސިފައިން ފޮނުވުމުގެ ހުއްދައަށް ޝެއިންބައުމްގެ ކިބައިން އެދިވަޑައިގަންނަވަމުންދާ ކަމަށާއި، ނަމަވެސް މީގެ ކުރިން އޭނާ އެ ހުށަހެޅުމަށް އިންކާރު ކުރައްވާފައިވާ ކަމަށް ޓްރަމްޕް އާދިއްތަ ދުވަހު ވިދާޅުވި އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާ-މެކްސިކޯއެމެރިކާ-ވެނެޒުއެލާނިކޮލަސް މަދޫރޯކްލައުޑިއާ ޝެއިންބައުމްމަސްތުވާތަކެތީގެ ކާޓެލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޔޫރަޕުގެ ސިޔާސީ ނިޒާމު އޮތީ ނުރައްކަލެއްގެ ތެރޭގައި: ފްރާންސްގެ ފޮރިން މިނިސްޓަރު

ޔޫރަޕުގެ ސިޔާސީ ނިޒާމު އޮތީ ނުރައްކަލެއްގެ ތެރޭގައި: ފްރާންސްގެ ފޮރިން މިނިސްޓަރު

10 ޖެނުއަރީ 2026
ބާރުގެ ބޭނުން ކޮށްގެން ވިޔަސް ގްރީންލޭންޑް ހިފާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ބާރުގެ ބޭނުން ކޮށްގެން ވިޔަސް ގްރީންލޭންޑް ހިފާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

10 ޖެނުއަރީ 2026
އީރާން އޮތީ "މުސީބާތެއްގެ" ތެރޭގައި: ޓްރަމްޕް

އީރާން އޮތީ "މުސީބާތެއްގެ" ތެރޭގައި: ޓްރަމްޕް

10 ޖެނުއަރީ 2026
ތަޖުރިބާކާރުން ވިދާޅުވަނީ ގްރީންލޭންޑް ޓްރަމްޕް ހޯއްދަވާނެ ކަމަށާއި، ނެޓޯ ގެ ނިމުމަށް ވިލާތުން ތައްޔާރުވާން ޖެހޭ ކަމަށް

ތަޖުރިބާކާރުން ވިދާޅުވަނީ ގްރީންލޭންޑް ޓްރަމްޕް ހޯއްދަވާނެ ކަމަށާއި، ނެޓޯ ގެ ނިމުމަށް ވިލާތުން ތައްޔާރުވާން ޖެހޭ ކަމަށް

09 ޖެނުއަރީ 2026
ދުނިޔޭގެ ސިޔާސީ މަސްރަހް ނުތަނަވަސްވެފައި ވަނިކޮށް ޗައިނާ، ރަޝިޔާ އަދި އީރާނުގެ މަނަވަރުތައް ދެކުނު އެފްރިކާ އަށް ޖަމާވެއްޖެ

ދުނިޔޭގެ ސިޔާސީ މަސްރަހް ނުތަނަވަސްވެފައި ވަނިކޮށް ޗައިނާ، ރަޝިޔާ އަދި އީރާނުގެ މަނަވަރުތައް ދެކުނު އެފްރިކާ އަށް ޖަމާވެއްޖެ

09 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު