Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވެނެޒުއޭލާ

އޮލީނާ ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެއް އެމެރިކާ ސިފައިންގެ ބާރުގެ ދަށަށް ގެނެސްފި

ވެނެޒުއޭލާގެ ތެޔޮ ބޭރުކުރުން ކޮންޓްރޯލް ކުރުމުގެ މަސައްކަތުގެ ތެރެއިން އެމެރިކާ އިން ކެރީބިއަން ކަނޑުގެ ޓްރިނިޑާޑް ސަރަހައްދުން އޮލީނާ ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެއް އެމެރިކާގެ ބާރުގެ ދަށަށް ވަނީ ގެނެސްފައި. މި އުޅަނދުގައި ޓީމޯރ ލެސްޓޭގެ ދިދަ ބޭނުންކޮށްފައިވާއިރު އެއީ އޮޅުވާލުމެއްގެ ތެރެއިން ބޭނުންކޮށްފައިވާ ދިދަ އެއް ކަމަށް ބުނެފައިވޭ. މި އުޅަނދަކީ މިފަދަ ގޮތަކަށް އެމެރިކާއިން ހިފަހައްޓާ ފަސްވަނަ އުޅަނދު.

ރާއްޖެ އެމްވީ | 9 ޖެނުއަރީ 2026 | ހުކުރު 16:04
އެމެރިކާ އިން ވަނީ ކެރިބިއަން ކަނޑުގައި ޓޭންކަރ އޮލިނާ އަތުލައިގަނެފައި.

އެމެރިކާ އިން ވަނީ ކެރިބިއަން ކަނޑުގައި ޓޭންކަރ އޮލިނާ އަތުލައިގަނެފައި. | ސްކްރީން އިމޭޖް

ވެނެޒުއޭލާގެ ތެޔޮ ބޭރުކުރުން ކޮންޓްރޯލް ކުރުމަށް އެމެރިކާ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ކެރީބިއަން ކަނޑުގެ ޓްރިނިޑާޑް ސަރަހައްދުން 'އޮލީނާ' ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެއް އެމެރިކާގެ ބާރުގެ ދަށަށް ގެނެސްފި ކަމަށް ޔޫއެސް ސަދާން ކޮމާންޑުން ބުނެފި އެވެ. މިއީ ފާއިތުވި މަދު ހަފުތާތަކެއްގެ ތެރޭގައި މިފަދަ ގޮތަކަށް އެމެރިކާ އިން ހިފަހައްޓާ ފަސްވަނަ އުޅަނދެވެ.

"މިއަދު ހެނދުނު މުއައްސަސާތައް ގުޅިގެން ހިންގި އޮޕަރޭޝަނުން އަނެއްކާވެސް މިވަނީ ސާފު މެސެޖެއް ދީފައެވެ. އެއީ ކުށްވެރިންނަށް ފިލައިގެން އުޅެވޭނެ ނުވަތަ ރައްކާތެރިކަން ލިބޭނެ އެއްވެސް ތަނެއް ނެތް ކަމުގެ މެސެޖެވެ." ސަދާން ކޮމާންޑުން ބުނެފައިވެ އެވެ.

ހުކުރު ދުވަހުގެ ހެނދުނު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ސަދާން ކޮމާންޑުން އިތުރަށް ބުނެފައި ވަނީ، އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީއާ ގުޅިގެން އެގައުމުގެ މެރިންސް އަދި ކަނޑުގެ ސިފައިން "އޮލީނާ" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެއް ހިފަހައްޓާފައިވާ ކަމަށެވެ.

ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓީ ނޯމް ވިދާޅުވި ގޮތުގައި، "އޮލީނާ" އަކީ މަނާކޮށްފައިވާ ތެޔޮ އުފުލާ ކަމަށް ޝައްކުކުރެވޭ، ސިއްރުން ދަތުރުކުރާ އުޅަނދުފަހަރުގެ ތެރޭގައި ހިމެނޭ އުޅަނދެކެވެ. އަދި މި އުޅަނދު ހިފެހެއްޓީ އެމެރިކާގެ ސިފައިންނަށް ފިލައިގެން ވެނެޒުއޭލާ އިން ފުރައިގެން ދަނިކޮށެވެ. މި އުޅަނދަކީ އެތައް ގައުމެއްގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލިސްޓުގައި ހިމެނޭ އުޅަނދެކެވެ.

ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުގެ މަޢުލޫމާތު ބަލަހައްޓާ 'އިކުއަސިސް' ޑޭޓާބޭސް އާ ހަވާލާދީ، މިކަމުގެ މަޢުލޫމާތު އެނގޭ ފަރާތަކުން ރޮއިޓާސް އަށް ބުނި ގޮތުގައި، 'އޮލީނާ' ޓޭންކަރުގައި ބޭނުންކޮށްފައި ވަނީ ޓީމޯރ ލެސްޓޭގެ ދިދަ ނަމަވެސް، އެއީ އޮޅުވާލުމެއްގެ ތެރެއިން ބޭނުންކޮށްފައިވާ ދިދައެކެވެ. 

ކަނޑުދަތުރުފަތުރުގެ ނުރައްކާތައް ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ "ވެންގާޑް ޓެކް" އިން ބުނި ގޮތުގައި، މި އުޅަނދު މަސައްކަތް ކުރީ ކެރީބިއަން ސަރަހައްދުގައި އެމެރިކާގެ ކަނޑުގެ ސިފައިން އަޅާފައިވާ ހުރަސްތައް ގިރާކޮށް ދަތުރުކުރުމަށެވެ. އެ ކުންފުނިން އިތުރަށް ބުނި ގޮތުގައި، މި އުޅަނދުގެ ލޮކޭޝަން ޓްރެކާ އެންމެ ފަހުން މަސައްކަތް ކޮށްފައި ވަނީ މީގެ 52 ދުވަސް ކުރިން ކިއުރަސާއޯގެ އިރުއުތުރުންނެވެ. މިއީ ވެނެޒުއޭލާގެ މަނާކޮށްފައިވާ ތެޔޮ އުފުލާ އުޅަނދުފަހަރު ހޯދުމަށް އެ ސަރަހައްދުގައި ގިނަ ދުވަސްތަކެއް ވަންދެން ކުރި މަސައްކަތުގެ ތެރެއިން ހިފެހެއްޓި އުޅަނދެކެވެ.

މި ހަފުތާގެ ކުރީކޮޅުވެސް، އުތުރު އެޓްލާންޓިކް އަދި ކެރީބިއަން ސަރަހައްދުގައި ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި ވެނެޒުއޭލާގެ ތެޔޮ ބޭރުކުރުމާ ގުޅުން ހުރި އިތުރު ދެ ޓޭންކަރެއް އެމެރިކާ އިން ވަނީ ހިފަހައްޓާފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ރަޝިޔާގެ ދިދަ ޖަހާފައިވާ "މެރިނޭރާ" ހިފަހައްޓާފައި ވަނީ އިނގިރޭސިވިލާތުގެ ރޯޔަލް ނޭވީގެ އެހީތެރިކަމާއެކުގަ އެވެ. އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ދެވަނައަށް ހިފެހެއްޓި "އެމް.ޓީ ސޯފިއާ" އަކީ ޣައިރު ގާނޫނީ ހަރަކާތްތަކެއް ހިންގަމުންދިޔަ އުޅަނދެކެވެ.

ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ރިޒާވް އޮންނަ ވެނެޒުއޭލާ އިން، ގާތްގަނޑަކަށް 2.8 ބިލިއަން ޑޮލަރުގެ އަގުހުރި 50 މިލިއަން ފީފާ ތެޔޮ އެމެރިކާއާ ހަވާލުކުރާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވި ގޮތުގައި، މި ތެޔޮ ބާޒާރުގެ އަގުގައި ވިއްކާލުމަށްފަހު، އޭގެއިން ލިބޭ ފައިސާ ވެނެޒުއޭލާގެ ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ބޭނުންކުރުމުގެ ފުރިހަމަ ބާރު އެމެރިކާ އަށް އޮންނާނެ އެވެ.

ވެނެޒުއޭލާއެމެރިކާ-ވެނެޒުއެލާ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮލަމްބިއާ އަށް އެމެރިކާ އިން ހަމަލާ ދީފާނެ ކަމުގެ ހަގީގީ ބިރު އޮތް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

ކޮލަމްބިއާ އަށް އެމެރިކާ އިން ހަމަލާ ދީފާނެ ކަމުގެ ހަގީގީ ބިރު އޮތް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

09 ޖެނުއަރީ 2026
 ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބޯލަނބަން ނުޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ

ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބޯލަނބަން ނުޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ

09 ޖެނުއަރީ 2026
ޓްރަމްޕްގެ ޕާޓީގެ މެމްބަރުންގެ ވޯޓާ އެކު ކޮންގްރެސްގެ ހުއްދަ ނެތި ވެނެޒުއޭލާގައި އިތުރު އަސްކަރީ ހަރަކާތްތައް ހިންގުން ރައީސް ޓްރަމްޕަށް މަނާ ކުރުމުގެ ގަރާރު ކުރިއަށް ގެންދަން ފާސް ކޮށްފި

ޓްރަމްޕްގެ ޕާޓީގެ މެމްބަރުންގެ ވޯޓާ އެކު ކޮންގްރެސްގެ ހުއްދަ ނެތި ވެނެޒުއޭލާގައި އިތުރު އަސްކަރީ ހަރަކާތްތައް ހިންގުން ރައީސް ޓްރަމްޕަށް މަނާ ކުރުމުގެ ގަރާރު ކުރިއަށް ގެންދަން ފާސް ކޮށްފި

08 ޖެނުއަރީ 2026
ރަޝިޔާގެ ދިދަ ޖެހި ޓޭންކަރު އެމެރިކާ ސިފައިން އަތުލައިގަތް އިރު ވެސް ޕުޓިން އެއްޗެއް ވިދާޅެއް ނުވި!

ރަޝިޔާގެ ދިދަ ޖެހި ޓޭންކަރު އެމެރިކާ ސިފައިން އަތުލައިގަތް އިރު ވެސް ޕުޓިން އެއްޗެއް ވިދާޅެއް ނުވި!

08 ޖެނުއަރީ 2026
ޖަރުމަނު ވިލާތުގެ ރައީސް ގެ ހަރުކަށި ފާޑުވިދާޅުވުން ޓްރަމްޕަށް - ފޭރޭ މީހުންގެ ހާއްޔަކަށް ދުނިޔެ ބަދަލު ވެއްޖެ!

ޖަރުމަނު ވިލާތުގެ ރައީސް ގެ ހަރުކަށި ފާޑުވިދާޅުވުން ޓްރަމްޕަށް - ފޭރޭ މީހުންގެ ހާއްޔަކަށް ދުނިޔެ ބަދަލު ވެއްޖެ!

08 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު